އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަހިބަދޫގަ ލޯންޗްތަކުގަ ރޯކޮށްލި ނަމަވެސް ޓެރަރިޒަމާ ގުޅުވޭނީ ނިޔަތް އެނގިގެން!: ސީޕީ ޙަމީދު

މަހިބަދޫގަ ލޯންޗްތަކުގަ ރޯކޮށްލި ނަމަވެސް ޓެރަރިޒަމާ ގުޅުވޭނީ ނިޔަތް އެނގިގެން!: ސީޕީ ޙަމީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

މަހިބަދޫ ބަނދަރުގަ އަޅާފަ އޮތް 7 ލޯންޗްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބައަކު ޤަޞްދުގައި ހިންގާފައިވާ އަމަލެއްކަން މިހައިތަނަށް ކުރި ތަޙްޤީޤުން އެނގޭ ކަމަށާއި ނަމަވެސް އެޢަމަލާއި ޓެރަރިޒަމާއި ގުޅުވޭނީ އެކަން ކުރި ނިޔަތް އެނގިގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. 

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޙަމީދު ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނު އޮންނަގޮތުން އެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލަކަށް ފެތޭނެ ކަމަށާއި ނަމަވެސް ސީދާ ޓެރަރިޒަމާއި ގުޅުވައިލަން ތަޙްޤީޤް އިތުރަށް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މިފަދަ ވަގުތެއްގައި މާލޭގައި ބޮޑެތި ވައްކަންތައް ކުރަމުން ގެންދާކަންވެސް ސީޕީ ޙަމީދު ވަނީ ފާހަގަކުރައްވައިފައެވެ. 

ސީޕީ ހަމީދު ވެސް ޝީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ވިދާޅުވީ ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން ސަލާމަތީ ބާރުތަކުގެ ބޭކަލުން ތިއްބެވީ ތައްޔާރީ ޙާލަތުގައި ކަމަށާއި އެކަމަށް ރާވަން ޖެހޭ އިންތިޒާމްތައް ރާވައި ނިމިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް