އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަގެ ސިކުނޑި "ގޮއްވާލައި" މޮޔަކޮށްލި ބޮސްގެ ކިބައިން ބަދަލުހިފައި އެފަދަ އަނިޔާވެރިންނަށް ޢިބްރަތަކަށް ފުދޭވަރުގެ ބޮޑު ގެއްލުމެއްދިން ގޮތުގެ ވާހަކަ-

މަންމަގެ ސިކުނޑި "ގޮއްވާލައި" މޮޔަކޮށްލި ބޮސްގެ ކިބައިން ބަދަލުހިފައި އެފަދަ އަނިޔާވެރިންނަށް ޢިބްރަތަކަށް ފުދޭވަރުގެ ބޮޑު ގެއްލުމެއްދިން ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

އެއިރު އަޅުގަނޑުގެ އުމުރުންވާނީ 12 ވަރަކަށް އަހަރެވެ. ކުއްލިއަކަށް މަންމަގެ ވިސްނުމުގައި މައްސަލަތަކެއް ޖެހެން ފެށިއެވެ. އެކަންކަން ގޯސްވަމުން ގޮސް އަދާކުރަމުން އައި ވަޒީފާއިންވެސް ވަކިވާންޖެހުނެވެ. ބައްޕަ ވަނީ ނިޔާވެފައެވެ. ދޮށީ ބޭބެއަށް ލިބޭ މުސާރައިން އެކަނި ދިރިއުޅެންޖެހުމުން އެކަމުގެ ދަތިކަން މުޅި ޢާއިލާއަށްވެސް ވަރަށް ބޮޑަށް ފޯރިއެވެ. 

ބޭބެއަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ. މަންމަދެކެ އެހާ ލޯބިވެސްވެއެވެ. އެހެންވެ ސާބިތުކަމާއިއެކު މަންމަ ގަދަކުރެވޭތޯ ކުރި މަސައްކަތުން މަންމަ ގަދަކުރެވުނީ ހައަކަ އަހަރު ވަރަށް ތަފާތު ފަރުވާތައްކޮށްގެންނެވެ. މަންމަ ގަދަވުމުން އެއްދުވަހަކު މަންމައަށް ކަންކަން މެދުވެރިވި ގޮތް މަންމަ ކިޔައިދިނެވެ. 

މަންމަ މަސައްކަތްކުރާ ކުންފުނީގެ ވެރިމީހާ، މަންމަގެ ބޮސް، މަންމައާއި އަޅައިގަތީއެވެ. މަންމަގެ ބޭނުން ކުރަން އުޅުމުން މަންމަ ދެކޮޅުހެދީއެވެ. އެވަރުންވެސް އެމީހާ މަންމަ ދުލެއް ނުކުރިއެވެ. ލޯބިވާކަމަށް ހަދައިގެން ދަލުގައި ޖައްސައިގެން ގެންގުޅެމުން އައިސް އެއް ރޭ މަންމައަށް ސިއްރުން ބޭހެއް ކާންދީ މަންމަގެ ބުއްދި ތަޣައްޔަރުކޮށްލާފައި މަންމަގެ ބޭނުންކޮށްލީއެވެ. މަންމަގެ ސިކުނޑި ގޯސްވީ އެހިސާބުންނެވެ. 

އެވާހަކަ ކިޔައިދިނީމާ އިތުރު އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުދައްކަން އަޅުގަނޑު ބުނީމެވެ. އަދި ބަދަލު ހިފާނެ ރަނގަޅު ގޮތެއް ވިސްނީމެވެ. އަޅުގަނޑުގެ އެކުވެރިންގެ ތެރޭގައި ވަރަށް ރީތި އަންހެން ކުއްޖަކު ހުރެއެވެ. އަޅުގަނޑު ނިންމީ އޭނާގެ އެހީތެރިކަން ހޯދާށެވެ. އެހެންވެ އޭނާއަށް ވިސްނައިދީގެން އޭނާލައްވައި ވަޒީފާއަކަށް އެދި ސިޓީލީތަނުން އޭނާއަށް ވަޒީފާ ދީފިއެވެ. އިދާރީ ވަޒީފާއެއްދީފައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ޕަރސަނަލް ސެކެޓްރީއަކަށް ބަދަލުކޮށްފިއެވެ. މަޑުމަޑުން ގުޅުން ބަދަހިކުރަމުން ގޮސް އޭނާދެކެ ލޯބިވާކަމަށް ބުނަން ފަށައިފިއެވެ. 

އޭނާ ބުނީ އެހާމުސްކުޅީއަކާއި ކައިވެނިކުރާނީ އޭނާއަކީ ތަނަވަސް އަންހެނަކަށް ހަދައިދިނުމުން ކަމަށެވެ. އަދި އޭނާގެ އަނބިމީހާ ވަރިކުރަންވެސް ޖެހޭނެ ކަމަށެވެ. އެމީހާ މޮޔަވެފައިހުރިވަރުން އަނބިމީހާ ވަރިކޮށްލިއެވެ. އަދި އޭނާގެ ކުންފުނިން 50 އިންސައްތަ ޙިއްޞާވެސް އެއްވެސް ޝަރުޠެއް ނެތި އޭނާއަށް ދިނެވެ. 

ބަދަލެއްގެ ގޮތުން ކައިވެނިކުރިއެވެ. އަދި ދާދިއަވަހަށް އޭނާގެ ޙިއްޞާތައް މަހުޖަނަކަށް ވިއްކާލާފައި އޭނާ ވަރިވެއްޖެއެވެ. ވަރިވާން އެދުނު ދުވަހު އޭނާ ބުންޏެވެ. "އަހަރެން ކަލެއާއިއެކު އުމުރު ދުވަހު ދިރިއުޅޭކަށް އެއްބަހެއް ނުވަމެވެ. އެއްބަސްވީ ކައިވެނިކުރާށެވެ. ކައިވެނިކުރީމެވެ. އަދި މިއަދާއި ހަމައަށް އަންތބެއްގެ ޙައްޤުވެސް އަދާކޮށްފީމެވެ. ދެން އުމުރަށް ސަލާމެވެ." 

އެއެކުވެރިޔާ އެހެން މީހަކާއި ކައިވެނިކޮށްގެން ތަނަވަސްކަމާއިއެކު ދިރިއުޅެން ފެށީއެވެ. އެމީހާއަށް އަނބިމީހާ ގެއްލުނީއެވެ. ދަރިންކޮޅުވެސް ދިއައީ މަންމަގާތަށެވެ. ވީމާ ދަރިންކޮޅުވެސް ގެއްލުނީއެވެ. ތަނަވަސްކަމުގެ އެއްބައިވެސް ގެއްލުނީއެވެ.  

އެކަނިވެރިވެފައި ތިބޭ ނިކަމެތި އަންހެނުން މަޅީގައި ޖައްސުވައި އަދި އެމީހުންގެ ޢިއްފަތްތެރިކަމަށް އަރައިގަންނަ އެފަދަ މީހުންނަށް މިފަދަ ގޮތްގޮތަށް ފިލާވަޅުތައް ދޭން އެބަޖެހެއެވެ. އެމީހުންނަށް ލިބިފައިވާ ތަނަވަސްކަން އެމީހުން ހަދަނީ ނިކަމތި އަންހެނުންގެ އިޙްޞާޞްތައް ކަތިލަން ބޭނުންކުރާ ވަޅިއަކަށެވެ. ވީމާ އެއަށްވުރެ ތޫނު ވަޅިއަކުން އެމީހުންގެ އުފާތައް ކަތިލަން އެބަޖެހެއެވެ. 

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަށް މިވާހަކަ ވަރަށް ކަމުދިއައެވެ. އަޅުގަނޑުގެ ދޮށީ ދައްތައަށްވެސް ތަނަވަސް މީހަކު ވަނީ ހަމަ މިފަދަ އަނިޔާތަކެއްދީފައެވެ. އެކަމަށް 7 އަހަރުވީއިރުވެސް އަދިވެސް ދައްތައަށް އެއުޅެނީ އެއަނިޔާތަކުން ސަލާމަތްނުވެވިގެންނެވެ. ބޭސްނުކައި ނޫޅެވިގެންނެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިފަދަ މައްސަލަތަކަށް ޙައްލެއް ހޯދޭނީ ހަމަ އަހަރެމެން އަންހެނުން ހޭލުންތެރިވެގެންނެވެ. މިފަދަ ޢިބްރަތްތެރި ވާހަކަތަކަކީ ކިޔާލާފައި ހަނދާން ނައްތައިލާ ވާހަކަތަކަކަސް ނުހަދައި އެކަންކަން ވިސްނުމުގައި ބަހައްޓައިގެން ދިރިއުޅެން މަސައްކަތްކޮށްގެންނެވެ.  

- ސަލްވާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް