އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު ނުކުރާ މީހާއަށް އޮތީ ތައުބާވެ ޝަހާދަތް ކިޔައި އިސްލާމްވެ ރޯދަ ހިފަން ފެށުން - ނަމާދު ނުކުރާ މުއްދަތުގެ ރޯދަ ޤަޟާކުރާކަށް ނުޖެހޭނެ: ޑރ. އިޔާޟް

ނަމާދު ނުކުރާ މީހާއަށް އޮތީ ތައުބާވެ ޝަހާދަތް ކިޔައި އިސްލާމްވެ ރޯދަ ހިފަން ފެށުން - ނަމާދު ނުކުރާ މުއްދަތުގެ ރޯދަ ޤަޟާކުރާކަށް ނުޖެހޭނެ: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

"އެއްގޮތަކަށް ރޯދަ ނުހިފާ ނަމާދު ނުކޮށް އުޅޭ މީހަކު މިހާރު ބޭނުންވަނީ އިސްލާޙްވެ ކުރިއަށް ރޯދަ މަހުގެ ސަވާބާއި ދަރުމަ ލިބިގަނެ އުޅުން އިޞްލާޙްކޮށްލަން. ޝައްބާން މަހު ސުންނަތް ރޯދައިގެ ގޮތުގަ އޭނާއަށް ރޯދަ ހިފިދާނެތޯ؟"

 

މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ އޭނާ ބޭނުންވާ ފަދައިން ޝައްބާން މަހު ސުންނަތް ރޯދައިގެ ގޮތުގަ އޭނާއަށް ރޯދަ ހިފިދާނެ ކަމަށެވެ. ކުރިން އޭނާއަކީ ނަމާދު ނުކޮށް އުޅުނު މީހަކަށްވާތީ އެއިރު ދޫކުރި ރޯދަތައް ޤަޟާ ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެއިގެ ބަދަލުގައި ޝަހާދަތް ކިޔައި އިސްލާމްވެ ކުރީގައި ކުރެވުނު ކަންތަކަށް ތައުބާވެ ހެޔޮ އަމަލުކުރުން ގިނަކުރާނީ ކަމަށެވެ.

 

ޝައިޚްގެ މިޖަވާބުން ވެސް އެނގެނީ ނަމާދު ނުކުރާ މީހާ ރޯދަ ހިފި ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ. ނަމާދު ނުކުރާތީ އޭނާއަކީ އިސްލާމެއް ނޫންކަމެވެ. ނަމާދު ނުކުރާނަމަ އެމީހަކަށް ޖެހޭނީ އަލުން ޝަހާދަތް ކިޔައި އިސްލާމްވާން ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް