އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ލޮލެއް އިން ކުއްޖަކު އުފަންވެއްޖެ!

އެންމެ ލޮލެއް އިން ކުއްޖަކު އުފަންވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އުފަންވިއިރު އެއްލޯ އިން ކުއްޖަކު ޔަމަނުގެ އަންހެނަކު ވިހައިފިއެވެ. ޔަމަންގެ ސަބާ ނިޔުސް އެޖެންސީން ޑޮކްޓަރުންނާ ޙަވާލާދީ މިޚަބަރު ޢާންމުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި މިއީ މިފަދަ ކުއްޖަކު އެހޮސްޕިޓަލުގައި އުފަންވި ފުރަތަމަ ފަހަރުކަމަށްވެސް ބުނެފައިވެއެވެ. 

މީޑިއާ ރިޕޯޓްތައް ބުނާގޮތުން 1665 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ދުނިޔޭގައި އުފަންވެފައިވަނީ މިފަދަ 6 ކުދިންނެވެ. 

އެކުއްޖާ އުފަންވެފައިވަނީ ބައިދާ ޕްރޮވިންސްގެ އަލްބޭދާގައެވެ. "އަހަރެންގެ އަނބިމީހާ ޒަހްރާ އަލް ޢައްބާސީ ވިހަން ގެންދިއައީ އަލް ހިލާލް މެޓަރނިޓީ ހޮސްޕިޓަލަށް." ކުއްޖާގެ ބައްޕަ ޙުސައިން އަލް ޢައްބާސީ ބުނެފައިވެއެވެ. އަދި އެދެމަފިރިންނަށް މީގެ ކުރިން ލިބުނު އެއްވެސް ދަރިއެއްގެ މިފަދަ އެއްވެސް މައްސަލައެއް ނެތްކަމަށްވެސް ބުނެފައިވެއެވެ. 

ޞިއްހީ އޮފިޝަލުން ބުނީ ޔަމަނުގެ ބައެއް ސިޓީތަކުގައި އުފަންވާއިރު މިފަދަ މައްސަލަތައް ހުންނަ ކުދިން ވިހެއުން އިތުރުވަމުން އަންނަ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ހަނގުރާމަތަކުގައި ވިހަކެމިކަލް ބޭނުންކުރުން ކަމަށެވެ. 

ކުއްޖާ ދުނިޔޭގައި އޮތްކަމަށްވަނީ 7 ގަޑިއިރުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް