އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަޕާން: ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށްދިނުމަށްފަހު ދަނޑުވެރިކަން ތަރައްޤީކޮށްދޭން މިސްރާބު ޖަހައިފި

ޖަޕާން: ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށްދިނުމަށްފަހު ދަނޑުވެރިކަން ތަރައްޤީކޮށްދޭން މިސްރާބު ޖަހައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

ދިވެހި ސަރުކާރާއި ޔޫ.އެން.ޑީ.ޕީ، ޖަޕާނު ސަރުކާރުގެ އެހީގައި، ދަނޑުވެރިކަމުގެ ދާއިރާއިން އާންމުންގެ އުފެއްދުންތެރިކަން އިތުރުކޮށް ފުޅާކުރުމުގެ އައު މަޝްރޫއެއް މިމަހުގެ 10 ވަނަ ދުވަހު އިފްތިތާޙްކޮށްފައިވާއިރު އެ މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެއްބާރުލުމާއި ދީލަތި އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. ޖަޕާނު ސަރުކާރުން 2.7 މިލިއަން ޔޫ.އެސް ޑޮލަރުގެ (302 މިލިއަން ޖަޕަނީޒް ޔެން ނުވަތަ 41.7 މިލިއަން ދިވެހި ރުފިޔާގެ) މާލީ އެހީއެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. 

'ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ' (ޕީ.ޑީ.އެސް.އޭ.އީ) އަކީ ކުރީގެ ޕްރޮޖެކްޓެއް ކަމަށްވާ 'ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް އެންޑް ޑެވެލޮޕްމެންޓް ފޮރ އެސް.އެމް.އީސް' (ސީޑްސް) ގެ މައްޗަށް ބިނާކުރެވިފައިވާ ޕްރޮކެކްޓެޖެވެ. ޕްރޮޖެކްޓުގެ މަޤްސަދަކީ ދިވެހި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއިން އާންމުންގެ އެފެއްދުންތެރިކަން އިތުރުކޮށް ފުޅާކުރުމެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާނީ ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ ތަރައްގީއާއި ބެހޭ ޖަމިއްޔާ (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓާއި ގުޅިގެންނެވެ. 

މަޝްރޫޢުގެ ކޮންޓްރިބިއުޝަން އެއްބަސްވުންމުގައި ސޮއި ކުރެވިފައިވަނީ ޖަޕާން ސަރުކާރާއި ޔޫ.އެން.ޑީ.ޕީގެ ދެމެދުގައެވެ. މިގޮތުން ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސަލެންސީ ކެއިކޯ ޔަނާއިއެވެ. އަދި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ސޮއި ކުރެއްވީ އެ ވުޒާރާގެ ރެސިޑަންޓް ރެޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ. މީގެ އިތުރުން މިނިސްޓާރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިނިސްޓާރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެސެންޓެޓިވްވަނީ ޕްރޮޖެކްޓް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރާއި ހަމައަށް މި ދެ ވުޒާރާއިން ޔޫ.އެން.ޑީ.ޕީއަށް މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް އެއްބާރުލާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. 

"މި ފަންޑްގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރެވޭ މިންވަރު އިތުރުވެ ފުޅާވެގެން ދާނެއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިންނަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް އިތުރު ލުއިތަކެއް ލިބި، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެތަކެއް ފައިދާތަކެއް ލިބިގެންދާނެކަން ކަށަވަރެވެ." މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ, ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

'ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ' (ޕީ.ޑީ.އެސް.އޭ.އީ) ގެ މައިގަނޑު އެއް މަޤްސަދަކީ ދިވެހިރާއްޖޭއަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަން ލުއިކުރުމެވެ. އަދި މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ވިޔަފާރިވެރިންނަށް މިދާއިރާއަށް ވަނުމުގެ ފުރުޞަތު ފުޅާކުރުމުގެ އިތުރުން، ކާބޯތަކެތި އަދި ޓެކްސްޓައިލް ފަދަ ބާވަތްތައް ހެއްދުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް، ފައްޔާޒް އިސްމާއިލް އިޝާރާތްކުރެއްވި ގޮތުގައި އިޤްތިސާދީ ދުޅަހެޔޮކަން ބިނާކުރުމަކީ މިފަދަ ރިކަވަރީ ޕްރޮޖެކެޓްތަކުގައި މުހިންމު އިސްކަމެއްދޭން ޖެހޭ ބައެކެވެ. އަދި މި ޕްރޮޖެކްޓަކީ އިޤްތިސާދު އާރާސްތުކޮށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާ ކުރުމަށްޓަކައި ބޭނުންވާ އަސާސީ ބައިތަކެއް ކަމަށްވާ ކާބޯތަކެތީގެ ދަތިކަމުގެ ލުއިކަން، އިޤްތިސާދީގޮތުން ހުރި ފުރުޞަތުތައް ފުޅާކުރުން އަދި ކުދި ވިޔަފާރިތަށް ދެމެހެއްޓުމަށް އިސްކަން ދޭ ޕްރޮޖެކްޓެއް ކަމުގައި އެމަނިކުފާނު  އިޝާރާތްކުރެއްވިއެވެ. މަށެވެ. 

ޕީ.ޑީ.އެސް.އޭ.އީ ޕްރޮޖްކްޓްގައި މައިގަނޑު 3 ބައަކީ:

1. ދަނޑުވެރިކަމާއި ބެހޭ އެކި މަޢުލޫމާތު އަދި މިކަމުގެ ހުނަރުވެރިކަން ދަނޑުވެރިންގެ ގައިގައި އަށަގެންނެވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުން

2. ދަނޑުވެރިކަން ކުރެވޭ މިންވަރާއި މިކަމަށް ހުރި ފުރުޞަތުތައް އިތުރުކޮށް ކާބޯތަކެތީގެ ދަތިކަން ލުއިކުރުން

3. ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ބޭނުންވާ ސަޕޯރޓް އިންޑަސްޓްރީސް އާއި ވެލިއު-އެޑަޑް ސާރވިސްތައް އިތުރުކޮށް މިކަމަށް އެއްބާރުލުން ދިނުން

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ބަލައިފިނަމަ ރާއްޖޭގައި ޤާއިމުކުރެވުނު މަސްކާރުޚާނާ ފެލިވަރުގައި ޤާއިމުކޮށްދިނީ ޖަޕާނުންނެވެ. ރިޔަލު ދޯނީގައި ކުރަމުން އައި މަސްވެރިކަން އިންޛީނު ދޯނިފަހަރަށް ބަދަލުކޮށްދިނީ ޖަޕާނުންނެވެ. ހިލޭ އިންޖީނުވެސް ދީގެންނެވެ. ޖަޕާނަކީ ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިވަމުން އަންނަ ޤައުމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު