އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ބިލާލް ފިލިޕްސްގެ ޝަޚްޞިއްޔަތު ރާއްޖެއިން ކަތިލުމަކީ އިސްލާމީ އުންމަތަށް ދިން ވަރަށް ބޮޑު އަނިޔާއެއް!: ޢުމަރު ނަޞީރު

ޑރ. ބިލާލް ފިލިޕްސްގެ ޝަޚްޞިއްޔަތު ރާއްޖެއިން ކަތިލުމަކީ އިސްލާމީ އުންމަތަށް ދިން ވަރަށް ބޮޑު އަނިޔާއެއް!: ޢުމަރު ނަޞީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ދުނިޔޭގެ އެންމެ މަޝަހޫރު ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ބިލާލް ފިލިޕްސްގެ ޝަޚްޞިއްޔަތު ރާއްޖެއިން މިވަނީ ކަތިލާފައި ކަމަށާއި އެއީ މުޅި އިސްލާމީ އުންމަތަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށް ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. 

ޢުމަރު ނަޞީރު ވިދާޅުވީ މިއީ ދުރާލައި ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. "ޑރ. ބިލާލް ފިލިޕްސްއަށް ރާއްޖެވަޑައިގަންނަވަން ދައުވަތު ދިނީ އޭނާ އެކަމަށް އެދިވަޑައިގަނެގެނެއް ނޫން. ދެން މިއިވުނީ އޭނާއަކީ ޓަރަރިޒަމަށް ހިތްވަރުދެއްވާ ބޭފުޅަކަށް ހަދައި ރާއްޖެ ވަޑައިގަތުން ހުއްޓުވި ވާހަކަ. މީގެ ނަތީޖާއަކަށްވާނީ ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމަކުންވެސް ޑރ. ބިލާލް ފިލިޕްސް ބަލައި ނުގަނެ ބޭރުކޮށްލިކަން ދުނިޔެއަށް ހާމަވުން. އެކަން މިއޮތީ ކޮށް ނިންމާފަ." 

"އަދި މީގަ އެންމެ ފާހަގަކުރަން ޖެހޭ ކަމަކީ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވަން އިސްލާމިކް މިނިސްޓްރީގެ އެއްވެސް ހުރަހެއް ނެތްކަން. ޓެރަރިސްޓުންނާ ޓެރަރިޒަމްގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ މުއައްސަސާ، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެސް އެއްވެސް ބަހެއް ނެތި އެކަން އެކުރީ. މިއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަންކަމެއް ނޫން." ކަމަށްވެސް ޢުމަރު ނަޞީރު ވިދާޅުވިއެވެ. 

ޢުމަރު ނަޞީރު ވިދާޅުވީ ޑރ. ބިލާލް ފިލިޕްސް ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދަރުސް ދެއްވައި އަދި ދީނީ ގޮތުން ހޭލުންތެރި ކުރުވުމުގެ ވޯކްޝޮޕްތައް ވެސް ހިންގަވާފައި ކަމަށާއި އެއިން އެއްވެސް ކަމެއްގައި އޭނާއަކީ އިސްލާމް ދީނުގެ ކަންކަމުގައި ރާއްޖެ އިން ބަލައިގަނެ އަމަލުކުރާ މިންގަނޑުތަކާއި ޚިލާފަށް އެންމެ ބަސްފުޅެއްވެސް ވިދާޅުވެފައިވާ ބޭފުޅެއްވެސް ނޫންކަން ސާބިތުވެފައިވާއިރު މިފަދަ ބޮޑެތި އަނިޔާތައް ދިނުމަކީ ވަރަށް ބޮޑު ބޭއިންޞާފެއް ކަމަށެވެ. 

ޢުމަރު ނަޞީރު ވިދާޅުވީ މިއީ ދުނިޔޭގެ ފެންވަރުގެ ޢިލްމުވެރިންނަށް ހުރަސް އަޅަން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ކަންކަމުގެ ފެށުމެއް ކަމަށާއި ރައްޔިތުން މިކަންކަމަށް ހޭލުންތެރި ނުވެއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތައް ވަރަށް ގިނަވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް