އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާއިތުވި 1 އަހަރު ތެރޭ ދީނަށް ފުރައްސާރަކުރި އެއްވެސް މީހެއްގެ މައްސަލައިގަ ދަޢުވާ ކުރުމަށް ފޮނުވާފައެއް ނުވޭ: ޢުމަރު ނަޞީރު

ފާއިތުވި 1 އަހަރު ތެރޭ ދީނަށް ފުރައްސާރަކުރި އެއްވެސް މީހެއްގެ މައްސަލައިގަ ދަޢުވާ ކުރުމަށް ފޮނުވާފައެއް ނުވޭ: ޢުމަރު ނަޞީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

މި ވޭތުވި 1 އަހަރު ދުވަހުގެ ތެރޭގައި، އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ އަދި ދަޢުވާ ކުރުމަށް ފޮނުވާފައެއް ނުވާކަމަށާއި އެމްޑީއެން ގެ ރިޕޯރޓް ލިޔުނު މީހުންނާއި މެދުގައިވެސް އަމަލު ކުރެވޭނީ ހަމަ މި ގޮތަށް ކަމަށް ބެލެވޭކަމަށް ޢުމަރު ނަޞރު ވިދާޅުވެއްޖެއެވެ.  

ޢުމަރު ނަޞީރު މިރޭ ވިދާޅުވީ އުވާލައި އެ ރިޕޯރޓް ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވޭނަމަ، ލަހެއްނުވެ މިއީ އާންމު ކަމަކަށް ވެގެންދާނެ ކަމަށާއި ލާދީނީ މީހުންގެ ބޭނުމަކީ އެއީ ކަމަށެވެ. "ދީނަށް ފުރައްސާރަ ކުރުމީ އާންމު ކަމަކަށް ހެދުމެވެ. ދިވެހިން މަޑުމަޑުން މި ކަމަށް ހޭނުވުމެވެ. ސަރުކާރުން ޤާނޫނީ ފިޔަވަޅު ނާޅާނަމަ މިކަން މި ގޮތަށް ވާނެއެވެ." 

ޢެހެން ދީންތައް ރާއްޖެ އަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަދެފަހުރި ވާތަށް މިގެންދަނީ މަޑުމަޑުން ދޫކޮށް، އެ ވާތަށް ކަޑަމުން ކަމަށްވެސް ޢުމަރު ނަޞީރު ވަނީ ވިދާޅުވެފައެވެ.  

ޢުމަރު ނަޞީރު މިރޭ ޢާންމުކުރެއްވި ބަޔާނުން:  

މި ވޭތުވި 1 އަހަރު ތެރޭގައި ފާހަގަވި ބައެއްކަންކަން:

1- ކީރިތި ރަސޫލާ (S.A.W) އަށް ފުރައްސާރަ ކުރި މިންވަރު އެތަށް ގުނައެއް އިތުރުވި އިރު އެކަން ކުރި އެއްވެސް މީހަކާ މެދު ޤާނޫނީ ފިޔަވަޅު ނޭޅުން.

2- ދީނީ ޢިލްމުވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭން އެއް ހިންގަމުން ގެންދިއުން.

3- ޢިސްލާމް މުޤައްރަރު ކަމުނުދާ ކަމަށް ބުނެ ވަކާލާތު ކުރުން.

4- ބައެއް މިސްކިތް ތަކުގައި ބަންގި ގޮވާ އަޑު މަޑު ކުރުން.

5- ދިވެހި ފިލްމް ތައް ސެންސަރު ކުރާ ކުރުމުގެ މިންގަޑު ދަށް ކޮށް، އެއްޖިންސުން ގުޅުން ހިންގުން އާންމު ކުރާ ފަދަ މަންޒަރުތަށް ފިލްމު ތަކުގައި ހިމަނަން ފެއްޓުން.

6- ބަގުރާ އިތުރަށް އާންމުވުން.

ރާއްޖޭގައި އަބަދުވެސް ލާދީނީ މީހުން އުޅެއެވެ. ދައުލަތުން ގެންދިޔައީ އެ ފަދަ މީހުން ހަމަ މަގަށް އަޅުވަމުންނެވެ. ނަމަވެސް ލާދީނީ މީހުން ދައުލަތުގެ އެތެރޭގައި ތިބެގެން މި ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު މިއީ ދެވަނަ ފަހަރެވެ. ދިވެހިން ހޭލާ ތިބެގެން މެނުވީ މި ޤައުމާ ދީން ހިމާޔަތް ނުކުރެވޭނެ އެވެ.

 

 

 

ޝުކުރިއްޔާ
ޢުމަރު ނަސީރު

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް