އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރަހައްދުންވެސް ފަސޭހައިން ކުރެވެން ނެތް ހިތުގެ ޚާއްޞަ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު އޭޑީކޭ ހޮސްޕިޓަލުގަ ކޮށްފި

ސަރަހައްދުންވެސް ފަސޭހައިން ކުރެވެން ނެތް ހިތުގެ ޚާއްޞަ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު އޭޑީކޭ ހޮސްޕިޓަލުގަ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 18 ސިކުންތު

ސަރަހައްދުންވެސް ފަސޭހައިން ކުރެވެން ނެތް ހިތުގެ ޚާއްޞަ އޮޕަރޭޝަން "ޓަވީ" ވަރަށް ކާމިޔާބުކަމާއެކު އޭޑީކޭ ހޮސްޕިޓަލުގަ ކޮށްފިއެވެ. 

އުމުރުން 81 އަހަރުގެ ބަލިމިހާއަކީ ހިތުގެ ވޭލްތަކަށް ނުރައްކައުތެރި ޙާލަތެއް ކުރިމަތިވެ ސީރިއަސް ޙާލަތުގައި ހުރި ބަލި މީހެކެވެ. ނަމަވެސް ހަށިގަނޑު ނުފަޅައި ކުރި މިކާމިޔާބު އޮޕަޜޭޝަނަށްފަހު މިއަދު ހެނދުނު އޭނާވަނީ އޮޕަރޭޝަންކުރި ޓީމުގެ ޑޮކްޓަރުންނާއިއެކު ހެނދުނުގެ ސައިބޮއިފައެވެ.  

އޭޑީކޭ ހޮސްޕިޓަލުގެ އެމްޑީ އަޙްމަދު ޢަފާލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަކީ މިސަރަޙައްދުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ހޮސްޕުޓަލަކަށް ހަދަން ކުރަމުން ގެންދާ މަސައްކަތްތަކަށް މިއީ އިތުރުކުރެވުނު ވަރަށް ޚާއްޞަ ބޮޅެއް ކަމަށެވެ.  

ޑރ. ޝާފިޢު ވިދާޅުވީ އުމުރުން ދުވަސްވުމުން ހިތުގެ ވޭލްތައް ތާށިވާން ފަށާނެ ކަމަށާއި އެހާލަތުގައި ވޭލް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އަދި ޢާންމުގޮތެއްގައި އެކަން ކުރަނީ ހަށިގަނޑު ފަޅާލައިގެން ކަމަށެވެ. އެއިރުން ކިޑްނީ އާއި ލޭމައްޗަށް ދިއުމާއި ހަކުރުބައްޔާއި އެނޫންވެސް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް މައްސލަތައް ކުރިމަތިވާ ކަމަށެވެ. "ނަމަވެސް ފައިން ލޯވަލެއް އަޅާލައިގެން މިކުރާ އޮޕަރޭޝަން ކުރީމާ އެފަދަ އެއްވެސް ކަމެއް މެދުވެރިއެއް ނުވާނެ. އަދި މިއޮޕަރޭޝަން މިގޮތަށް ކުރެވެނީ ޝަރުޠޫތަކެއް ހަމަވެގެން. ޝަރުޠު ހަމަވާނަމަ މި އޮޕަރޭޝަން ކުރިއަސް އޮތްތަނުގައިވެސް ކުރަމުން ގެންދާނަން." ޝާފިޢު ވިދާޅުވިއެވެ. 

ޑރ. ޝާފިޢު ވިދާޅުވީ އޯޕަން ސާޖަރީ އެއް ހަދައިފިނަމަ ބަލިމިހާއަށް ެއަސް ެވެން މަދުވެގެން5، 7 ދުވަސް ނެގިނަމަވެސް މިގޮތަސް އޮޕަރޭޝަން ކުރުމުން 2 ދުވަސްތެރޭގައި ގެއަށް ދެވޭނެ ކަމަށެވެ. "ރާއްޖއަކީ މިގތަށް މިއޮޕަރޭޝްނަ ކުރި ސަރަހައްދުގެ 3 ވަނަ ޤައުމު. 2 ވަނަ ޤައުމަސްވި ބަންގްލަދޭޝަށްވުރެ ލަސްމިވީ އެންމެ 2 މަސް. އެއީވެސް ކޮވިޑާހުރެ. ނޫންނަމަ އަޅުގަނޑުމެން ވާނީ ދެވަނަ ޤައުމަށް." ކަމަށެވެ.  

އޭޑީކޭ ހޮސްޕިޓަލަކީ މިބާވަތުގެ ސާޖަރީތައް ހެދުމާއި އެނޫންވެސް ގިނަ ކަންކަމުގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލުކަން ފާހަގަކުރެވެއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް