އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ޚާއްސަ ހަރަކާތް "ރިވެލި ތަރި" 2021 އަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހުޅުވާލައިފިއެވެ.
ޖެންޑަރ، މިނިސްޓްރީން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ "ރިވެލި ތަރި" މިއަހަރުވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މިހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިން ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއެވެ.
"ރިވެލި ތަރި" ބޭއްވުމަށް ހަމަޖެހިފައިވަނީ، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތުން ބައިވެރިވާން ބޭނުންވާ ކެޓަގަރީއަކުން 2 މިނިޓާއި 5 މިނިޓާއި ދެމެދުގެ ވީޑިއޯއެއް ތައްޔާރު ކުރުމަށްފަހު އެކަމަށް ކަނޑައަޅާފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑް ކުރާނެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ޖެނޑާ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ވީޑިއޯ އަޕްލޯޑް ކުރަންވީގޮތުގެ މަޢުލޫމާތު މިނިސްޓްރީން ހިއްސާކުރާގޮތައް ވަނީ ހަމަޖައްސާފައެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް [email protected] މެއިލަށް ފޮނުވުމަށް ޖެންޑާއިން އެދެއެވެ.
ރިވެލި ތަރިއަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ކައުންޓަރުންނާއި، އެ މިނިސްޓްރީގެ ވެބްސައިޓްwww.gender.gov.mv އަދި އެނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބޭގޮތައް ވެސް ވަނީ ހަމަޖައްސާދީފައެވެ.
އެގޮތުން، "ރިވެލި ތަރި" އަށް ކުރިމަތިލުމުގެ ފުރުޞަތު 12 އޮކްޓޫބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
"ރިވެލި ތަރި" އަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާފައިވާއިރު، ކުރިމަތިލުމުގެ އެންމެ ފަހުތާރީޚަކީ 15 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިންނެވެ.
Advertisement
14 އޮކްޓޯބަރ 2021