އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 އަނބިން ހަމަކުރި މީހަކަށް 3 އަނބިން ދޭ ލޯބި އެއްކޮށްލުމުންވެސް ދޮށީ އަނބި ދިން ލޯތްބާ އެއްވަރު ނުވުމުން ފަހަތުން ގޮސް ކަރުނައަޅަންޖެހުނު މީހެއްގެ ވާހަކަ-

4 އަނބިން ހަމަކުރި މީހަކަށް 3 އަނބިން ދޭ ލޯބި އެއްކޮށްލުމުންވެސް ދޮށީ އަނބި ދިން ލޯތްބާ އެއްވަރު ނުވުމުން ފަހަތުން ގޮސް ކަރުނައަޅަންޖެހުނު މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

އަހަރެންނަކީ ޑޮކްޓަރަކީމެވެ. ކައިވެނިކޮށްގެން ވަރަށް އުފަލުގައި ދިރިއުޅެމުން އައި މީހަކީމެވެ. ކައިވެންޏަށް 5 ވަނަ އަހަރު ވަޒީފާގެ ގޮތުން ބޭރުގައުމެއްގައި 1 އަހަރު ޚިދުމަތްކުރަން މަޖުބޫރުވިއެވެ. އެއީ އަހަރެން މަސައްކަތްކުރާ ހޮސްޕިޓަލް ހިންގާ ކުންފުނިން އެ ޤައުމުގައި ހިންގާ ހޮސްޕިޓަލެއްގައި ޚިދުމަތްކުރަން ޖެހުމުންނެވެ. 

އެއީ އަންހެނުން ވަރަށް ގިނަ ޤައުމެކެވެ. ކައިވެނި ނުކުރެވިތިބޭ އަންހެނުންތައް ބައިވަރެވެ. އަހަރެން ދިއަތަނުން ރީތި އަންހެނުންތައް ފެންނަން ފަށައިފިއެވެ. ހިތްކިޔަން ފަށައިފިއެވެ. އެހެންވެ ފުލުފުލުގައި 3 ކައިވެނިކޮށްލީމެވެ. އެކަން އަނބިމީހާއަކަށް ނުވެސް އަންގަމެވެ. 

3 އަނބިންނާއިއެކު ވަރަށް އުފަލުގައި ދިރިއުޅެމުންދަނިކޮށް ފެނުނީ ކުއްލިއަކަށް އަންގާވެސް ނުލައި ދޮށީ އަނބިމީހާ އަހަރެންގެ ގާތަށް އައިތަނެވެ. އަހަރެންގެ އެޑްރެސް އެނގޭތީ ފެނުނީ ގެއަށް އައިސް ވަންތަނެވެ. އަނބިމިހާއަށް މަންޒަރު ފެނިގެން ސުވާލުކުރުމުން ދޮގުނުހަދައި ކަންތައްވީގޮތް ކިޔައިދިނީމެވެ. އަދި އިތުރު 3 އަނބިން ތިބި ނަމަވެސް ލޯބިވަނީ އޭނާދެކެ ކަމަށްވެސް ބުނީމެވެ. އެނބުރި ދަމުން އެމީހުން ނުގެންދާނެ ކަމަށްވެސް ބުނީމެވެ. 

އަނބިމީހާ ބުނީ އޭނާދެކެ ލޯބިވާނަމަ އޭނާއެކަނި ގެންގުޅުމަށެވެ. ނަމަވެސް އަނެއް 3 އަނބިން ވަރިކުރަން އަހަރެންނަކަށް ފަސޭހައެއް ނުވިއެވެ. އެހެންވެ އަނބިމީހާ އަޅުގަނޑު ގާތުގައި ވަރަށް ކުޑަ ދުވަސްކޮޅަކު ހުރެފައި އެނބުރި ހިނގައްޖެއެވެ. އެނބުރި ދިއުމަށްފަހު އެދުނީ ވަރިކޮށްދިނުމަށެވެ. ވަރިއަށް އެދުމުން ވަރިވެސްކޮށްދިނީމެވެ. 

3 އަނބިންނާއިއެކު ދިރިއުޅެމުން ދިއައިމެވެ. އެޤައުމުގައި މަސައްކަތްކުރުމުގެ މުއްދަތުވެސް އިތުރުކުރީމެވެ. ނަމަވެސް 5 އަހަރުވީއިރުވެސް ދޮށީ އަނބިމީހާމަތިން ހަނދާން ނައްތައެއް ނުލެވުނެވެ. އެއީ 3 އަނބިން ދޭ ލޯތްބާއި އަޅައިލުން އެއްކޮށްލުމުންވެސް ދޮށީ އަނބިމީހާ އާއި އެއްވަރުނުވާތީއެވެ. 

3 އަނބިންވެސް ޒުވާނެވެ. ބަލާލަންވެސް ރީއްޗެވެ. ނަމަވެސް އަހަރެންނަށް ޚިދުމަތްކުރާތަނެއް ނުފެނުނެވެ. އަބަދުވެސް އެމީހުންނަށް ޚިދުމަތްކުރަންޖެހެނީ އަހަރެންނަށެވެ. ވީމާ އަހަރެންނަށް ކުރާ ފައިދާއެއް ނުފެނުނެވެ. ދޮށީ އަނބިމީހާ މުޅިން ތަފާތެވެ. އޭނާ އަހަރެންނަށް ޚިދުމަތްކުރެއެވެ. އަހަރެންނަށް އޮންނަނީ އޭނާއަށް ޚިދުމަތް ނުކުރެވިފައެވެ. 

އެހެންވެ 3 އަނބިން އެކުގައި ދޫކޮށްލާފައި އެނބުރި ޤައުމަށް ދިއައީމެވެ. ގޮސްބެލިއިރު އޭނާވަނީ އަޅުގަނޑުގެ ދަރިއަކުވެސް ވިހައިފައެވެ. އުޅެނީ އެހެން މީހަކާއި ކައިވެނިކޮށްގެންނެވެ. ރޮއި އާދޭސްކުރުމުންވެސް އަޅުގަނޑާއި އަލުން ގުޅޭކަށް އެއްބަހެއް ނުވިއެވެ. އެކަމަށް އޭނާ ކުށްވެރިކުރާކަށް ނެތީމެވެ. ހުރިހާ ގޯހެއް ހެދުނީ އަހަރެންނަށްކަން ޤަބޫލުކުރެވޭތީއެވެ. ލިބުނު މާޔޫސްކަމުގެ ބޮޑުކަމުން އިތުރު ކައިވެންޏެއް ނުކޮށް 6 އަހަރުހުރީމެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ މިވާހަކައިން ލިބޭ ޢިބްރަތް ބޮޑުކަމުންނެވެ. ތަނަވަސްކަން ހުރިނަމަ އަނބިން ގިނަކުރެވިދާނެއެވެ. ނަމަވެސް އެކަމުން ހިތްހަމަޖެހުން ލިބެނީ ހާހަކުން މީހަކަށް ނޫންހެއްޔެވެ؟ އެކަން އެނގޭއިރުވެސް ދޮށީ އަނބިމީހާ ރަނގަޅު ގޮތުގައި ހުއްޓައި ނިކަމެތިކޮށްލާއިރު ވިސްނައިނުލަނީ ކީއްވެގެންހެއްޔެވެ؟ 

- ޝިޔާޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް