އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދަރިން ކުރިމަތީގަ ނުބައިބަސްތައް ބުނުމުން 2 ފިރިހެން ދަރިންގެ ޢާއިލީ ދިރިއުޅުން ހަލާކުވި ގޮތުގެ ވާހަކަ އަސަރާއެކު މަންމަގެ ދުލުން-

ޙަޤީޤީ ޙާދިސާ: ދަރިން ކުރިމަތީގަ ނުބައިބަސްތައް ބުނުމުން 2 ފިރިހެން ދަރިންގެ ޢާއިލީ ދިރިއުޅުން ހަލާކުވި ގޮތުގެ ވާހަކަ އަސަރާއެކު މަންމަގެ ދުލުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ކޮންމެ މީހަކަށް ކަންކަން ދިމާވާނީ އެއްގޮތަކަށް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާއެއްގެ ވާހަކައެވެ. 

އަޅުގަނޑުމެންގެ ކައިވެންޏަށް ލިބުނީ 2 ފިރިހެންދަރިންނެވެ. އެކުދިން ބޮޑުވަމުން އައިދުވަސްވަރު އެންމެ ގިނައިން އިވޭނެ އެއް އަޑަކީ އަޅުގަނޑާއި ދިމާއަށް ފިރިމީހާ އެއްޗެތިގޮވާއަޑެވެ. ކޮންމެވެސް ކަމެއް ނުކުރެވިހުރެގެން، ކައްކާފައި ހުންނަ ތަކެތީގެ ރަހަ ނުބައިވެގެން ނޫނީ ކޮންމެވެސް ކަމެއްގެ ތުހުމަތު އަޅުވައިފައެވެ. 

ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދިއައިރު ދެ ދަރިންގެ އުމުރަކީ 12 އަހަރާއި 10 އަހަރެވެ. އަޅުގަނޑު އުންމީދުކުރީ އެހިސާބުން ސިކުނޑިއަށް ލުޔެއް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. ބައްޕަ ދިއުމުން ބައްޕަ ކުރިން އަދާކުރި ދައުރު ދޮށީދަރިފުޅު އަދާކުރަން ފަށައިފިއެވެ. އޭނާގެ ފަހަތުން ދެވަނަ ދަރިފުޅުވެސް ހަމަ އެކަންކަން ކުރަން ފަށައިފިއެވެ. ދަރިންގެ ބައްޕަ އަޅުގަނޑާއި މުޚާޠަބްކޮށް ބުނަމުން އައި ބަސްތައް ދަރިން އަޅުގަނޑާއި ދިމާއަށް ބުނަން ފަށައިފިއެވެ. 

އެޙާލަތުގައި މައަކަށް ކުރާނެ އަސަރު ހިތަށް ގެންނާށެވެ. ނަމަވެސް ކުރާނެ، ކުރެވޭނެ ކަމެއް ނެތެވެ. ދަރިންނެވެ. ނެރެ މަގުމައްޗަށް އެކައިލުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންވެ ހަމަ އަނގައިން ވެސް ނުބުނެ މަޑުން އިނީއެވެ. 

މިއަދު އަޅުގަނޑު މިއިނީ 60 އަހަރުންމަތިވެ މުސްކުޅިވެފައެވެ. ގައިބާރުދެރަވެފައެވެ. ދަރިން އެއިރު ބުނިފަދަ ބަސްތަކެއް މިހާރަކު އަޅުގަނޑަކަށް ނުބުނެއެވެ. އަޅުގަނޑަށް ގޯހެއްވެސް ނޫނެވެ. ނަމަވެސް ހިތާމައަކީ ދޮށީ ދަރިފުޅު މިހާރު އެއުޅެނީ 3 ވަނަ އަނބިމީހާ އާއިއެކުގައެވެ. ކޮންމެ އަންތބަކުވެސް ވަރިވަނީ ދަރިފުޅުގެ ދުލުގެ ނުބައިކަމުންނެވެ. 2 ވަނަ ދަރިފުޅު އެއުޅެނީ 2 ވަނަ އަނބިމީހާ އާއިއެކުގައެވެ. އޭނާގެވެސް އޮތީ ހަމަ އެއް މައްސަލައެކެވެ. ދުލުގެ ނުބައިކަމެވެ. ދެދަރިންގެވެސް މައްސަލައަކީ އަނބިން ކުށްވެރިކުރުމަށް ދެވިހިފާފައި ތިބުމެވެ. 

މިއަދުނޫހުގައި ލިޔާ "ޙަޤީޤީ ވާހަކަ" ސީރީޒް ކިޔަމެވެ. މިކިޔައިދިނީ ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. ދަރިން ބޮޑެތިވަމުން އަންނައިރު އެމީހުންނަށް ދައްކަންޖެހޭ ރަނގަޅު ނަމޫނާ ނުދެއްކިއްޖެނަމަ މިފަދަ ހިތާމަވެރި ގޮތްތައް ދަރިންނަށް މެދުވެރިވެއެވެ. 

މިފަދަ ނުބައި ތަރުބިއްޔަތު ލިބުމުން އެކަންކަން ރަނގަޅުކުރުމަކީ އެކަނިވެރި މައަކަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެކަމަށް އަޅުގނޑު ނުކުރާ މަސައްކަތެއް ނުއޮންނާނެއެވެ ބުނާވަރަށް މަސައްކަތްކުރީމެވެ. ކެތްތެރިވުން ނޫން ގޮތެއް ނެތުމާއިއެކުވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރީމެވެ. ދެވަނަ ކައިވެންޏެއް ނުކުރެވި އުމުރުގައި އިންނަން މިޖެހުނީވެސް ހަަމ އެމަސައްކަތުގައި އުޅެންޖެހުނުވަރުންނެވެ. 

އަޅުގަނޑު ބުނާނީ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނު ނަމަވެސް އެކަން ދަރިންނަށް އަންގަން ހެޔޮނުވާނެއެވެ. ދަރިން ކުރިމަތީގައި އެކަކު އަނެކަކަށް ނުބައި ބަސްތައް ބުނަން އަމުދުން ހެޔޮނުވާނެއެވެ. 

- ޒުނޭރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް