އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ ޓީޗަރުންނަށް އޮތް ކަންބޮޑުވުމަށްވުރެ ދަރިވަރުންނަށް އޮތް ކަންބޮޑުވުން މާބޮޑުއިރު ނައިބް ރައީސް އެކަން ފާހަގަ ނުކުރެއްވީ ކީއްވެ؟

އިންޑިއާ ޓީޗަރުންނަށް އޮތް ކަންބޮޑުވުމަށްވުރެ ދަރިވަރުންނަށް އޮތް ކަންބޮޑުވުން މާބޮޑުއިރު ނައިބް ރައީސް އެކަން ފާހަގަ ނުކުރެއްވީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ރާއްޖޭގެ ސްކޫލްތަކުގައި ޚާއްޞަކޮށް ސަރުކާރުން ހިންގާ ސްކޫލްތަކުގައި ކިޔަވަމުންދަނީ ދިވެހިލޭ ހިނގާ ދިވެހިދަރިންނެވެ. މާދަމާގެ ޖީލްތަކަށް ރާއްޖެ ފޯރުކޮށްދޭންތިބި އަޅުގަނޑުމެންގެ ދަރިންނެވެ. ރާއްޖޭގައި އިސްލާމީ ވަހުދަތު ހިފަހައްޓައި ޙިމާޔަތްކުރަން ތިބި ދަރިންނެވެ. 

އިންޑިއާއިން ގެނެސްފައި ތިބި ބައެއް ޓީޗަރުންވަނީ މިބަޔާންކުރި ކަންކަމުގައި ދަރިވަރުންނަށް ނޭދެވޭ އަސަރުކުރާނެ ގޮތަށް ކަންކަންކޮށްފައެވެ. އިސްލާމް ދީނާ ދަރިވަރުން ދުރުހެލިކުރުވަން މަސައްކަތްކޮށްފައެވެ. އެއިންކަމެއް ތަޙްޤީޤްކޮށްލައި ޤާނޫނުގައިވާ ގޮތުގެ މަތިން އަދަބުދިނުމަށް ނުކުޅެދިފައިވާއިރު ބާއްވާ ޖަލްސާތަކުގައި މިފަދަ ކަންކަން ނުކުރަން އިލްތިމާސްކުރަންވެސް މިވަނީ ނުކުޅެދިފައެވެ. މިއީ ހިތާމަހުރި ކަމެވެ. 

މިއަދު އެޑިޔުކޭޝަނުން އެބުނަނީ ދަރިވަރުންގެ ހިތްތަކުން އިސްލާމް ދީން ފުހެލަން މަސައްކަތްކުރި އިންޑިއާ ޓީޗަރެއްގެ ބަޔާން ނުނެގި އެތައްދުވަސްވާކަމަށެވެ. އެއީ އެބަޔާންނަގަން އިންޑިއާއިން ކަނޑުމަގުން ބޯޓެއްގައި ގެންނަން ޖެހޭ ހުއްދައެއް ނުލިބިގެންކަމަށްވެދާނެއެވެ. ނޫނީ ވަޒީރަށް ލިބޭ ޕާރުސަލުގައި އޮންނަ އަގުބޮޑު ހަދިޔާގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. 

އަބަދުވެސް ދައްކަނީ އެހެން ބައެއްގެ ޙައްޤުތައް ނުލިބިގެން އުޅޭ ވާހަކައެވެ. ރާއްޖޭގައި ތިބި މުސްލިމް ދިވެހި ރައްޔިތުންންގެ ޙައްޤުތަކަށް އަރައިގަންނަ ވާހަކަ ޢާއި އެޙައްޤުތައް ހިމާޔަތްކުރުމުގެ ވާހަކަ ވެސް ނުދެއްކޭވަރަށް މިއަދު ރާއްޖޭގެ ޙާލަތު މިވަނީ އިންޑިއާއަށް އަޅުވެތިވެ ނިމިފައެވެ. 

މިއީ ވަރަށް ބޮޑަށް ހިތާމަހުރިކަމެކެވެ. ރާއްޖޭގެ ސްކޫލްތަކުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން 1960 ވަނައަހަރު ފެށީންސުރެ ރާއްޖޭގައި ބިދޭސީ ޓީޗަރުން އަންނަނީ ކިޔަވައިދެމުންނެވެ. ނަމަވެސް ގެނެވޭ ބިދޭސީ ޓީޗަރުން ޤުރްއާނަކީ ޚިޔާލީ ވާހަކައެއް ކަމަށްބުނެ އަދި ﷲ ތަޢާލާ ވޮޑިގެންނުވާކަން ދަރިވަރުންނަށް ދަސްކޮށްދޭން މިހާ ފައުޅުކަން ބޮޑު ގޮތެއްގައި ގަޓްހުރެގެން މަސައްކަތްކުރި ދުޓެމްޕަލް ވަސްވަރެއް ދިވެހި ތާރީޚުން ފެންނާކަށް ނެތެވެ. 

އިންޑިއާއަކީ ފަލަސްޠީނާ ދެކޮޅު އަދި ހައްދުފަހަނައަޅާފައިވާ ޖައްބާރު އިޒްރޭލުގެ މިތުރަކަށްވުމުން ދިވެހިންވެސް އިންޑިއާގެ ވިސްނުމަށް ބަދަލުކުރުވަން ވެސް ހަމަ އިންޑިއާ ޓީޗަރުން މަސައްކަތްކޮށްފައިވާކަން ފާހަގަކުރަން ޖެއެވެ. މިފަދަ ކަންކަމަށް ވިސްނައިލުމުން އެނގެނީ މިހާރު ކުރަމުން އެނގެންދަނީ ޝްރީ ރާމް ޓެމްޕަލް ހުޅުމީދޫގައި އަޅަން ފަށާފައިވާ މަޝްރޫޢު ކާމިޔާބުކުރަން މަގުފަހިކުރަން ކުރަންޖެހޭ މަސައްކަތް ކަމެވެ. އެއީ ދިވެހިންގެ ހިތްތަކުން ދީނާއި ޤައުމީ ލޯބި ފުހެލުމުގެ މަސައްކަތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް