އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޝޯގީގެ ހަށިގަނޑު ގިރުވާލަން ބޭނުންކުރި އެސިޑް ކޮންސިޔުލޭޓްގެ ގެއިން ފެނިއްޖެ!

ކަޝޯގީގެ ހަށިގަނޑު ގިރުވާލަން ބޭނުންކުރި އެސިޑް ކޮންސިޔުލޭޓްގެ ގެއިން ފެނިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ސައުދިއަރަބިޔާގެ ނޫސްވެރިޔާ ޖަމާލް ކަޝޯޤީ މަރާލުމަށްފަހު ހަށިގަނޑުގެ މަސްތަކާއި ކަށިތައް ވިރުވާލަން ބޭނުންކުރި ބާރުގަދަ އެސިޑްގެ ބާވަތްތައް ތުރުކީގައި ހުންނަ ސައުދީ ކޮންސިލުލޭޓް ޖެނެރަލް މުޙައްމަދު އަލް އުތައިބޮސްގެ ގެއިން ފެނިފައިވާ ކަމަށް ތުރުކީގެ ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފިޝަލަކު ބުނެފިއެވެ.

 

އޮފިޝަލް ބުނެފައިވަނީ ކަޝޯޤީ މަރާލުމަށްފަހު ގުނަވަންތައް ބުރިކޮށް އެސިޑަށް އަޅައި ކަށިތައްވެސް ވިރުވާލާފައިވާ ކަން މިހާރު ވަނީ ޔަޤީންކުރެވިފައި ކަމަށެވެ. "އެކަމަށް ބޭނުންކުރި ބާރުގަދަ އެސިޑްގެ ބާވަތްތައް ކޮންސިޔުލޭޓް ޖެނެރަލްގެ ގެއިން ވަނީ ފެނިފަ. އެއިގެ ތެރޭގައި ހައިޑްރޯފްލޮރޮއިކް އެސިޑާ އިތުރު ކެމިކަލް ވެސް ހިމެނޭ."

 

އޮފިޝަލް ބުނެފައިވަނީ ކަޝޯޤީގެ ހަށިގަނޑު ހޯދަން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި އޮތީ ކަށުނަމާދުކުރުން ކަމަށެވެ.

 

ކަޝޯޤީގެ މަރާއި ގުޅިގެން ސައުދިއަރަބިޔާއިން ދައްކާ އެއްވެސް ވާހަކައަކަށް މިހާރު އިތުބާރު ނުކުރާކަމަށް ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާތަކުން ގެންދަނީ ބުނަމުންނެވެ.

 

ތުރުކީގެ ރައީސް އުރްދްޤާން ވިދާޅުވެފައިވަނީ ކަޝޯޤީ މަރާލެވުނީ ސައުދީ ރަސްގެފާނުގެ ގަނޑުވަރުން ނެރުނު އަމުރަކަށް ކަމަށާއި އަމުރު ނެރުއްވީ ސަލްމާން ރަސްގެފާނު ކަމަށް ޤަބޫލުފުޅު ނުކުރައްވަވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް