އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ކުރި ކޮނޑުހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކަމާއެކު އޭޑީކޭ ހޮސްޕިޓަލުގަ ކޮށްފި

ރާއްޖޭގަ ކުރި ކޮނޑުހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކަމާއެކު އޭޑީކޭ ހޮސްޕިޓަލުގަ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރާއްޖޭގައި ކުރި ކޮނޑުހުޅު އެކުގައި ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކަމާއެކު އޭޑީކޭ ހޮސްޕިޓަލުގަ ކޮށްފި އެވެ. 

އުމުރުން 59 އަހަރުގެ މީހެއްގެ މިއޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުގައި ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އޮޕަރޭޝަންކުރީ އެކަމަށް ރާއްޖެ ގެނެވުނު ތައިލަންޑްގެ ޚާއްޞަ ޕޮރޮފެސަރ ބަންޗާ އާއި އެހޮސްޕިޓަލުގައި ޚިދުމަތްކުރާ ޑރ. މިޝްވާރު އާއި ހޮސްޕިޓަލުގެ އެކަމަށް ޚާއްޞަ ޓީމަކުންނެވެ. އޮޕަރޭޝަން ކާމިޔާބު ކަމަށާއި ބަލިމީހާއަށް އަންނަނީ ޝިފާލިބެމުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

އެމްޑީ އަޙްމަދު އަފްޢާލް ވިދާޅުވީ މީގެކުރިން ރާއްޖޭގައި ބަދަލުކުރަނީ ކަކުލުހުޅު ކަމަށާއި ހިތުގެ ޚާއްޞަ އޮޕަރޭޝަންތައްވެސް ކުރަމުން އަންނަ ކަމަށެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ޑޮކްޓަރެއްކަމަށްވާ ޑރ. މިޝްވާރު ވިދާޅުވީ ދުނިޔޭގައިވެސް ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަކީ މަދުން ކުރަން ޖެހޭ އޮޕަރޭޝަނެއް ނަމަވެސް ކޮނޑުހުޅު ހަލާކުވުމުން އަޅާ ވޭނަކީ ވަރަށް ގަދަ ވޭނެއް ކަމަށެވެ. "މިބަލިމީހާއަކީވެސް 25 ވަރަކަށް އަހަރު ތަދު އިޙްޞާޞްކުރަންޖެހުނު މީހެއް، ނަމަވެސް އޮޕަރޭޝަނަށްފަހު ތަދު ކެނޑި ޢާންމު ޙާލަތަކަށް އޭނާ ދާނެ." 

މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮޕަރޭޝަންކުރިގޮތާއި މިފަދަ މައްސަލަތައް ކުރިމަތިވާ ގޮތުގެ ތަފްޞީލް ނޫސްވެރިންނަށް ހާމަކުރިއެވެ. 

އޭޑީކޭ ހޮސްޕިޓަލުން ގެންދަނީ މިފަދަ މުހިންމު އައު ކަންކަމުގައި ކާމިޔާބުކަމާއިއެކު ސަރަހައްދީ ކުރިއެރުންވެސް ހޯދަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު