އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބޫޖަހުލުގެ ބަހާ ވަޒީރުގެ ބަސް އެއްގޮތް! ކާމިޔާބު ލިބޭނީ ﷲ އިރާދަކުރެއްވުމުން- ކާމިޔާބަށް އެދޭނަމަ އޮތީ ﷲ ރުހިވޮޑިނުގަންނަވާ ކަންކަމުން ދުރުހެލިވުން-!: ޑރ. އިޔާޟް

އަބޫޖަހުލުގެ ބަހާ ވަޒީރުގެ ބަސް އެއްގޮތް! ކާމިޔާބު ލިބޭނީ ﷲ އިރާދަކުރެއްވުމުން- ކާމިޔާބަށް އެދޭނަމަ އޮތީ ﷲ ރުހިވޮޑިނުގަންނަވާ ކަންކަމުން ދުރުހެލިވުން-!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

"ބަދުރު ހަނގުރާމަ އަށް ނުނިކުތުމަށް އަބޫޖަހުލުގާތު ގުރައިޝުންގެ މީހުން ބުނީމާ އޭނާގެ ޖަވާބަކަށްވީ އެމައިދާނަށް ގޮސް ރާބޮއި ލަވަކިޔާ ނަށާ މަޖާކޮށްފައި ނޫނީ ހުއްޓާނުލާނެކަމަށް. މެޗުން މޮޅުވީމާ ދެމިގެންދާ ގޮތަށް މުޔުޒިކް ކުޅުމެކޭ އަބޫޖަހުލުގެ ޢަމަލެކޭ ހުރިތަފާތަކީ ކޮބައިތޯ؟"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ "އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫން" ކަމަށެވެ. 

ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވީ "ފޯރިނެގުމުގެ ނަމުގަ މިޔުޒިކް ޝޯ ބޭއްވީމަ އެދަނީ ނާޗަރަންގީ އާ ދިމާއަށެވެ. ކިތަންމެ މޮޅު ޓީމަކަށް ނަމަވެސް ކާމިޔާބު ލިބޭނީ ﷲ ތަޢާލާ އިރާދަކުރެއްވެވިއްޔާއެވެ. ވީމާ ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކުން ދުރުހެލިވާންޖެހެއެވެ. އެފަދަ ކަމަކަށް މަގުފަހިވާނެ ކަމެއްވެސް ނުކުރެއްވުމަށް ނަޞޭޙަތްތެރިވަމެވެ." 

ﷲ ތަޢާލާ އިންސާނުންކުރާ ޢަމަލުތަކަށް ޖަޒާ ދެއްވަވަނީ އެޢަމަލަށް ކިޔާ ނަމަކަށް ނޫނެވެ. ކުރާ ޢަމަލަށެވެ. އެއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. 

ޤައުމުގެ ހުރިހާ ރައްޔިތުން ޤައުމީ ޓީމަށް ހެޔޮދުޢާކުރަމުން ގެންދާ ވަގުތެއްގައި ދީނީ އެއްބައިވަންތަކަން ގެއްލިގެންދާ ގޮތަށް ކުޅިވަރާއިބެހޭ ވަޒީރު ދައްކަވަމުންގެންދާ ވާހަކަފުޅުތަކާއި ގުޅިގެން ގިނަބއަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

މިރޭ ކުޅިބެލުމުގެ ޙަރަކާތްތައް ބޮޑުބެރާއިއެކު ކުރިއަށް ގެންދާތީ އެކަމުގައި ކިތަންމެ ގިނަ ބައަކު ބައިވެރިވިނަމަވެސް ބައިވެރިނުވާނެ ބައަކު ތިބޭނެއެވެ. ދެޖިންސުން މަސްހުނިވެ މަޖާނަގަން ބޭނުން ނުވާ ބައަކު ތިބޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް