އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތިވެރިން ކުރާ މަތިވެރި ސުވާލު- ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުދީ މިލިއަނުން އެރީމާ ހޯދަން ނުކުތުމުން ހޯދާނުދީ ހައްޔަރުކުރާ ސަރުކާރު! ކޮންވަތަރު ސަރުކާރު؟

މަތިވެރިން ކުރާ މަތިވެރި ސުވާލު- ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުދީ މިލިއަނުން އެރީމާ ހޯދަން ނުކުތުމުން ހޯދާނުދީ ހައްޔަރުކުރާ ސަރުކާރު! ކޮންވަތަރު ސަރުކާރު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ޖާބިރު އއ މަތިވެރި ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުދީ އޮވެ ކުލިހިނގަމުން އިތުރުވަމުން އައިސް 4.7 މިލިއަން ރުފިޔާއަށް އަރާފައިވަނިކޮށް ޖާބިރު އެރަށް ދިއުމުން އެފައިސާ ދިނުން އެދި އަޑު އުފުލަން ނުކުތަ ރައްޔިތުންގެ ތެރެއިން 2 މީހަކު ރޭ ދަންވަރު 1.30 ހާއިރު ވަނީ ހައްޔަރުކޮށްފައެވެ. 

އއ މަތިވެރި ރައްޔިތުންގެ ގިނަ ބައަކު ބުނަނީ ރަށުގެ ނަމާއިއެއްގޮތަށް އެރަށުގެ ރައްޔިތުންނަކީ ހަމަ މަތިވެރި ބައެއް ކަމަށެވެ. ނަމަވެސް މައްސަލައަކަށްވެގެން މިއުޅެނީ ރައްޔިތުންގެ ބިން ކުއްޔަށްހިފައި އެބިމަށް ދައްކަން ޖެހޭ ކުލި ނުދައްކާ އޮންނަމުން އައިސް 4.7 މިލިއަން ރުފިޔާއަށް އިތުރުވުމުން އެފައިސާ ހޯދައި ދިނުމުގެ ބަދަލުގައި އެފައިސާ ދިނުމަށް ބާރު އަޅާ އަޑު އުފުލާ ރައްޔިތުން ހައްޔަރުކުރާތީއެވެ. 

"ދަރާއޮތަސް އިއްޒަތްތެރި މެންބަރު. ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުދީ ކިތަންމެ އަހަރެއްވިޔަސް އިއްޒަތްތެރި މެންބަރު. ޙައްޤު ގެއްލުނީމާ ހޯދަން ރައްޔިތަކު ނުކުމެއްޖެ ނަމަ ޓެރަރިސްޓެއް!"

ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރަށް ޙިމާޔަތްދީ ފުލުހުންގެ ބެލުމުގެ ދަށުގައި ޖާބިރު ބަހައްޓާފައި ހުއްޓާ ޖާބިރު އަތުން އޭނާގެ ފިރިމިހާއަށް 80000 ރުފިޔާ ލިބެންޖެހޭ ކަމަށާ ހޯދަން ދިއުމުން ފޮނުވާލަނީ ކަމަށާއި އެކަމާއި ގުޅިގެން ޖާބިރާއި ބައްދަލުކުރަން ބޭނުންކަމަށްބުނެ މަތިވެރި ޕޮލިސް ސްޓޭޝަން ކުރިމަތީގައި ހުރެ ކަރުނައަޅާ ރުއި އަހެންމީހާ އާއި ބެހޭ ގޮތުން އަދި އެމައްސަލައާއި ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އާއި ސުވާލުކުރިތާ 2 ދުވަސްވީއެވެ. އެމައްސަލަ ބަލާކަން ވެސް ނުވަތަ ނޫންކަންވެސް ޖަވާބެއް އަދިވެސް ނުދެއެވެ. 

މަތިވެރި ރައްޔިތުންގެ ގިނަ ބައަކު ބުނަނީ މިއަދު މިފެންނަނީ އިއްޒަތްތެރި ކުރިއަށްލީމާ ރާއްޖޭގައި ބޭނުންގޮތަކަށް އުޅެވޭނެކަން ކަމަށާއި ރައްޔިތުންގެ ޙައްޤު އަދާނުކުރިނަމަވެސް އިއްޒަތްތެރިންގެ ޢިއްޒަތްތެރިކަން ސަރުކާރުން ދާނީ އުފުލަމުންކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް