އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ކުދިން ދެރަކޮށް ހިތުގަ ޖައްސާ ރޮއްވީމާ ބަދަލު ނުހިފާ ތިބޭކަށް ނުޖެހޭ! ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

އަންހެން ކުދިން ދެރަކޮށް ހިތުގަ ޖައްސާ ރޮއްވީމާ ބަދަލު ނުހިފާ ތިބޭކަށް ނުޖެހޭ! ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 21 ސިކުންތު

ސްކޫލް ނިމި ކޮލެޖުގައި އުޅުނު ދުވަސްވަރު އެކުގައި އުޅުނު އެއްޒުވާނަކީ ތަނަވަސް ޢާއިލާއެއްގެ ދަރިއެކެވެ. އަދި ބަލައިލަންވެސް ރީތި ޒުވާނެކެވެ. އެހެންވެ ވަރަށް ގިނަ ދަރިވަރުން އޭނާގެ ފަހަތުން އުޅެއެވެ. ފިރިހެންކުދިން އޭނާގެ ފަހަތުން އުޅެނީ ކޮފީބުއިމުގެ ބޭނުމުގައެވެ. އަނހެންކުދިންގެ އިތުރު ބޭނުމެއްވެސް އޮވެއެވެ. އެއީ އޭނާއަކީ ތަނަވަސްކުއްޖަކަށްވާތީ ކައިވެނިކުރަންވެސް ބޭނުންވުމެވެ. ނަމަވެސް އަޅުގަނޑު އޭނާއާއި ވާހަކަދައްކައެއް ނުއުޅެމެވެ. 

އެއީ ކޮލެޖުގެ އެންމެ ފަހު އަހަރެވެ. އެންމެ ފަހު ޓެސްޓް ނިމެމުންދަނީއެވެ. ހުރިހާ ކުދިން އެކުވެގެން ކޮލެޖުގައި ބޭއްވި ހަފްލާއެކެވެ. އަޅުގަނޑު ޢާންމުކޮށް ވާހަކަ ނުދައްކާ އެޒުވާނާއަށް ގޮވައިލީމެވެ. އެއީ ހަމައެކަނި އޭނާއަށްވެސް ހިތްހެޔޮކަން ބޭއްވުމުގެ ބޭނުމުގައެވެ. ވާހަކަ ނުދައްކަނީ ހަސަދަވެރިކަމެއް އޮވެގެން ނޫންކަން ހާމަކުރުމަށެވެ.

އަޅުގަނޑު އޭނާއަށް ގޮވައިލީ ފިރިހެންކުދިންތަކެއްގެ މެދުގައި ހުއްޓައެވެ. އޭނާއަށް ހީވީ އަޅުގަނޑުވެސް އޭނާއާއި އަޅައިގަތީ ކަމަށެވެ. އެހެންކަމަށް ބަލައި ވަރަށް ހަޑިހުތުރު ބަހުރުވައި މަލާމާތްކުރިއެވެ. ފަލަވެފައި ބަނޑު ސިނގު ވާހަކަވެސް ބުންޏެވެ. ނަމަވެސް އަޅައެއް ނުލަމެވެ. ނުވާކަމަކަށް ހަދާފައި ދުރަށް ދިއައީމެވެ. 

ކޮލެޖު ނިމިގެން ވަޒީފާއެއް ހޯދަންކުރި މަސައްކަތުން ވަޒީފާއެއް ލިބުމުން ވަޒީފާގައި ކުރިއަށް ދިއައިމެވެ. ވަޒީފާގައި އުޅެމުން އަމިއްލައަށްވެސް މަސައްކަތްކުރަން ފެށީމެވެ. ބޭނުންވީ ކައިވެނިކުރުމުގެ ކުރިން ވީހައި ގިނަ ފައިސާ ހޯދައި ތަނަވަސް އަންހެނަކަށްވާށެވެ. އެކަން ރަނގަޅުފެންވަރަކަށް ކާމިޔާބުކުރެވުނެވެ. 

އެހިސާބުންފެށިގެން ބެލީ އަޅުގަނޑަށް އެރޭ ފުރައްސާރަކުރި ޒުވާނާގެ ބަލިފައި ހޯދުމަށެވެ. އެކި ގޮތްގޮތުން އެއްކުރެވުނު މައުލޫމާތުން އެނގުނީ އޭނާއަކީ ވަރަށް ގިނަ އަންހެންކުދިންނާ ގުޅުން ހިނގަން ބޭނުންވާ މީހެއްކަމެވެ. އަދި އެކަންއެނގޭތީ އޭނާގެ މައިންބަފައިން އޭނާއަށް ފައިސާދެނީ ވަރަށް މަދުންކަމަށާއި އޭނާހުރީ ވަރަށް ބޮޑަށް ފައިސާއަށް ބޭނުންވެފައިކަމެވެ. 

ކޮލެޖުން ނިމުނުތާ 3 ވަނަ އަހަރެވެ. އެކުގައި އުޅުނުކުދިން ބަދަހިކޮށްލަން ބޭއްވި ޕާޓީއެކެވެ. އަޅުގަނޑުވެސް ދިއައީމެވެ. އޭނާވެސް ދިއައެވެ. ކައިނިމުނުތަނުން އެކުވެރިން ފޮޓޯތަކެއް ހިފައިގެން އައިސް އެޒުވާނާއަށް ދެއްކިއެވެ. ވީޑިއޯ ކްލިޕްތަކެއްވެސް ދެއްކިއެވެ. އެއެއްޗެތިން ފެންނަނީ އޭނާ މުސްކުޅި އަންހެނަކާދެކެ ލޯބިވެގެން ގަދައަށް ލޯބިވެގެން އުޅޭ ދެމީހުން ފަދައިން އުޅޭތަނެވެ. އެއަންހެންމީހާ ހަނދާއި އެއްފަދަކޮށް ދެއްކި ވާހަކަތަކެވެ. އެއްޗެތި ދައްކާފައި އެފެންނަނީ އޭނާތޯ ސުވާލުވެސް ކުރިއެވެ. 

އެވަގުތު އެތަނަށް އެމުސްކުޅި އަންހެން މީހާ ވަދެއްޖެއެވެ. ހުރީ ރުޅިއައިސް ރަތްވެފައެވެ. "ބަލަ އޭނާ އަހަރެންދެކެ ލޯބިވިއްޔާ އެއީ މައްސަލައެއްތަ؟ އޭނާ އަހަރެންދެކެ ލޯބިވީ ހިލެއަކުވެސް ނޫނޭ! އަހަރެން އޭނާ ޚަރަދުކުރަން ނުލާހިކުގިނަ ފައިސާވެސް ދެމޭ! އަހަރެމެން ވައުދުވެފައި އޮންނާނީ އަހަރެންނާއި ކައިވެނިކުރުމަށްފަހު ދެއަންތބަށް ޒުވާން ކުއްޖަކާ ކައިވެނިކުރަން އަހަރެން ރުހޭށޭ! އެއިރުން އޭނާގެ މުސްކުޅި އަންތބެއްގެ އިތުރުން ޒުވާން އަންތބަކުވެސް ހުންނާނެއޭ! އެކަމާ ކަލޭމެން ބެހެންވީ ކީއްވެ ދޯ ލޯބީ!" ކިޔާފައި ގޮސް އޭނާއާއި ގާތްވެލާފައި އެއަންހެންމީހާ ނުކުމެގެން ހިނގައްޖެއެވެ. 

އެއިރު އެކުވެރިންގެ އެއްބައަކު ފޮޓޯނަގަނީއެވެ. އަނެއްބައަކު ވީޑިއޯކުރަނީއެވެ. އަޑުންއަޑުނަގާފައި ހަމަހެނީއެވެ. އެޒުވާނާ ގަތްލަދުން ބަސްހުއްޓި، ޙަރަކާތްވެސް ހުއްޓިފައި އެތައް އިރަކު އިނެވެ. އަޅުގަނޑު ނުކުންނަން ހިނގައިގަންނަމުން ބުނީމެވެ. "ބަދަލުހިފާކަށް ނޫނެވެ! ނަމަވެސް ފެންވަރު އޮޅި އަންހެނަކު އަނގައިން ބުނެލާއިރަށް ނުބައި ޝައްކުކޮށް މަލާމާތްކުރާ މީހުންނަށް ތިއަވަރުވެސް ކުޑައެވެ." 

އެކަން ކުރުވީ އަޅުގަނޑެވެ. މުސްކުޅި އަންހެން މީހާއަތަށް ފައިސާދީގެން އޭނާ މަޅީގައި ޖެއްސުވީއެވެ. ނަމަވެސް ޖެއްސުވީކަމަށް ބުނުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. އެންއުކީމާ މަސްއަރާތީ އެންއުކުމަކީ މަސްވެރިން ކުރާކުށެއް ނޫނެވެ. ފައިސާގެ ދަހިވެތިކަމުގަ ހުރިހާކަމެއް ޤުރްބާންކުރާ މީހުން މަޅީގައި ޖެހެނީ ފައިސާގެ ދަހިވެތިކަމުގައެވެ. ލިބެން އޮތް ކޮންމެ ގޮތަކަށްވެސް ފައިސާ ހޯދަން ބޭނުންވެގެންނެވެ.

އަޅުގަނޑު ބޭނުންވީ އަންހެނުންގެ ޤަދަރު ވައްޓާލައި ކޮންމެ ގޮތަކުން ނަމަވެސް ތިމާއަށް ތިމާފެނި މަތިފަޑީގައި "ތެޅޭ" ފިރިހެނުންނަށް ފިލާވަޅެއްދޭށެވެ. އެކަން އެއޮތީ ކާމިޔާބުކޮށްފައެވެ. އެނގިފައިވާގޮތުން އެޒުވާނާ އެ މުސްކުޅި އަންހެން މީހާދެކެ ލޯބިވާކަމަށް ހެދިގެން ފައިސާ ހޯދައިގެން އެފައިސާ ޚަރަދުކުރީ ޒުވާން އަންހެން ކުދިން މަޅީގައި ޖެއްސުމަށެވެ. އެކަންވެސް ކާމިޔާބެއް ނުވިއެވެ. އިންނާނެ ރަނގަޅު އަންހެނަކުވެސް ނުލިބުނެވެ. 

އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އެ ބޮޑު ފަޟީޙަތަށްފަހު މިހާރު އޭނާވަނީ އިޞްލާޙްވެފައެވެ. ދުރުތާ ތިމާގެ ކުއްޖަކާ ކައިވެނިކޮށްގެން އަދި އެބަ ދިރިއުޅެއެވެ. ވީމާ އެއީ އޭނާއަށް ކޮށްދެވުނު ހެޔޮ ކަމެއްކަމުގައިވެސް ދެކެމެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ އަޅުގަނޑަށް ވަރަށް ކަމުދިއައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ކަނބަލުންނަށް ބުނެލަން އޮތީ ކުރިން ޖިންސްލީ ފިރިހެނުން އެކަނި ނަމަވެސް މިހާރު ޖިންސުލުމުގައި ފިރިހެނުންނާއި ޖިންސުއްލަޠީފުން ހަމަހަމައެވެ. ވީމާ "ޓިޓް ޓު ޓިޓް" ނުދީ އަމިއްލައަށް ނިކަމެތިވެގެން ތިބުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދިވެހިން ކިޔާގޮތުންނަމަ މިނެދޭ ނާޅިން ނުދީ ތިބޭހައި ދުވަހަކު ދާނީ ބަލިކަށިވަމުންނެވެ.

 

- ނަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް