އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
ސްކޫލެއްގައި ކިޔަވައިދިން ނަމަވެސް އޮފީހެއްގައި ވަޒީފާއަދާކުރިނަމަވެސް މަގުމަތީގައި އުޅުނު ނަމަވެސް އަންހެނުންނާއި ފިރިހެނުންވެސް މޫނު ނިވާކޮށްގެން ތިބޭތާ 2 އަހަރުވީއެވެ. އެކަން ފާހަގަކުރައްވައި ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"ވޭތިވެ ދިއަ ދެ އަހަރަކީ މާސްކްއަޅައިގެން މޫނު ފޮރުވައިގެން ވަޒީފާ އަދާކުރެވޭނެކަން ސާބިތުކޮށްދިން 2 އަހަރު. އެހެންވީމާ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މޫނު ނިވާކޮށްގެން ވަޒީފާއަދާނުކުރެވެންވީ އެއްވެސް ސަބަބެއް މިހާރަކު ނޯންނާނެ!"
މިފަދަ ޑްރާމާތަކަކީ ރާއްޖެއިން އިސްލާމް ދީން ފުހެލަން ސަރުކާރުން ދުރާލައި ރާވައިގެން ހިންގަމުންގެންދާ ޖަރީމާތަކެއްކަން ކަށަވަރުކުރެވޭ ސަބަބުތައް ދުވަހުން ދުވަހަށް މިދަނީ އިތުރުވަމުންނެވެ. ﷲ ތަޢާލާއަށް ޢަދާވާތްތެރިވެގެން ތިބި ބުރަކަށިފިކުރުގެ ވާހަކަ ކުރިން ދެއްކެވިނަމަވެސް މިހާރުވަނީ ބުރަކަށިފިކުރުގެ ވާހަކަތައް ދެއްކެވުން ހުއްޓަވާލައްވައި ހަމައެކަނި ހަރުކަށިފިކުރަށް އަމާޒުކުރައްވާފައިކަން ތަޤްރީރުތަކުން ދަނީ ފާހަގަކުރެވެމުންނެވެ.
Veyruve dhiya 2 aharakee mask alhaigen moonu foruvaigeb vazeefaa adhaa kureveynekan saabithu koddhin 2 aharu. Ehenveema hiley firihenun kurimatheegai moonu nivaakoggen vazeefaa adhaa nukurevenvee evves sababeh mi udu dhashaku noannaane. https://t.co/0ueJDdSt9N
— ZamzamFarish - ޒަމްޒަމް ފާރިޝް (@ZamzamFarish) November 25, 2021
Advertisement
25 ނޮވެމްބަރ 2021