އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމަރު ނަޞީރު ވިދާޅުވަނީ "އިރާދަކުރެއްވިއްޔާ ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެ" ކަމަށް!

ޢުމަރު ނަޞީރު ވިދާޅުވަނީ "އިރާދަކުރެއްވިއްޔާ ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެ" ކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

"ރާއްޖޭގެ އަމާން ރަށްތަކުގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައިމިވަނީ ޤިސާސް ހިފުމަށް ވެރިން ފަސްޖެހުމާ، މަސްތުވާ އެއްޗެތި ހުއްޓުވުމަށް ފަސްޖެހިގެންނެވެ.  އިރާދަކުރެއްވިއްޔާ ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަމެވެ."

- ޢުމަރު ނަޞީރު 

"ރާއްޖޭގެ އަމާން ރަށްތަކުގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައިމިވަނީ ޤިސާސް ހިފުމަށް ވެރިން ފަސްޖެހުމާ، މަސްތުވާ އެއްޗެތި ހުއްޓުވުމަށް ފަސްޖެހިގެން" ކަމަށް ޢުމަރު ނަބީރު ވިދާޅުވާ ބަސްފުޅަކީ ޙަޤީޤަތެކެވެ. ކަން އޮތް ގޮތެވެ.

ތިރީގައިވާ ލިޔުން ވިދާޅުވުމުން އެކަން އެނގިވަޑައިގަންނަވާނެއެވެ.  

ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރީމާ ރަޙްމަތް ލައްވަވައި ރިޒްޤް ތަނަވަސްކޮށް ދެއްވަވާނެ: ޝައިޚް ފަޒްލޫން މުޙައްމަދު 

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ދޫކޮށްލައި އަމިއްލައަށް ޙުކުމް ކުރާނަމަ ތިއަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ތަލާފޮޅުން ހިމެނޭ ގޮތަށް ހަމަނެޖެހުން ލައްވަވާހުށި ކަމަށެވެ. 

ﷲ ތަޢާލާގެ ޙުކުމްފުޅުގައި ހުރިހާ ހެޔޮކަމެއް ޝާމިލުވެގެންވެއެވެ. ހުރިހާ މުންކަރާތްތަކެއް ދުރުވެގެންވެއެވެ. އަދި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ޢަދުލުވެރިވެގެންވާ ޙުކުމްފުޅެވެ. މީސްތަކުން އަމިއްލައަށް އުފައްދައިގެން އުޅޭ ހުރިހާ ޙުކުމްތަކަކީ ބާޠިލުވެގެންވާ ކަންކަމެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ޙުކުމްކޮށް އުޅުނު ފަދައިންނެވެ. 

އިބްން ކަޘީރު ވިދާޅުވަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ދޫކޮށް އަމިއްލައަށް ޙުކުމް ކުރާ މީހަކީ މިއްލަތުން ބޭރުވެ ކާފިރުވެފައިވާ މީހެއް ކަމަށެވެ. އަދި އެމީހަކީ ﷲ ތަޢާލާ އާއި ރަސޫލް (ﷺ)ގެ ޙުކުމްފުޅަށް އެނބުރި ރުޖޫޢަވެއްޖައުމަށްދާންދެން އެމީހެއްގެ މައްޗަށް ހަނގުރާމަކުރުން ވާޖިބުވެގެންގޮސްފައިވާ މީހެއް ކަމަށެވެ. 

މުސްލިމް މުޖުތަމައުތަކަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މުޞީބާތަކީ ޑިމޮކްރަސީ ކިޔާއެއްޗެއް މުޖުތަމައުތަކަށް ވައްދަން ކުރެވެމުން އަންނަ މަސައްކަތްތަކާއި އެއީ މާރަނގަޅު އެއްޗެއް ކަމަށް ޤަބޫލުކުރެވޭ ޤަބޫލުކުރެވުމެވެ. 

އިސްލާމް ދީން މިކިޔަނީ މީސްތަކުން މިބިންމަތީގައި ދިރިއުޅެން މާތް ﷲ ބާވައިލައްވަވާފައިވާ އިލާހީ ޤާނޫނަށް ނުވަތަ ނިޒާމަށެވެ. ޑިމޮކްރަސީއަކީ އެތަނެއްގައި އުޅޭ ރައްޔިތުންގެ ގިނަބައަކު ރުހޭ ގޮތަށް ކަންކަން ހިންގުމަށް ދެވިގެންވާ ނަމެކެވެ. އެހެންކަމުން އެތަނެއްގައި އޮންނަ ޤާނޫނުތައް ވެސް ވެގެންދާނީ އެތަނެއްގައި އުޅޭ ފާސިޤް ފާޖިރުން ކަންކަން ކުރަން ބޭނުންވާ ގޮތަށް މަގުފަހިވެފައި އޮންނަ ނިޒާމަކަށެވެ. އެތަނެއްގައި މުސްލިމުން ގިނަ ނަމަ އިސްލާމް ދީނާއި އެއްގޮތް ކަންތައްތަކެއް އެއިގައި ހުރެދާނެއެވެ. 

ނަމަވެސް ޑިމޮކްރަސީގެ ނިޒާމުގައި އެއްވެސް ކަމެއް ދާއިމަށް އެއްގޮތަކަށް ނުއޮންނާނެއެވެ. މިއަދު ހުއްދަ ކަމެއް މާދަމާ ޙަރާމްކަމެއްގެ ގޮތުގައި ކަނޑައެޅިގެން ހިނގައިދާނެއެވެ. އަބަދުވެސް ފެންނާނީ ކުރިންހެދި ޤާނޫނު ރަނގަޅުނުވެގެން ބަދަލުކުރަން ޖެހިގެން އުޅޭ މަންޒަރެވެ. 

އިސްލާމް ދީނުގައި މަޝްވަރާގެ އުޞޫލުން ކަންކަން ކުރުން ބަޔާންވެގެންވަނީ ވަކި ޙުދޫދެއްގެ ތެރޭގައެވެ. ނަމަވެސް ޑިމޮކްރަސީގައި ބަޔާންވެގެންވަނީ ﷲ ތަޢާލާ ވަޙީ ބާވައިލައްވަވައި ވަކި ގޮތެއް ކަނޑައަޅުއްވަވާފައިވާ ކަންކަމަ ވެސް މަޝްވަރާ ކުރެވޭ ގޮތަށެވެ. ރަސޫލް (ޞޢވ) ވަކި ގޮތެއް ކަނޑައަޅުއްވަވާފައިވާ ކަންކަމަށްވެސް ފުޅައު ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ގޮތަށެވެ. 

އިސްލާމް ދީނުގައި މަޝްވަރާކުރުން އޮތީ ހަމައެކަނި ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތުގައި ވަކިގޮތެއް ކަނޑައެޅިފައި ނުވާ ކަންކަމުގައެވެ. އިސްލާމް ދީނުގައި މަޝްރާ ކުރުން އޮތީ ދީނުގެ ޢިލްމުވެރިން ނުވަތަ އެކަމެއް ދަންނަ ބައަކާއިއެވެ. ނަމަވެސް ޑިމޮކްރަސީގައި ކޮންމެ މީހަކަށްވެސް މަޝްވަރާ ދެވިދާނެއެވެ. 

ޑިމޮކްރަސީއަށް އަމަލުކުރާ ތަނެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. ޙަޤީޤީ ހަމަޖެހުން ލިބޭނީ އިސްލާމް ދީނުގެ ޙުކުމްތަކަށް ޢަމަލުކޮށްގެންނެވެ. 

ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ރުހި ފުރިހަމައަށް އަމަލުކުރާނަމަ އެބައަކަށް ﷲ ތަޢާލާގެ ރަޙްމަތް އިތުރުވެގެންދާނެ ކަމާއި ރިޒްޤް ތަނަވަސްކޮށްދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. 

- ޝައިޚް ފަޒްލޫން މުޙައްމަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް