އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާދަމާއިން ފެށިގެން ވިސާގެ ޚިދުމަތްތައް ދޭނީ ސްޓާ ކުލައުޑުގެ 8 ވަނަފަންގިފިލާއިން: އިމިގްރޭޝަން

މާދަމާއިން ފެށިގެން ވިސާގެ ޚިދުމަތްތައް ދޭނީ ސްޓާ ކުލައުޑުގެ 8 ވަނަފަންގިފިލާއިން: އިމިގްރޭޝަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

މާދަމާއިން ފެށިގެން ވިސާގެ ޚިދުމަތްތައް ދޭނީ ސްޓާ ކުލައުޑުގެ 8 ވަނަފަންގިފިލާއިން ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ވިސާ އާއި ގުޅޭ ހުރިހާ ހިދުމަތެއް ދެމުންދާނީ ކުރީގެ ސްޓާ ސިނަމާ ހިންގި މ. ސްޓާ ކުލައުޑުގެ 8 ވަނަފަންގިފިލާގައި ކަމަށާއި އަދި މި ބަދަލާއެކު އިމިގްރޭޝަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެކަމަށެވެ.

އޮންލައިންކޮށް ވިސާ އާއި ގުޅޭ ހިދުމަތްތައް އިމިގްރޭޝަނުން މިހާރު ދެމިންދާއިރު ބިޒްނަސް ވިސާ، ސްޕެޝަލް ވިސާ، މެރިއޭޖް ވިސާ، ސްޓޫޑެންޓު ވިސާ،ޑިޕެންޑެންޓު ވިސާ، އާއި ސްޕޮންސަރޝިޕް ޑެކްލެރޭޝަންއަށް މޯލްޑިވސް އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި އެޕްލިކޭޝަން ޕްރޮސެސްވުމުން ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމަންޓެއް ހަމަޖެހިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ