އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ކަނޑުމަހުން ޗައިނާގައި ދަޅުމަސް އުފައްދައިފި

ރާއްޖޭގެ ކަނޑުމަހުން ޗައިނާގައި ދަޅުމަސް އުފައްދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަސް ބޭނުންކޮށްގެން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި ދަޅުމަސް އުފައްދާފައިވަނީ ޗައިނާގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓް (Weihai Qiuzi Blueseas Foods Co. Ltd.) އާއި ޖިންގް ވެއިޑާއޯ ބްރޭންޑް (Jing Weidao Brand) ގުޅިގެންނެވެ. އުފެއްދި ދަޅުމަސް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް ވަނީ އަރުވާފައެވެ.

މިކަމާގުޅިެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއްކަމަށެވެ. މި އެއްބަސްވުމާއިއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ވަނީ ސުންރޭޓަށް ދަށްވެފައެވެ.

ވަޒީރު ޝިޔާމް އިތުރަށް ފާހަގަކުރެއްވީ، ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފްވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެޅުއްވެވި ހަރުދަނާ ފިޔަވަޅެއްކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް އިތުރު އައު މާކެޓްތައް ހުޅުވި، ރާއްޖޭގެ މަހުގެ އަގު އުފުލި، ޑިމާންޑް އިތުރުވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިވެ، އާ އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު