އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޛިކުރުކުރުމުން ލިބޭ ބޮޑު ސާލިސް އެއް ފައިދާ-: ޑރ. އިޔާޟް

ޛިކުރުކުރުމުން ލިބޭ ބޮޑު ސާލިސް އެއް ފައިދާ-: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 24 ސިކުންތު

1 ޛިކްރު ކުރުމަކީ اللهގެ ރުއްސެވުން ލިއްބައިދޭ ކަމެކެވެ.

2 ޛިކްރު ކުރުމަކީ ހިތަށް ހަމަޖެހުމާއި އަރާމު އިޙްސާސްކޮށްދޭ ކަމެކެވެ.

3 ޛިކްރު ކުރުމަކީ اللهގެ ލޯބި ލިބުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

4 "ތިޔަބައިމީހުން ތިމަން الله ހަނދުމަ ކުރާށެވެ. އޭރުން ތިމަން الله ތިޔަބައިމީހުން ހަނދުމަ ކުރައްވާހުށީމެވެ." އަލްބަގަރާ 152

5 ޛިކްރުކުރުމަކީ ހިތަށް ދިރުން ގެނެސްދޭ ކަމެކެވެ.

6 ޛިކްރު ކުރުމަކީ ހިތާއި ފުރާނަ އަށް ވަރުގަދަކަން ގެނެސްދޭ ކަމެކެވެ.

7 ޛިކްރު ކުރުމަކީ ހިތުގައި ދަބަރު ޖެހުން ފިލުވައިލަދޭ ކަމެކެވެ.

8 ޛިކްރު ކުރުމަކީ މީހާގެ ކުށްފާފަތައް ފޮހެލާ ކަމެކެވެ.

9 ޛިކްރު ކުރާ މީހުންނަކީ الله އާއި ކުއްތަންވެގެންވާ ބަޔެކެވެ. اللهވޮޑިގެންވަނީ އެބައިމީހުންނާއި އެކުގައެވެ.

10 ޛިކްރު ކުރުމަކީ الله ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވުމެވެ. ޛިކްރު ނުކުރާ މީހަކު الله އަށް ޝުކުރުވެރި ނުވާފަދައެވެ.

11 ޛިކްރު ކުރުމަކީ އަަޅަކު މިނިވަންކުރުމާއި މުދާ ހޭދަ ކުރުމާއި اللهގެ މަގުގައި ހަނގުރާމަ ކުރުން ފަދަ ކަމެކެވެ.

12 ގިނަގިނައިން ޛިކްރު ކުރުމަކީ ނަފްސަށް ލައްޛަތު ލިއްބައިދޭ, އަދި ނިފާގުގެ ކަމުން ސަލާމަތްކޮށްދޭ ކަމެއް.

13 ތަގްވާވެރިންގެ ތެރެއިން اللهގެ ޙަޟްރަތުގައި އެންމެ މާތް ޚަލްގުތަކުންގެ ތެރޭގައި އެމީހެއްގެ ދޫ ޛިކްރު ކުރުމުން ތެއްމާލާފައިވާ މީހާ ވެއެވެ.

14 ޛިކްރު ކުރުމުން މެނުވީ ފިލައިނުދާ ފަދަ ހަރުކަމެއް ހިތުގައިވެއެވެ

15 ޛިކްރު ކުރުމަކީ اللهގެ ވާގިވެރިކަމާއި އެހީތެރިކަން އެމީހަކަށް ލިއްބައިދޭކަމެއް. އަދި ޛިކްރު ކުރުމުން ޣާފިލުވުމަކީ الله އާއި ޢަދާވާތްތެރިވުން ފަދަ ކަމެކެވެ.

16 ޛިކްރު ކުރުމަކީ ނިޢްމަތްތައް ތަނަވަސްވެ, މުޞީބާތްތަކުން ދުރުހެލިކޮށްދޭނެ ކަމެކެވެ.

17 ޛިކްރު ކުރާ މީހުންނާއި الله ޞަލަވާތް ލައްވައެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް ޞަލަވާތްލައްވައެވެ.

18 ޛިކްރު ކުރުމަކީ ޣީބަ ބުނުމާއި, ދެބައޮޑުވުމާއި, ދޮގު ހެދުމާއި, ފާޙިޝް މުޑުދާރުވާހަކަ ދެއްކުމުން ދުރުހެލިކޮށްދޭ ކަމެކެވެ.

19 ޛިކްރު ކުރުމަކީ އެންމެ ފަސޭހައިން ކުރެވޭ އަދި އެންމެ ގިނަ ދަރުމަ އާއި ޘަވާބު ލިބެނިވި ޢަމަލެވެ.

20 ގިނަގިނައިން ޛިކްރު ކުރާ މީހުންނަކީ އާޚިރަތް ދުވަހަށް އެދި މަސައްކަތް ކުރާ މީހުންގެ ތެރެއިން ކުރިހޯދާ މީހުން ކަމުގައިވާނެއެވެ.

21 އެހެން އެއްވެސް ޢަމަލަކަށް ނުދެއްވާ ވަރުގެ ދަރުމަ އާއި ޘަވާބު ޛިކްރު ކުރާ މީހާ އަށް ދެއްވާނެކަނެކަމަށް الله ވަޢުދުވެވޮޑިގެންވިއެވެ.

22 ޛިކްރު ކުރާ މީހުންގެ މަޖްލިސްތަކަކީ މަލާއިކަތް ބޭކަލުންގެވެސް މަޖްލިސްތަކެވެ. އެބޭކަލުން އެހެން މަޖްލިސެއްގައި ބައިވެރިވެ ވަޑައެއް ނުގަންނަވާނެއެވެ.

23 ޛިކްރު ކުރުންމަތީ ދެމިހުރުމަކީ ނުކުރެވި ދޫކޮށްލެވޭ ސުންނަތް ކަންތަކުގެ ބަދަލު ލިއްބައިދޭ ކަމެކެވެ.

24 ޛިކްރު ކުރާ މީހާ އަކީ ތެދުވެރިޔަކު ކަމުގައި الله ގަބޫލު ކުރައްވާނެ. ތެދުވެރިޔަކު ކަމުގައި ގަބޫލު ކުރައްވައިފި މީހަކު ގިޔާމަތް ދުވަހު މަޙްޝަރު ކުރެއްވޭނީ ޞިއްދީގުންނާއި އެކުގައެވެ.

25 ޛިކްރު ކުރުމަކީ الله އަށް ކިޔަމަންތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. اللهތަޢާލާ އިރާދަ ކުރެއްވި އަޅަކަށް އެކަމުގެ ހިތްޖައްސަވާ ފަސޭހަކޮށްދެއްވަވައެވެ. އަދި އެމީހެއްގެ ލޮލުގެ ފިނިކަމަކީ އެއީ ކަމުގައި ލައްވަވައެވެ.

26 ޛިކްރު ކުރުމަކީ އަޅާ އާއި ނަރަކައާއި ދެމެދުގައި ލެވޭ ހުރަހެކެވެ.

27 ދުނިޔެމަތީގައި ސުވަރުގޭގެ ބަގީޗާ އެއްގައި އިށީންނަން ބޭނުން މީހާ ޛިކްރުގެ މަޖްލިސެއްގައި އިށީންނާށެވެ. ޛިކްރުގެ މަޖްލިސްތަކަކީ ސުވަރުގޭގެ ބަގީޗާއެކެވެ. 28 ޛިކްރު ކުރުމަކީ اللهގެ ޢަޛާބުން ރައްކާތެރިކަން ލިއްބައިދޭ ކަމެކެވެ.

29 އުފާވެރި ތަނަވަސް ޙާލުގައި اللهގެ ޛިކްރުކޮށްފިމީހާ ދަތިޙާލުގައި ޖެހޭ ދުވަހު الله އެމީހާގެ ޛިކްރު ކުރައްވާނެއެވެ.

30 ޛިކްރު ކުރާ މީހާ އަށް ދުނިޔޭގައިވެސް, ގަބުރުގައިވެސް, މަޙްޝަރު ކުރެވޭއިރުގައިވެސް އަދި ޞިރާޠުމަގުގައިވެސް އަލިކަމެއްވެއެވެ.

31 ޛިކްރު ކުރުމަކީ ހިތުގައިވާ ބިރުވެރިކަން ފިލުވައިލަދޭ އަދި އަމާންކަން ލިއްބައިދޭ ކަމެކެވެ.

32 ޛިކްރު ކުރުމަކީ ޣާފިލު ކަމުގެ ނިދިން ހޭލައްވާލާ ކަމެކެވެ.

33 ޛިކްރު ކުރާ މީހުންގެ މަޖްލިސްތަކަށް މަޑުމޮޅިކަން މެދުވެރި ކުރައްވައެވެ. ރަޙްމަތުން ފުރާލެވެއެވެ. އެމީހުންގެ ވަށައިގެން މަލާއިކަތް ބޭކަލުން ތިއްބަވައެވެ.

34 ޛިކްރު ކުރާ މީހާ އަށް ބާރެއް ލިބިދެއެވެ. އެޛިކްރު ކުރުމާއި ނުލާ ނުކެރެވޭނެ ކިތަންމެ ކަމެއް ޛިކްރު ކުރުމުގެ ސަބަބުން ކުރުމުގެ ބާރު އެމީހަކަށް ލިބެއެވެ.

35 ޛިކްރު ކުރުމަކީ ﷲ އާއި ކުއްތަންވެވޭ ކަމެކެވެ.

36 ޛިކްރު ކުރުމަކީ ﷲ މަޢްރިފާކުރުމަށް ހުޅުވާލެވޭ ދޮރެކެވެ.

37 ޛިކްރު ކުރުމަކީ ހެޔޮކަންކަމަށް ހުޅުވާލެވޭ މަގެކެވެ.

38 ޛިކްރު ކުރުމަކީ އުނދަގޫކަންތައް ފަސޭހަވެ, ބުރަކަން ފިލައިގެންދާ ކަމެކެވެ.

39 ޛިކްރު ކުރުމަކީ ގިޔާމަތް ދުވަހުގެ ނާމާންކަމުން ސަލާމަތްކޮށްދޭ ކަމެކެވެ.

40 ޛިކްރު ކުރާ މީހާގެ ފާފަ ފުއްސަވާ ދެއްވުމަށް މަލާއިކަތް ބޭކަލުން ދުޢާ ކުރައްވަވައެވެ. ހަމައެފަދައިން ތައުބާވާމީހާގެ ފާފަ ފުއްސަވައިދެއްވުމަށް އެދިވެސް މަލާއިކަތް ބޭކަލުން ދުޢާ ކުރައްވަވައެވެ.

41 ޛިކްރު ކުރާ މީހުންނާއި މެދު ﷲ އާއި އެއިލާހުގެ މަލާއިކަތް ބޭކަލުން ފަޚުރުވެރިވެލައްވަވައެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް