އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރު ފެންނާނެ ކަމަށް އުންމީދު ކުރަން: ސީޕީ ޙަމީދު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރު ފެންނާނެ ކަމަށް އުންމީދު ކުރަން: ސީޕީ ޙަމީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ރައީސް މައުމޫނުގެ ވެރިކަމުގެ މެދުތެރެއިން ރާއްޖެއަށް ކުރިމަތިކުރުވި އެންމެ ބޮޑު އެއް ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ޙައްލުތަކެއް ވަރަށް އަވަހަށް އަވަހަށް ފެނިގެންދާނެ ކަމުގެ އުންމީދު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވައިފިއެވެ. 

ފުލުހުން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ކުރިއަށް ގެންދިއަ ހަރަކާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ސީޕީ ޙަމީދު ވިދާޅުވީ ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކަށް ބެލުމުން ރާއްޖޭގައި މި މައްސަލަ މިހާރު ފުޅާވެފައިއޮތް މިންވަރރު އަދި މިކަމުގެ ސީރިއަސްކަން ހާމަވެގެންދާ ކަމަށެވެ.

ސީޕީ ޙަމީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެކުލަވައިފައިވާ ޓާސްފޯހުން ކުރާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރު (2022) ވަނަ އަހަރުތެރޭގައި ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މި ޓާސްކް ފޯހަކީ މީގެ މަހެއްހައި ދުވަސް އެކުލަވާލެވުނު ޓާސްކްފޯހެއްކަމަށާއި ޗެއާ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް