އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން މަރަން ފަސްނުޖެހޭ ވަރަށް ހައްދުފަހަނައަޅާފައިވާ އެއްހާހަށްވުރެ ގިނަ ދިވެހިން އެބައުޅޭ: ސީޕީ ހަމީދު!

މީހުން މަރަން ފަސްނުޖެހޭ ވަރަށް ހައްދުފަހަނައަޅާފައިވާ އެއްހާހަށްވުރެ ގިނަ ދިވެހިން އެބައުޅޭ: ސީޕީ ހަމީދު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

އިސްލާމްދީނުގެ ނަމުގައި އަނިޔަވެރި ހަރުކަށި އަމަލު ހިންގާ ލާއިންސާނީ ގްރޫޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރަށް ތަބާވެ، އެހަރުކަށި ފިކުރުގެ ދިފާއުގައި ޖެހިގެން ހުންނަ މީހާ މަރާލަންވެސް ފަސްނުޖެހޭ މިންވަރަށް ހައްދުފަހަނަ އަޅާފައިވާ 1400 އެއްހާ ދިވެހިން އެބަތިބި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެގެ ހުރިހާ ކައުންސިލްތަކަށް ދައުވަތު ދީގެން ކްރޮސް ރޯޑްސްގައި ސަރުކާރުން ކުރިއަށް ގެންދާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވަނީ، ހައްދުފަހަނަ އަޅައިދިޔުމުގެ އަމަލުތަކާއި ދެކޮޅަށް ހަރަކާތްތެރިވާން ކައުންސިލްތަކުގެ އެއްބާރުލުމަށް އެދިވަޑައިގެން، ތަފާސް ހިސާބުތައް އަންދާޒާ ކޮށްދެއްވާފައެވެ.

ކައުންސިލަރުންނާއި އާއްމު ރައްޔިތުންނަށް ސީޕީ ހަމީދު ދޫކޮށްލެއްވި އެއަދަދުތައް މީގެ ކުރިން އޮތީ ޤައުމީ ސަލާމަތާއި ގުޅޭ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް އެއަދަދުތައް ހާމަކުރެއްވީ ހައްދުފަހަނައަޅައި ދިޔުމުގެ އަމަލުތައް ސިއްރުކޮށް، އަޅާނުލާ ތިބުމާއި ދެކޮޅަށް މިސަރުކާރުން ތެދުވެ އެކަން ހުއްޓުވުމަށް އެންމެންގެ އެހޭތެރިކަމަށް އެދެމުން އަންނާތީއެވެ.

ސީޕީ ހަމީދު އާއްމު ކުރެއްވި ތަފާސްހިސާބު: 

- ސީރިއާގެ ހަނގުރާމަ ކުރަން ޝައުގުވެރިވެ އެ މަގަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 423 މީހުން މަސައްކަތް ކުރި.

- އޭގެތެރެއިން ސީރިއާ އަށް އެތެރެވެވުނު ކަމަށް އެނގެން އޮތީ 173 ދިވެހިން.

- ސީރިއާގައި މިހާރު ތިބީ 59 ދިވެހިން. އޭގެތެރޭގައި ގިނައީ ކުޑަކުދިން. ރާއްޖެ ގެނެވޭ ހާލަތުގައި ތިބީ ހަތަރު ފިރިހެނުން.

- ހަރުކަށި ފިކުރުގެ ތެރެއަށް ގެނބި، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރުގެ ގާތްގަނޑކަށް 1400 މީހުން އެބަތިބި.

- ހަރުކަށި ފިކުރުގެ އެންމެ އިސް ފަރާތްތަައް ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމުގެ މަސައްކަތް އެބަދޭ.

މީގެއިތުރުން ސީޕީ ވިދާޅުވީ ހަނގުރާމައަށް ސީރިއާއާއި އަފްގާނިސްތާނަށް ދިޔަ ދިވެހިންގެ ތެރެއިން ބަޔަކު ރާއްޖެ އައިސް، މިހާރުވެސް އެފިކުރު (ހަރުކަށި ފިކުރު) ފެތުރުމުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އެކަމާއި ދެކޮޅަށް ފިޔަވަޅުތަކެއް މިހާރުވެސް އަޅަމުން އަންނަ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

"ބައެއް ރަށްރަށުގައި މިފިކުރު ފެތުރި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅި، ނުރައްކާތެރި ޢަމަލުތައް ފެނިގެންދާ ދިޔުން އެއީ ކަންބޮޑުވާން ޖެހޭ ކަމެއް" ސީޕީ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ