އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޑީކޭއަށް އައްސަރިބަހާ ސާބަސް! ބޭރަށް ދާން ނުޖެހި ފަރުވާއަވަސްވެ ޖީބަށް ބޮޑުތަނުން ލުއިވީ! ކެންސަރާ ގިނަ ބަލިތައް ދެނެގަނެވޭނެ ޕެޓް-ސްކޭން ޚިދުމަތް އޭޑީކޭއިން ފަށައިފި-

އޭޑީކޭއަށް އައްސަރިބަހާ ސާބަސް! ބޭރަށް ދާން ނުޖެހި ފަރުވާއަވަސްވެ ޖީބަށް ބޮޑުތަނުން ލުއިވީ! ކެންސަރާ ގިނަ ބަލިތައް ދެނެގަނެވޭނެ ޕެޓް-ސްކޭން ޚިދުމަތް އޭޑީކޭއިން ފަށައިފި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ކެންސަރާއި އެހެންވެސް ބައެއް ބަލިތައް ދެނެގަންނަން ހަދަން ޖެހޭ ޕެޓް ސްކޭން ގެ ޚިދުމަތް ހޯދަން ރާއްޖެއިން ބޭރަށް ދާންޖެހުން އޭޑީކޭ ހޮސްޕިޓަލުން ނިމުމަކަށް ގެނެސްދީފިއެވެ. 

އެހޮސްޕިޓަލުން މިމަހުގެ 25 ވަނަ ދުވަހު ތައާރަފްކުރި ޕެޓް ސްކޭންގެ ޚިދުމަތް ރާއްޖެއިން ލިބެން ފެށުމުން ކެންސަރާއި އެހެންވެސް ބައެއް ބަލިތައް ފެތުރިފައިވާ މިންވަރާއި ފަރުވާއިން ލުއިވަމުން އަންނަވަރު ދެނެގަންނަން ހަދަންޖެހޭ ޕެޓް ސްކޭން ހެދުމަށް ރާއްޖެއިން ބޭރަށް ދާންޖެހުން ނިމުމަކަށް އައީއެވެ. 

އެކަމުގެ ސަބަބުން ފަރުވާ ލިބުން އަވަސްވެ ޖީބުތަކަށް ލުއިވެގެންދާނެއެވެ. އެއީ އެފަދަ ޚިދުމަތެއް ހޯދަން ރާއްޖެއިން ބޭރަށް ދާންޖެހިއްޖެނަމަ އާސަންދަ ލިބުނަސް އަމިއްލަ އަތުން ބޮޑު ޚަރަދެއްކުރަން ޖެހިފައި މިހާރު އެ ޚަރަދު އަމިއްލަ އަތުން ކުރަން ނުޖެހޭނެތީއެވެ. 

މިޚިދުމަތް ތަޢާރަފްކުރަން އޭޑީކޭ ހޮސްޕިޓަލުގައި މިޚިދުމަތްދޭން ޚާއްޞަކޮށްފައިވާ ތަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އައްފާލް ވިދާޅުވީ މި ޚިދުމަތް ޢާސަންދައިގެ ހިމެނުމަށް މަސައްކަތްކުރެވެމުން އަންނަ ކަމަށާއި މިހާރުވެސް އެންސްޕާ ޢާއި ގުޅިގެން ކަންކަން ކުރިއަށް ގެންދަން މަސައްކަތްކުރާ ކަމަށެވެ. 

މިއީ ބަލިޖެހިފައިވާ މީހާގެ ޙާލަތަށް ބަލައި ނިޔުކްލިއަރ ހިމެނޭ އިންޖެކްޝަނެއް ނުވަތަ ބޭހެއް ދީގެން ހަދާ ޚާއްޞަ ޓެސްޓެކެވެ. އެހެންކަމުން މިކަމަށް ޚާއްޞަ އިންތިޒާމުތައް މިހާރު އެ ހޮސްޕިޓަލުގައި ވަނީ ހަމަޖައްސައިފައެވެ. 

ޢައްފާލް ވިދާޅުވީ ރާއްޖެއިން މިހާރު ލިބެން ނެތް ތަފާތު ޚިދުމަތްތައް އޭޑީކޭ ހޮސްޕިޓަލުން ވަނީ ދާދިފަހުންވެސް ތަޢާރަފްކޮށްފައި ކަމަށާއި މިއީވެސް އެކަމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. 

 

ޢައްފާލް އާ ޑރ. ނިޔާފްގެ ފަރުވާއާބެހޭ ތަފްޞީލްތައް ހިމެނޭ ވާހަކަފުޅު:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް