އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" ފޮތް ނެރެދެއްވައިފި

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" ފޮތް ނެރެދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" މިނަމުގައި ފެލިދޫ ޢަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) ލިޔުއްވާފައިވާ ފޮތް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ނެރެދެއްވައިފިއެވެ.

ހޯމަ ދުވަހު ފެލިދެ އަތޮޅު، އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، ފުރަތަމަ ވެސް މިފޮތް ހުޅުވާލުމާއިއެކު ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެދުނު ކަމަށާއި، މިފޮތް ލިޔުއްވި ފެލިދޫ ޢަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) އަކީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށެވެ. އަދި މި ފޮތަކީ ވަރަށް މުހިއްމު ފޮތަކަށްވާއިރު، ސްކޫލު ނިމޭ ކޮންމެ ކުއްޖަކަށްވެސް ތާރީޚާއި ބެހޭ މަޢުލޫމާތު މިފޮތުގެ ޒަރީއާއިން ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ މުހިއްމު ކަމެއް ކަމަށާއި ފޮތެއް ދިރޭނީ އެފޮތް ބޭނުންކޮށްގެން ކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވި އެވެ. މިފޮތަކީ ފެލިދު އަތޮޅަށް، މިމިޖުތަމައުއަށް ބޮޑުވާ ކުދިންނަށް އަތޮޅުގެ މަޢުލޫމާތު އެނގި، އަތޮޅުގެ ކާބަފައިން އުޅުނު ގޮތް ދަސްވެ، ކުދިންގެ ގައިގައި މިފަދަ އަސާސްތައް އަށަގެންނެވުމަށްޓަކައި ވަރަށް ބޭނުންތެރި އަގުބޮޑު ފޮތެއް ކަމަށްވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" މިފޮތަކީ ފެލިދު އަތޮޅުގެ ތާރީޚާއި ވަރަށް ގިނަ މަޢުލޫމާތު އެކި ދުވަސްވަރު މަތިން އެއް ކުރުމަށްފަހު ލިޔެފައިވާ ފޮތެކެވެ. ފޮތުގައިވާ މުހިއްމު ބައިތަކަށް ބަލާއިރު ފެލިދު އަތޮޅަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ބޭބޭފުޅުންގެ މަޢުލޫމާތާއި، ވ. އަތޮޅުގެ ގުދުރަތީ ސިފަތަކާއި ބެހޭ ތަފްސީލީ މަޢުލޫމާތު، އަދި ވ. އަތޮޅުގެ އެދުވަސްވަރުގެ އިޤްތިޞާދާއި، މަސްވެރިކަމުގެ ގޮތުން އެދުވަސްވަރު ކޮށްފައިވާ ބައެއް މުހިއްމު ކަންކަމާއި ބެހޭ މަޢުލޫމާތުގެ އިތުރުން ތާރީޚީ ގޮތުން ފެލިދު އަތޮޅުގެ ކަންކަން ދައްކުވައިދޭ ފޮޓޯތަކާއި އަދި އެ ނޫންވެސް މުހިއްމު ވަރަށް ގިނަ ތާރީޚީ ވާހަކަތައް ވަނީ ހިމަނުއްވާފަ އެވެ. މިފޮތަކީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ދުވަހުން އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު