އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިވިލް ސާވަންޓުންގެ ކެތް ގަދަ- ކަރުގަ ހިފައި ބާރުކުރުމުންވެސް އަޑެއް ލައްވާ ނުލާ ވަރަށް ގިނަ ދުވަހު ކެތްކޮށްފި-

ސިވިލް ސާވަންޓުންގެ ކެތް ގަދަ- ކަރުގަ ހިފައި ބާރުކުރުމުންވެސް އަޑެއް ލައްވާ ނުލާ ވަރަށް ގިނަ ދުވަހު ކެތްކޮށްފި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

"2007 ވަނަ އަހަރުން ފެށިގެން ނައިސްގެން އުޅޭ އަންނަ އަހަރު، އަންނަ އަހަރު އަންނާނެކަމަށް ޤަބޫލުކުރަން ހެޔޮވެސް ނުވާނެއެވެ. އެއީ ހަދާ ބޮޑެތި ދޮގުތަކެވެ. އަންނަ އަހަރު ކިޔާ އަހަރެއް ކަލަންޑަރަކު ނީނދެއެވެ. މާދަމާވެސް ނުއިންނަ ފަދައިންނެވެ."

ދައުލަތް 3 ބައަކަށް ބަހައި އެންމެ މުސާރަކުޑަ (އެންމެ ކުޑަ މުސާރަ ލިބޭ) މުވައްޒިފުން ތިބެންޖެހޭނީ ސަރުކާރުގެ ސިވިލްސާވިސްގައި ކަމަށް ކަނޑައަޅައި އަނެއް 2 ބައާއި އުފެއްދި މުއައްސަސާތަކުގެ މުސާރަ އެތައް ގުނައަކަށް ބޮޑުކުރިތާ އެތައް އަހަރެއް ވެއްޖެއެވެ. 

ބޮޑު މުސާރަދޭ ތަންތަނުގައިވެސް ނަގަނީ ދިވެހި ދިދައެވެ. މުސާރަދެނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ނަމަވެސް ނިކަމެތި ސިވިލްސާވަންޓުންނަށް މަހަކު 7000 ރުފިޔެ ލިބޭ މަޤާމުގައި ބޮޑު މުސާރަ ދޭ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް އެކި ނަންތައް ކިޔާފައި މަހަކު 20،000 ރުފިޔާއެބަދެއެވެ. 

ދިވެހި ސަރުކާރު މިހާރު މިހިންގަނީ ސިވިލް ސާވަންޓުންނަކީ ބޭރުން އެތެރެކޮށްފައި ތިބި ކަޅުބަބުރު އަޅުން ކަމަށް ބަލައިގެންނެވެ. ރުއްސަވާ މުއްސަސާތަކުގައި ތިބީ ޝާހީ ޢާއިލާގެ ޢިއްޒަތްތެރިން ކަމަށް ބަލައިގެންނެވެ. 

ޙަޤީޤަތަކީ ދިވެހި ދައުލަތް ހިންގުމުގައި މިއަދު ނަސްލީ އިމްތިޔާޒް އެބައޮތްކަމެވެ. ޑިމޮކްރަސީގެ ނަމުގައި ހިންގަނީ ޚުދުމުޚުތާރު އުސޫލުތައްކަމެވެ.  ކޮންމެ ފަހަރަކުވެސް މިވާހަކަތައް ދެއްކީމާ . އަންނަ އަހަރު، އަންނަ އަހަރު ތަސްބީހަ ފަތްޗަކަށް ކިޔާނެއެވެ. 2007 ވަނަ އަހަރުން ފެށިގެން ނައިސްގެން އުޅޭ އަންނަ އަހަރު، އަންނަ އަހަރު އަންނާނެކަމަށް ޤަބޫލުކުރަން ހެޔޮވެސް ނުވާނެއެވެ. އަންނަ އަހަރު ކިޔާ އަހަރެއް ކަލަންޑަރަކު ނީނދެއެވެ. މާދަމާވެސް ނުއިންނަ ފަދައިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް