އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތެތްގޯނި ބޮލުގަ އަޅައިގެން އާޚިރަތް ދުވަހު ސަލާމަތެއް ނުވެވޭނެ! ދުނިޔޭގެ ކުރިމަތީގަ ބޮޑު ޤައުމަކަށްވާން ދީނާ ޚިލާފް މުޢާހަދާތަކަށް ޢަމަލުކުރުމެއް ނެތް-

ތެތްގޯނި ބޮލުގަ އަޅައިގެން އާޚިރަތް ދުވަހު ސަލާމަތެއް ނުވެވޭނެ! ދުނިޔޭގެ ކުރިމަތީގަ ބޮޑު ޤައުމަކަށްވާން ދީނާ ޚިލާފް މުޢާހަދާތަކަށް ޢަމަލުކުރުމެއް ނެތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ދައުލަތުން މިހާރުވެސް ބުނަނީ މުޢާހަދާތަކުގައި ސޮއިކުރަނީ އިސްލާމް ދީނާއި ޚިލާފް މާއްދާތަކަށް އަމަލުނުކުރާ ގޮތަށް ކަމަށެވެ. ނަމަވެސް ޢަމަލުން ފެންނަނީ އެގޮތެއް ނޫނެވެ. އދ އިން ބޭނުންވާ ގޮތަށް ދީނުގެ ކަންކަން ބަދަލުކުރަމުން ގެންދާތަނެވެ. 

"ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!" (އަންނޫރު: 2) 

މިއާޔަތަށް ޢަމަލުކުރެވުނުތަން ލޮލުން ދުށް ހަނދާންހުރި ޒުވާނަކު މި ޤައުމުގައި އެބަހުރިބާވައެވެ! މަސްތުވާތަކެތި ބޭނުންކުރުމަކީ ބައްޔަތަށް ހަދައިފިއެވެ. ބަނގުރާ ބުއިމުގެ ކުށަކީ ކޮފީތަށްޓެއްގެ އަގުން ޖުރުމަނާކޮށްލުން ކަމަށްވެސް ހަދައިފިއެވެ. ވައްކަންކުރުންވެސްމެއެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކުގެ ކުރިއަށް އދގެ މުޢާހަދާތަކާއި އިންސާނީ ޙައްޤުތައް މިހާރުވެސް ވަނީ ނެރެފައެވެ. އިސްލާމިކް މިނިސްޓްރީގެ ތަސްގަނޑު ނެތި އދ އިން ދީން ފަތުރާ ކަރުދާސްތައް މިއަހަރުވެސް ވަނީ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ބަހައިފައެވެ. 

މިފަދަ އެތައްކަމެއްގެ އިތުރުން މިހާރު މަސައްކަތްކުރެވެމުން އަންނަނީ ދަރިވަރުންގެ މަންހަޖަށް ބަދަލުތައް ގެނައުމަށެވެ. އެކަންވެގެންދާނީ އިސްލާމް ދީން "ފުނޑާލަން" ގޮއްވައިލެވޭ އޮޓޮމިކް ބޮމަކަށެވެ. 

ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ޤައުމުގެ ގޮތުގައި ދައްކައި ބޮލުގައި "ތެތްގޯނި" އަޅުވައި އެމީހުން ބޭނުންވާ ގޮތަށް ދީނުގެ ކަންކަން ބަދަލުކުރުވުމަށް ކުރެވޭ މަސައްކަތަށް ބިރުވެތިވުން ހުއްޓެވެ! ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުން އޮތީ އދގެ މުޢާހަދާތަކަށް ޢަމަލުކޮށްގެނެއް ނޫނެވެ. ކީރިތި ޤުރްއާނާއި ސުންނަތަށް ޢަމަލުކޮށްގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް