އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އާއި އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އާ ގުޅިގެން ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްސަކޮށްގެން ފޮތް ސެޓެއް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިލްމު އިންސްޓިޓިއުޓުން ބުނެފައިވާގޮތުގައި މިފޮތްތައް ތައްޔާރުކުރެވޭ ދާއިރާތަކަކީ، (އިސްލާމް، ދިވެހި، ޤުުރުއާން، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީސް، ސައެންސް އެންޑް ޓެކްނޮލެޖީ، ކްރިއޭޓިވް އާރޓްސް، ހެލްތު އެންޑް ވެލްބީން، ވެލިއުސް އެންޑް އެތިކްސް) ކަމަށެވެ.
ޖުމުލަ 40 ފޮތް ހިމެނޭ މި ފޮތް ސެޓަކީ ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ، އެސްކޭޖީ މި ހަތަރު މަރުޙަލާގެ ފޮތްތައްކަމަށް އިލްމު އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.
މި ފޮތްތައް އެކުލަވާލެވެނީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ މަންހަޖަށް ރިޢާޔަތްކޮށް، އެ އިންސްޓިއުޓްގެ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު، އަދި ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ.
Advertisement
9 ފެބްރުއަރީ 2022