އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ރޭ ކުޅުނު މެޗްތައް މަހިބަދޫ ސްޕޯޓްސް ކްލަބާ ސްތާރ ސްޕޯޓްސް ކްލަބާ ކްލަބް ކްލަބް ގްރީން ސްޓްރީޓްސް އިން ކާމިޔާބުކޮށްފިއެވެ.
މަހިބަދޫ ސްޕޯޓްސް ކްލަބާ ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް 38/51 ޕޮއިންޓުން ކާމިޔާބުކުރީ މަހިބަދޫ ސްޕޯޓްސްކްލަބެވެ. މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމް ހޯދީ މަހިބަދޫ ސްޕޯޓްސް ކްލަބުގެ މަރްޔަމް މަނާލް އެވެ.
ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކްލަބާ ޝައިނިން ސްޓާރ ސްޕޯރޓްސް ކްލަބް ބައްދަލުކުރި މެޗް 11/100 ޕޮއިންޓުން ކާމިޔާބުކުރީ ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބެވެ. މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމް ހޯދީ ޝައިނިން ސްޓާރސްޕޯޓްސް ކްލަބުގެ އަމިނަތު އައިނީއެވެ.
ކްލަބް ގްރީން ސްޓްރީޓްސް އާ ކްލަބް ،ެޓްރިކްސް ބައްދަލުކުރި މެޗް 16/76 ޕޮއިންޓުން ކާމިޔާބުކުރީ ކްލަބް ގްރީން ސްޓްރީޓްސް އެވެ. މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމް ހޯދީ ކްލަބް ގްރީން ސްޓްރީޓްސްގެ އާމިނަތު ރީމް ޝާމް އެވެ.
Advertisement
28 ނޮވެމްބަރ 2021