އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދައްތަގެ ފިރިމީހާ ޖަހައިގަތް ކޮއްކޮއަކަށް ލިބުނު ހިތްދަތިކަމުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ދައްތަގެ ފިރިމީހާ ޖަހައިގަތް ކޮއްކޮއަކަށް ލިބުނު ހިތްދަތިކަމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 31 ސިކުންތު

ދެމަފިރިންގެ ދެމެދަށް އެހެން މީހަކު ވަދެގެން ކައިވެނި ރޫޅެން ދިމާވުމަކީ އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ އެއްކަންތަކެވެ. އަދި އެކަމެއް ދިމާވީ އަމިއްލަ ޢާއިލާގެތެރެއިން ނުވަތަ ގާތް މީހެއްގެ ކިބައިނަ ކަމަށްވެއްޖެނަމަ ކުރަންޖެހޭ ހިތާމަ ބޮޑުވެގެންދެއެވެ.

އަޅުގަނޑަކީވެސް އެފަދަ ކަމެއް އަމިއްލަ ޢާއިލާގެ ތެރެއިން ދިމާވި އަންހެނެކެވެ. އަޅުގަނޑުގެ އަންހެން ކޮއްކޮވެސް އަދި އަޅުގަނޑުވެސް ތިބީ ކައިވެނިކޮށްގެންނެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް 3 ވަނަ އަހަރު ކޮއްކޮ އާއި ފިރިމީހާގެ މެދުގައި އާދައާއި ޚިލާފްގޮތަކަށް ގުޅުން ބަދަހިވާން ފަށައިފިއެވެ. އެކަން މަންމައަށްވެސް ފާހަގަކުރެވުނެވެ. މަންމަ ބުނީ ކެތްތެރިވުމަށާއި ދެބެއިން ހިފައި ނުގަނެ މަޑުކުރުމަށެވެ. ފިރިމީހާ ކޮއްކޮ އާއި ގުޅިއްޖެނަމަ އެއިގެ މާނައަކީ ފިރިމީހާ އަކީ އެހެން އަންހެނަކާއިވެސް ގުޅި އަޅުގަނޑާއި ވަކިވެދާނެ މީހެއްކަމަށާއި ދަރިން ނުލިބެނީސް ފިރިމީހާގެ ޙަޤީޤަތް އެނގުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. 

މަންމަގެ ނެޞޭޙަތް ޤަބޫލުކުރީމެވެ. ކުރިމަތީގައި ކަންކަން ހިނގާއިރުވެސް ފެންނަ ކަމަކަށްވެސް ނުހަދަމެވެ. ރޯލަރޯލަ އިނީއެވެ. އެހެން އިންދައި ފިރިމީހާ އަޅުގަނޑު ވަރިކޮށް ކޮއްކޮ ވެސް ވަރިކުރުވައިގެން އޭނާއާއި ކައިވެނިކޮށްގެން ކޮއްކޮ ގެއިން ނެރެގެން ގެންގޮސްފިއެވެ. 6 މަސްދުވަހު އެކަނި އިނދެފައި އަޅުގަނޑުވެސް ދެވަނަ ކައިވެނިކޮށްފީމެވެ. ކައިވެނިކުރިތަނާހެން ބަލިވެވެސް އިނދެއްޖެއެވެ.

ފިރިމީހާއަކީ ވަރަށް ހެޔޮލަފާ އަޚްލާޤް ރަނގަޅު ތަޤްވާވެރިއަކަށްވުމުން ވަރަށް އުފާވިއެވެ. ފުރަތަމަ ކައިވެންޏަށް ދަރިއަކު ނުލިބުނީ އަޅުގަނޑަށް ރަނގަޅަކަށްކަން ވިސްނުނެވެ. ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަވާނީ އެންމެ ރަނގަޅަށްކަން އަޅުގަނޑަށް ޔަޤީންކުރެވުނެވެ. އެހިސާބުން ﷲ އާއި ކުއްތަންވާން އިތުރަށް މަސައްކަތް ކުރަން ފެށީމެވެ. އަޅުކަންކުރުން ގިނަކުރީމެވެ.  

އިއްތިފާޤަކުންނަމަވެސް ހަމަ އެދުވަސްވަރު ކޮއްކޮވެސް ބަލިވެ އިނދެއްޖެއެވެ. ބައިލިވެއިނުމާއިއެކު ކޮއްކޮ ބަލިވެއްޖެއެވެ. ހޮޑުލެވެން ފަށައިފިއެވެ. ވަޒީފާއަށް ނުދެވެން ފެށުމުން ވަޒީފާއިންވެސް ވަކިވާންޖެހިއްޖެއެވެ.  

ފިރިމީހާގެ އަޞްލުކުލަ ފެނުނީ އެހިސާބުންނެވެ. ކޮއްކޮއަކީ ރަނގަޅު މުސާރައެއް ލިބެމުން އައި ކުއްޖެކެވެ. ވަޒީފާއިން ވަކިވާންޖެހުމުން އެފައިސާ ލިބުން ހުއްޓުނީއެވެ. އެހިސާބުން ފިރިމީހާ އޭނާދެކެވާ ލޯބިވުންވެސް ނިމުނީއެވެ. ބުނަންފެށީ އޭނާއަށް އެކަނި ލިބޭ މުސާރައިން ކުލިދައްކައި އެހެން ޚަރަދުތައް ކުރަމުން ދަރިފުޅު ނުބެލޭނެ ކަމަށެވެ. ދަރިފުޅު ވައްޓާލުން މާރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ކޮއްކޮ އެކަން ޤަބޫލެއް ނުކުރިއެވެ. ކޮއްކޮ ބޭނުންވީ ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް ވިހާށެވެ. ދަރިއަކަށް ބޭނުންވެފައިހުރި ވަރުންނެވެ. 

ނަތީޖާއަކަށްވީ ކޮއްކޮ ގެއަށް ފޮނުވާލުމެވެ. ވިހެއުމަށްފަހު އަނބެއް ނޫންކަމަށްވެސް ބުނެފައެވެ. އެދުވަހު ކޮއްކޮ ފުރަތަމަ ގުޅީ މަންމައަށެވެ. ގުޅުމް މަންމަ ބުނީ އަބަދުވެސް މަރުޙަބާކިޔާނެ ކަމަށާއި އަވަހަށް ގެއަށް އައުމަށެވެ. މަންމަ އަޅުގަނޑު ގާތުގައިވެސް ބުނީ ކޮއްކޮއަށް އެހާލު ޖެހިގެން ގެއަށް އެބަ އަންނަ ކަމަށާއި ގެއަށް އައުމުން ހިނިތުންވެ ހުރެ މަރުޙަބާކިޔުމަށެވެ. ކޮއްކޮއަށް ހިތުގެ އަޑިން މާފުކުރުމަށެވެ.  

މަނަމް ބުނީ ފުރަތަމަ ފިރިމީހާ އަޅުގަނޑު ވަރިކުރިކަން އެއީ އަޅުގަނޑަށް ލެއްވެވި ރަޙްމަތެއް ކަމަށެވެ. އޭނާއަށްވުރެ މާރަނގަޅު ފިރިއަކު ދެއްވެވީ އަޅުގަނޑުގެ ކުށެއް ނެތި ވަރިކުރީ ކަމަށެވެ. ދެން މަންމަ ބުނީ ކޮއްކޮއަށް އެގޮތަށް އެދިމާވީ އަޅުގަނޑުމެންގެ ކައިވެނީގެ ތެރެއަށް ވަނުމުގެ އިތުރުން އޭނާގެ ފިރިމީހާއަށް ދެރަކޮށް ކަންކަންކޮށް ހިތުގައި ޖެއްސީތީ ކަމަށެވެ.  

ކޮންމެއަކަސް ކޮއްކޮ ގެއަށް އައުމުން މަރުޙަބާކީ އަޅުގަނޑެވެ. އެއީ މަންމަ ބޭނުންވިގޮތެވެ. މަންމަ ކޮއްކޮ ޢާއި ބައްދަލުކުރީ އިރުކޮޅެއް ފަހުންނެވެ. އެދުވަހުގެ އެވަގުތު، އަޅުގަނޑާއި ކޮއްކޮ ބައްދަލުވި ވަގުތު ކޮއްކޮއަށް ކުށްފައިހުރި އަސަރާ ގަނެފައިހުރި ލަދު ވަޒަންކޮށްލެވޭނީވެސް އެމަންޒަރު ފެނުނު މީހަކަށެވެ.   

އަޅުގަނޑުވެސް މަންމަވެސް ކޮއްކޮވެސް ކޮއްކޮއަށް އުފާވެރިކަން ދެއްވެވުން އެދި ކެނޑިނޭޅި ދުޢާކުރީމެވެ. ނަތީޖާއެއްގެ ގޮތުން ވިހާގަދަވިވިތާ އަހަރެއްހައި ދުވަސްވެސް ނުވަނީސް އޭނާއަށްވެސް ރަނގަޅު ފިރިއަކު ލިބުނެވެ. އެންމެ ބޮޑަށް އުފާވީ ދާދި އެކުަެކުގައިހެން ކުޑަ ދެދަރިން ގެއަށް ލިބި ގޭތެރެއަށް އުފާވެރިކަން ލިބުމުންނެވެ.  

މިއަދުނޫހުގައި ޙިއްޞާ މިކުރީ އަޅުގަނޑާއި ކޮއްކޮއަށް ކަންކަން ދިމާވިގޮތެވެ. ބުނާނެ ވަކި އިތުރު އެއްޗެއް ނެތެވެ. ހަމައެކަނި ބުނެލަން އޮތީ ރަޙިމުގެ ގުޅުމުގައި ކޮޅުފައިން ޖަހައިގެން މޮޅު ގޮތެއް މެދުވެރިވުމަށްވުރެ ގާތީ ހިތްދަތިކަން ލިބުން ކަމެވެ. އުޚުތާ އާއި ގާތް މީހުންގެ ފިރިން ދޫކޮށްލާފައި ވެސް ހޯދިދާނެ ފިރިން ބައިވަރު އެބަތިބިކަމެވެ.  

- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް