އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާގެ މަންމަ ނުބަލަންވެގެން ހެދި ދޮގެއްގެ ސަބަބުން ދަރިއަކު ނުލިބި ހުންނަން ޖެހުނު އަންހެނެއްގެ ވޭނީ ތަޖުރިބާ-

ޙަޤީޤީ ޙާދިސާ: ފިރިމީހާގެ މަންމަ ނުބަލަންވެގެން ހެދި ދޮގެއްގެ ސަބަބުން ދަރިއަކު ނުލިބި ހުންނަން ޖެހުނު އަންހެނެއްގެ ވޭނީ ތަޖުރިބާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

އަޅުގަނޑުގެ ފިރިމީހާގެ 3 ގެ ހުރެއެވެ. އެއީ އޭނާއަށް އޭނާގެ ބައްޕަ ގަނެދީފައިވާ ގެއަކާއި ބައްޕަގެ ގެއާއި މަންމަގެ ގެއެވެ. ދެމަފިރިންގެ ހުރި އެންމެ ދަރިފުޅު ކަމަށްވުމުންނެވެ. ބައްޕަގެ ގެ ހުންނަނީ ކުއްޔަށްދީފައެވެ. މަންމަ އާއި ބައްޕަ ދިރިއުޅެނީ މަންމަގެ ގޭގައެވެ. އަހަރެމެން ދިރިއުޅުނީ ފިރިމީހާގެ ގޭގައެވެ. 

ކައިންވެންޏަށް 3 ވަނަ އަހަރު ބައްޕަ ނިޔާވުމުން ފިރިމީހާ ބޭނުންވީ މަންމަ އަހަރެމެން ދިރިއުޅޭގެއަށް ގެނެސްގެން މަންމަ ބަލަހައްޓާށެވެ. ނަމަވެސް އެކަމަށް ދެކޮޅުހެދީމެވެ. އަދި ނޯކަރަކު ލައިގެންވެސް އެގޭގައި ބައިންދައިގެން މަންމަ ބެލުމަށް ބާރު އެޅީމެވެ. 

ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. މުސްކުޅިންނާއިއެކު ވަގުތު ހޭދަކުރަން ބޭނުން ނުވާކަމެވެ. އެހައި ގިނައިން މުސްކުޅިން ފެންނަން ވެސް ބޭނުންނުވާކަމެވެ. ކޮންމެއަކަސް ފިރިމީހާ އަހަރެން ދެއްކި އެއްވެސް ވާހަކައެއް ޤަބޫލުނުކޮށް މަންމަ ގެއަށް ގެންނަން ބޭނުންވުމުން ވަރަށް ބޮޑު ދޮގެއް ހެދީމެވެ. 

އަހަރެން ބުނީމެވެ. "އަހަރެން މިއިނީ ބަލިވެއެވެ. ވިހެއުމުން އެހީތެރިވާން އަހަރެންގެ މައިންބަފައިންވެސް މިގެއަށް އަންނާނެއެވެ. އެއިރުން އޮންނާނީ ދެފަރާތުގެ ޢާއިލާގެ މެދުގައި މައްސަލަ ޖެހިފައެވެ." 

ފިރިމީހާ އަހަރެން ދެއްކި ވާހަކައަށް އެހައި ބޮޑު ސަމާލުކަމެއް ނުދެއެވެ. އަނެއް ދުވަހު ފުރަތަމަ ކަމަކަށްވެސް ބޭނުންވީ އަހަރެން ގޮވައިގެން ޑޮކްޓަރަށް ގޮސް އަހަރެން ދެއްކި ވާހަކަ ޔަޤީންކުރާށެވެ. އެހިސާބުން މަޖުބޫރުވީ ހެދި ދޮގަށް އިޢްތިރާފްވާށެވެ. 

ފިރމީހާ އެވަރުންވެސް އަހަރެން ވަރިއެއް ނުކުރެއެވެ. ނަމަވެސް 3 ވަނަ ފަންގިފިލާގެ ކޮޓަރިއަކަށް ބަދަލުކުރީއެވެ. ދެވަނަ ޢަންބަކުވެސް ހޯދީއެވެ. މައިމީހާވެސް ގެއަށް ގެނައީއެވެ. 

އެއިގެފަހުން 10 އަހަރުވީއިރު ފިރިމީހާގެ 3 ދަރިން ތިއްބެވެ. ނަމަވެސް އަޅުގަނޑަށް ދަރިއަކު ނުލިބެއެވެ. ބޭސްފަރުވާ ކުރެވުނު ވަރެއްވެސް ނުއެނގެއެވެ. އެންމެފަހުން އެކަމަށް ކެތް ނުކުރެވިގެން "އެންމެ ފަހު ފަންޑިތަ" އެވެ ބުނާ އުޞޫލުން މަންމަ ގާތުގައި ހުރިހާ ވާހަކަތަކެއް ކިޔައިދީ މާފަށް އެދުނީމެވެ. 

މަންމައަކީ ވަރަށް ދީލަތި އަންހެނެކެވެ. ވަގުތުން މާފުކޮށް އަހަރެންނަށްޓަކައި ހެޔޮދުޢާކޮށްދިނެވެ. އަދި ދާދި އަވަހަށް ބަލިވެ އިނދެ އަޅުގަނޑުގެ ޢުމުރުން 41 އަހަރުގައި ފުރަތަމަ ދަރިފުޅު ލިބި އަޅުގަނޑަށްވެސް މިހާރުވަނީ 3 ދަރިން ލިބިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުގެ ވާހަކަ ހިއްޞާމިކުރީ އަޅުގަނޑަށް ކުރެވުނުފަދަ ކުށެއް ތިއަން ބޭފުޅަކު ނުކުރެއްވުމަށް އެދޭތީއެވެ. މައިންގެ އަގު ވަޒަންކުރުމާއި މުސްކުޅިންނަށް އޯގާތެރިވުމުމުގެ މުހިންމުކަން ހަމަ ކޮންމެ ބޭފުލަކުވެސް ފާހަގަކުރެއްވުން އެދުމަށެވެ. 

- ޖަމީލާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް