އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލްޙަމްދުލިﷲ- ޙަރްމްފުޅު ޢާންމުކޮށް ހުޅުވާލުމުން ފަތިސްނަމާދުން ފެށިގެން ފުރާލައިފި

އަލްޙަމްދުލިﷲ- ޙަރްމްފުޅު ޢާންމުކޮށް ހުޅުވާލުމުން ފަތިސްނަމާދުން ފެށިގެން ފުރާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ކޮވިޑާއި ގުޅިގެން 2 ޙަރަމްފުޅު ޢާންމުންނަށް ބަންދުކުރުމަށްފަހު ޢާންމުކޮށް ހުޅުވާލުމުން ރޭގެ ފަތިސްނަމާދުން ފެށިގެން ޙަރަމްފުޅުފުރާލައި ނަމާދުކޮށް ޠަވާފްކުރަން ފަށައިފިއެވެ. މިއީ މުޅި އިސްލާމީ އުންމަތަށް ލިބިގެންދިއަ ވަރަށް ބޮޑު އުފަލެކެވެ. ހިތްހަމަޖެހުމެކެވެ.  

https://twitter.com/HaramainInfo/status/1449574295257042948

2 ހަރަމްފުޅު ހުޅުވާލުން: 

މާސްކް ނާޅައި ގައިދުރުކަމެއް ނެތި ދެ ޙަރަމްފުޅު ފުރާލައި މީހުން ވަނުމުގެ ހުއްދަދީފި 

މާސްކް ނާޅައި ގައިދުރުކަމެއް ނެތި ދެ ޙަރަމްފުޅު ފުރާލައި މީހުން ވަނުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފިއެވެ. ހަމައެކަނި ޝަރުޠަކީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވުމެވެ. 

ސައުދީ ގެޒެޓްގައިވަނީ މާދަމާ (17 އޮކްޓޯބަރ) އިން ފެށިގެން މަގުމަތީގައިވެސް މާސްކް ނާޅާއި އަދި ގައިދުރުކަމެއްނެތި އުޅެވޭނެ ކަމަށެވެ. 

ސައުދީން މިފަދަ ލުޔެއް މިދިނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން 19 މަސްދުވަސްވަންދެން އަޅާފައި އޮތް ފިތަވަޅުތައް ނމުމަކަށް ގެނައުމަށް ސަލްމާން ރަސްގެފާނު ނިންމެވުމާއި ގުޅިގެންނެވެ. އެހެންކަމުން މާދަމާއިން ފެށިގެން ސައުދީގައި ޢަމަލުކުރާނީ ޢާންމު ޙާލަތަށެވެ. 

އެހެންކަމުން ބަސްދަތުރުތަކުގައިވެސް ފުރެންދެން މީހުން އުފުލޭނެއެވެ. އަދި މިފިޔަވަޅުތަކުގެ ސަބަބުން ޙައްޖާއި ޢުމުރާވުމުގެ އަގުތައް ތިރިވެގެންދާނެއެވެ. 

މިފިޔަވަޅުތައް މިގޮތަށް ބަދަލުކުރީ ކޮރޯނާ އެކުގައި ފިލައިދިއުމަކުން ނޫނެވެ. ނަމަވެސް އެކަށީގެންވާ ޢަދަދަކަށް މަދުވުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް