އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަނުން ބްރިޖް އަޅައިދީފަ ގޮމަކަސްތޫރިން ފްލެޓް އަޅައިދިނަސް އެންމެ ދަރިވަރެއްގެ ހިތުގަ ދީނާމެދު ޝައްކު އުފެއްދުވުމާ ނުބައްދަލު!

ރަނުން ބްރިޖް އަޅައިދީފަ ގޮމަކަސްތޫރިން ފްލެޓް އަޅައިދިނަސް އެންމެ ދަރިވަރެއްގެ ހިތުގަ ދީނާމެދު ޝައްކު އުފެއްދުވުމާ ނުބައްދަލު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އައްޑޫ ސިޓީ ހުޅުމީދޫއަކީ ޒަމާނުންސުރެ ތަޢުލީމީ ގޮތުން ޚާއްޞަކޮށް ދީނީ ތައުލީމުގައި އެންމެ ކުރިއަރާފައިވާ އެއްރަށެވެ. އެންމެ ޤާބިލު އެންމެ ގިނަ ފަނޑިޔާރުން އެރަށަށް ނިޞްބަތްވާކަން ތާރީޚުން އަންގައިދެއެވެ. އަދި މިހާރުވެސް އެރަށަށް ނިޞްބަތްވާ ފަނޑިޔާރަކު ސްޕްރީމްކޯޓުގެ ބެންޗްގައި ހިމެނެއެވެ. 

މިއަދު މިފެންނަނީ އެރަށު ސްކޫލް ނުވަތަ އަތޮޅު މަދުރަސާގެ ދަރިވަރުންގެ ހިތްތަކުގައި އިސްލާމް ދިނާއިމެދު ޝައްކުއުފައްދުވަން މަސައްކަތްކުރެވޭތަނެވެ. ކުރިމަތިވެފައިވަނީ ފިޒިކަލް އެޑިޔުކޭޝަން ކިޔަވައިދޭ ޓީޗަރެއްގެ ނަމުގައި އިންޑިއާއިން އައިސްހުރި ނުވަތަ ފޮނުވާފައިހުރި ދައްޖާލަކު ކީރިތި ޤުރްއާނާއިމެދު ދަރިވަރުންގެ ހިތްތަކުގައި ޝައްކު އުފައްދުވައި ދީނުން ބޭރުންކުރަން މަސައްކަތްކުރި މައްސަލައެކެވެ. 

އެއްކޮޅުން ދައްކަނީ ހުޅުމީދޫ އާއި ހިތަދޫ ގުޅުވާލަދޭ ބްރިޖެއްގެ ހުވަފެނެވެ. ދެން ދެއްކެނީ ފްލެޓް އަޅާވާހަކައެވެ. އެނގި ޔަޤީންވާ ކަމަކީ ރަނުން ބްރިޖް އަޅައިދީފައި ގޮމަކަސްތޫރިން ފްލެޓް އަޅައިދިނަސް އެންމެ ދަރިވަރެއްގެ ހިތުގައި އިސްލާމްދީނާއިމެދު ކިތަންމެ ކުޑަނަމަވެސް ޝައްކެއް  އުފެއްދުވުމާއި މިފަދަ ހުރިހާ ކަމަކާއި ނުބައްދަލުކަމެވެ. 

އެރަށުން މައުލޫމާތުދިން އެންމެންވެސް ތިބީ އެމައްސަލައިގެ ކަންކަން ކުރިއަށްދާގޮތާއިމެދު ކަންބޮޑުވުމެއްގައެވެ. ބައެއް މީހުން ތިބީ އެކަމާއި ދެކޮޅަށް ރައްޔިތުން ނުކުމެއްޖެނަމަ ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ނުގެންގޮސްފާނެތީ ބޮޑު ކަންބޮޑުވުމެއްގައެވެ. މިއީ ވަރަށް ހިތާމަހުރި ޙާލަތެކެވެ. 

ކާފިރުންނަށް އިޙްތިރާމްކުރުމާއި އެމީހުންނާއި ގުޅުން ބާއްވަން އިސްލާމް ދީނުގައި ހުއްދައީ އެމީހުން މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބުމަށް ހުރަސްނާޅާނަމައެވެ. ހުރަސްއަޅާނަމަ އެކަމަށް ފިޔަވަޅު އެޅުމަކީ ވެރިކަމުގެ ޒިންމާއެކެވެ. އެޒިންމާ އަދާނުކުރާނަމަ އެވެރިކަމަކީ މާތް ﷲ އަންގަވާފައިވާ ގޮތަށް ކުރިއަށް ގެންދާ ވެރިކަމަކަށްނުވާނެއެވެ. 

ރާއްޖޭގެ ވެރިކަމަށް އެންމެ ފުރަތަމަ އަދާކުރަންޖެހޭނެ ވާޖިބަކީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމެވެ. އިސްލާމް ދީނާއި ދެކޮޅަށް ކުރެވޭ ކޮންމެ ކަމަކަށް ފިޔަވަޅު އެޅުމަކީ ވެރިކަމުން އެންމެ ބޮޑު ސަމާލުކަމެއްދީގެން ކުރަންޖެހޭނެ ކަންތަކެވެ. އެކަން އެގޮތަށް ކުރައްވާނެ ކަމަށް ރައީސް ޞާލިޙް ގެންދަވަނީ ވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް