އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލުޠްފީއަށް އަލުން ފިލުމުގެ ފުރުޞަތު ބަންދުކުރެވުނީތީ އުމަރު އުފާ ފާޅުކުރުން 18 ޖުލައިގަ އަލިމަސް ކާނިވަލްގަ!

ލުޠްފީއަށް އަލުން ފިލުމުގެ ފުރުޞަތު ބަންދުކުރެވުނީތީ އުމަރު އުފާ ފާޅުކުރުން 18 ޖުލައިގަ އަލިމަސް ކާނިވަލްގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ، މެއި މަހުގެ 1 ވަނަ ދުވަހު ކޮލޮމްބޯގައި ހުރި ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ދިއުމުން އެތަނުގައި ބަހައްޓާފައި ހުރިކަން ފަޅާ އަރުވައިލެވުނު ކަމާއި ދެވަނަ ފަހަރު ފިލުމުގެ ފުރުޞަތު ބަންދުކުރެވުނު ކަމުގެ އުފާ ފައުޅުކުރަން ޢުމަރު ނަޞީރު ބާއްވާ ހަރަކާތް ބޭއްވުމަށް އަލިމަސް ކާނިވަލް ސަރަހައްދު ދޫކޮށްފިއެވެ. 

ޢުމަރު ނަޞީރު ވިދާޅުވީ ރާއްޖެއިން ހޯދަން ބޭނުންވެގެން އިންޓަރޕޯލުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު އަމިއްލައަށް އައިސް ސަރުކާރާއި ހަވާލުވުމުން އެކަން ސިއްރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "އެކަން އަޅުގަނޑަށް އެނގުނީމާ މައްސަލަ ހިފައިގެން އަޅުގަނޑު ތެދުވެ އެތައް ވާހަކަތަކެއް ދެއްކިފަހުން ސަރުކާރުން ބަހެއް ބުނީވެސް." 

ޢުމަރު ނަޞީރު ވިދާޅުވީ އޭނާއަށް އެ މައުލޫމާތު ލިބިވަޑައިގެން އެގޮތަށް އަމަލު ނުކުރެއްވިނަމަ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ކުރިމަތިވި މައްސަލަތައް ހައްލުވެ މާހައުލު ފިނިވެލުމުން އެމްބަސީއަށް ލުޠްފީ ގެއްލުން ނުވަތަ ލުޠްފީ އަލުން ފިލުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެކަން އެގޮތަށް ޤަބޫލުފުޅު ކުރައްވަނީ ރައްޔިތުންނަށް ހާމަކުރަން ޖެހޭ މައުލޫމާތެއް ހާމަނުކޮށް ދޮޅު މަސްދުވަސް ފާއިތުވުމުން ކަމަށެވެ. 

ޢުމަރު ނަޞީރު ވިދާޅުވީ ލުޠްފީ އަނބުރައި މާލެ ގެނެވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ކުރިއެރުމެއް ކަމަށާއި 9 ޖުލައި ރޭގަނޑު 9.30 އެއީ ނަޞްރުގެ ދުވަހުގެ ޗޭނަށް އިތުރުވި ބޮޅެއް ކަމަށެވެ.  ޢުމަރު ނަޞީރު ޤަބޫލު ކުރައްވާ ގޮތުގައި 2010 ވަނަ އަހަރު ލުޠްފީ ލަންކާގައި ފިލީއެއް ނޫނެވެ. ފިލުވީއެވެ. 

ޢުމަރު ނަޞީރު ވިދާޅުވީ އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވާ ބައްދަލުވުން ކުރިއަށް ގެންދާނީ އެރޭގެ 9.00 އިން ފެށިގެން ކަމަށެވެ. "2 ގަޑިއެއްހައި އިރަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ! ބޭނުމަކީ ޤައުމަށް ލިބުނު ނަޞްރު، ލުޠްފީ ޝަހީދުކުރި 19 ދިވެހިންނާ ޒަޚަމް ކުރި މީހުންނާ އެމީހުންގެ ޢާއިލާތަކަށް ލުޠްފީ ރާއްޖެ ގެނައުމުން ލިބޭނެ ހިތް ހަމަޖެހުމުގައި ބައިވެރިވުން."  ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް