އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަބިއްޔާ ޞޢވ, އަށް ފުރައްސާރަކޮށް ލަވަކީ ޓީޗަރ ވަގުތުން ވަޒީފާއިން ވަކި ކުރެވެން ޖެހޭނެ. މިއީ ސަމާސާ ކުރެވޭ ކަހަލަ ކަމެއް ނޫން!: ޑރ. އިޔާޟް

ނަބިއްޔާ ޞޢވ, އަށް ފުރައްސާރަކޮށް ލަވަކީ ޓީޗަރ ވަގުތުން ވަޒީފާއިން ވަކި ކުރެވެން ޖެހޭނެ. މިއީ ސަމާސާ ކުރެވޭ ކަހަލަ ކަމެއް ނޫން!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

"މަޖްލިސް މެމްބަރަކާ ދިމާލަށް އެއްޗެއް ބުނި ޓީޗަރ އަކު ވަޒީފާއިން ވަކިކުރި. ވީއިރު, ލޮބުވެތި ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށް ލަވަކީ ޓީޗަރ ވަގުތުން ވަގުތަށް ވަޒީފާ އިން ވަކި ކުރެވެން ޖެހޭނެ. ސަމާސާ ކުރެވޭ ކަންތަކާއި ނުކުރެވޭ ކަންތައް ހުންނާނެ. މިއީ ސަމާސާ ކުރެވޭ ކަހަލަ ކަމެއް ނޫން."

"އިސްލާމްދީނާއި މެދު ޛައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ކުލުނެއް ހުރިނަމަ ލަސްނުކޮށް ފިޔަވަޅު އަޅުއްވާ!" 

"މައިކް ޓެސްޓު ކުރަން ވިޔަސް، މަޖަލަކަށްވެސް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން. އެއީ ބޮޑުވެގެންވާ ޙަރާމް ކަމެއް. އެކަން ކުރި ފަރާތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ." 

މިފަދަ ކަންކަމުގައި ބަސްފުޅު ވިދާޅުވީ މަޑުކަށިފިކުރުމުގެ މީހުން ކުރާ މަލާމާތާއި ފުރައްސާރައަށް ފަސްޖެހިވަޑައިނުގަންނަވާނެކަންވެސް ޑރ. އިޔާޟް ވަނީ ހާމަކުރައްވައިފައެވެ. " ކާމިޔާބީގެ ޙަގީގަތަކީ ގަދައަޅާ މަސައްކަތް ކުރުމެވެ. ފުރައްސާރަކުރާ ބަޔަކު ކިތަންމެ ފުރައްސާރައެއް ކުރިނަމަވެސް ތިމާ މިހުރީ ޙައްގު ގޮތުގައިކަން ޔަގީންވާހާ ހިނދަކު އެންމެ ތަންކޮޅެއްވެސް ފަހަތަށް ޖެހިގެން ނުވާނެއެވެ. އިންޝާالله." 

ރަސޫލް ﷺ އަށް ފުރައްސާރަކުރުމަކީ މަޑުކަށި އަދި ﷲ ތައާލާއަށް ބުރަކަށިފިކުރުގެ މީހުން ކުރާ ކަމަކަށްވާތީ އެކަންކަމަށް ތަރުޙީބުދީ އަތްޖެހުމަކީ މިސަރުކާރުގެ ތެރެއިން ފެންނަމުން އަންނަ ކަމެކެވެ. އަބަދުވެސް ބުނާނީ "އިސްލާމް ދީން ހިމާޔަތް ކުރާނަން- އެހެން ދީނަކަށް ޖާގައެއް ނުދޭނަން!" ކަމަށެވެ. އަޅާ ފިޔަވަޅެއް ނުފެނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް