އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ސީރިއަސް ބަލިތަކެއް ހުރި އުމުރުން އައްޑިހަ އަހަރުގެ އަންހެނަކަށް ކޮވިޑްޖެހި، ޖެހުނުކަން އޭނާއަށް ނުވެސް އެނގި ސަލާމަތްވެއްޖެ! މާޝާ ﷲ

ގިނަ ސީރިއަސް ބަލިތަކެއް ހުރި އުމުރުން އައްޑިހަ އަހަރުގެ އަންހެނަކަށް ކޮވިޑްޖެހި، ޖެހުނުކަން އޭނާއަށް ނުވެސް އެނގި ސަލާމަތްވެއްޖެ! މާޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

"އަޅުގަނޑުމެންގެ މަންމަގެ އުމުރަކީ 80 އަހަރުން މައްޗެވެ. 16 ދަރިން ވިހާފައިވާ  މަންމައެކެވެ. 11 ދަރިން ދުނިޔޭގައި އެބަތިއްބެވެ. މަންމައަކީ ލޭމައްޗަށް ދިއުމާ، ހަކުރު މަތިވުމާއި ކިޑްނީގެ މައްސަލަތައްފަދަ ސީރިއަސް އެތައް ބަލިތަކެއް ހުރި އަންހެނެކެވެ. 

ގެއަށް ކޮވިޑްވަނުމުން މަންމަ ވެސް ޓެސްޓްކުރީމެވެ. ޕޮޒިޓިވްވެސް ވިއެވެ. ނަމަވެސް ދަރިން ނިންމީ ބަލީގެ އުނދަގުލެއް މަންމައަށް ނުފޯރާނަމަ އެކަން މަންމައަށް ސިއްރުކުރުމަށެވެ. އެއީ އަންގައިފިނަމަ ވިސްނަން ހަދައިގެން ލިބޭ ގެއްލުން މާބޮޑުވެދާނެތީއެވެ. އެހެންވެ ނަތީޖާ މަންމަ ގާތަކު ނުބުނަމެވެ. 

މުއްދަތު ހަމަވެގެން ބަލިޖެހުނު މީހުން ޓެސްޓް ހެދިއިރު މަންމަވެސް ޓެސްޓުކުރީމެވެ. ނަތީޖާ ނެގަޓިވްއެވެ. އެއިގެފަހުން މިހާރު މަސްދުވަސްވީއެވެ. ބަލީގެ އެއްވެސް އުނދަގުލެއް މަންމައަކަށް ނުފޯރައެވެ. މަސްދުވަސްވީފަހުން އެވާހަކަ ސަމާސައަކަށް ހަދާފައި މަންމަ ގާތު ބުނުމުން އެކަން ޤަބޫލެއްވެސް ނުކުރިއެވެ. ބުނީ ސަމާސައަށްވެސް ދޮގު ނުހަދާށެވެ! އެބަލި ޖެހުނު ނަމަ މަންމައަށް ނުއެނގިއެއް ނުދާނެއެވެ!" 

މިވާހަކަ އަޅުގަނޑަށް ޙިއްޞާކުރުމުން އެތައްފަހަރަކު "މާޝާ ﷲ" ބުނެވުނެވެ. އެކުވެރިޔާގެ މަންމައަކީ މިއަދު މުސްކުޅިވެފައި އިން ނަމަވެސް އޭނާގެ މާމަ 8 އަހަރު އަދި އޭނާގެ މަންމަ 12 އަހަރު އެނދުމަތީގައި ބާއްވައިގެން ބަލަހައްޓައި ޚިދުމަތްކޮށްފައިވާ ހެޔޮލަފާ ދަރިއެކެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް