އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތްތަކުގަ ޙުރުމަތްތެރިކަމާއިއެކު ނަމާދުކޮށްލެވޭނެ ގޮތް ހަދައިދެވެން ހަމަ ނެތީތޯ؟

މިސްކިތްތަކުގަ ޙުރުމަތްތެރިކަމާއިއެކު ނަމާދުކޮށްލެވޭނެ ގޮތް ހަދައިދެވެން ހަމަ ނެތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ޚަބަރުގައި އެވަނީ މާފަންނު ބޮޑުގޭ މިސްކިތުގައި މިއަދުގެ މެންދުރުނަމާދަށް ބަންގިގޮވަމުން ދިއަ ވަގުތުގެ ފޮޓޯއެކެވެ. މީހުން އެދަނީ ނަމާދަށް ޖަމާވަމުންނެވެ. އެމިސްކިތަކީ ޢާންމު ގޮތެއްގައި ކޮންމެ ނަމާދެއްގައިހެން 3، 4، 5 ސަފުގައި ނަމާދުކުރާ މިސްކިތެކެވެ. އޭނާ ނިދާފައި އެއޮތީ 3 ވަނަ ސަފުގެ ރޮނގުމަތީގައެވެ.

މިއީ މިސްކިތްތަކުގައި އަލަށް ކުރިމަތިވާ ކަމެއް ނޫނެވެ. ގިނަ މިސްކިތްތަކުގައި އަންނަނީ މިފަދަ މައްސަލަތައް ކުރިމަތިވަމުންނެވެ. 

ސުވާލަކީ މިފަދަ ކަންކަން ޙައްލުކުރެވޭނެ ގޮތެއް ދައުލަތަށް ހަމަނެތީތޯއެވެ؟ ގިނައިން މިފަދަ ޙާލަތުގައި ތިބެނީ މަޖިލީހުން އެއީ ބަލިމީހުން ކަމަށް ކަނޑައަޅާފައިވާ މީހުންނެވެ.  އަދި އެފަދަ ގިނަ މީހުންނަކީ ފަރުވާދޭން ކޯޓުން ޙުކުމްވެސް ކޮށްފައިތިބޭ މީހުންނެވެ. ވަންނާނެ ގެދޮރުނެތި ދަތިޙާލުގައި އުޅޭ މީހުން މިސްކިތްތަކުގައި އެގޮތަށް ތިބެނީ ވަރަށް މަދުންނެވެ. 

އެނގިފައި އޮންނަގޮތުން ޤާނޫނުގައި ބުނާ ބަލިމީހުންވެސް އަދި ގެދޮރު ނެތި މަގުމަތިވެފައިާ މީހުންގެ ކަންކަން ވެސް ބަލަހައްޓަނީ ޖެންޑަރ މިނިސްޓްރީންނެވެ. މިއަދުނޫހަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ ދެންނެވެން އޮތީ ޖެންޑަރ މިނިސްޓަރު ކަރަންޓީނުގައި ހުންނަވާތާ މިހާރު 5 މަސްވަރުވެދާނެކަމަށެވެ. ވީމާ ކަރަންޓީނުގައި ހުންނެވިނަމަވެސް ފޯނުން މިނިސްޓްރީ ހިންގެވިނަމަވެސް މިސްކިތްތަކުގެ ޙުރުމަތް ކެނޑި ނަމާދުކުރަންވެސް އުނދަގޫވަމުންދާ މިފަދަ މައްސަލަތައް ޙައްލުކޮށްދެއްވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ވާޖިބެއްކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް