އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސް މީހަކު އޭނާގެ އެކުވެރިޔާއަށް!: "އަހަރެން މަރާލަން ކުރި ކަންތަކަށް މާފުކޮށްފީމެވެ! ނަމަވެސް އަނބިމީހާއާއެކު ބޭއްވި ގުޅުމަކަށް މާފެއް ނުދެވޭނެއެވެ!"

ތަނަވަސް މީހަކު އޭނާގެ އެކުވެރިޔާއަށް!: "އަހަރެން މަރާލަން ކުރި ކަންތަކަށް މާފުކޮށްފީމެވެ! ނަމަވެސް އަނބިމީހާއާއެކު ބޭއްވި ގުޅުމަކަށް މާފެއް ނުދެވޭނެއެވެ!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

އެދެމީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެކަކީ ތަނަވަސް ފައިސާވެރިއެކެވެ. އަނެކަކީ ވަޒީފާއަދާކޮށްގެން ދިރިއުޅޭ މީހެކެވެ. ބައެއް އަންހެނުންނަކީ ރަނގަޅު ފިރިއެއްގެ އިތުރުން ފައިސާ އާއި ތަނަވަސްކަން ލިބުނު ނަމަވެސް ހިތްފުރޭ ބައެއް ނޫނެވެ. އެހެން ފިރިހެނުންގެ ކިބައިން ލޯބިބޭނުންވާ ބައެކެވެ. އެކަމުގައި ފިރިހެނުންވެސް އިސްތިސްނާއެއް ނުވެއެވެ. ތަނަވސް އަނބިން ލިބި އެމީހުންގެ ތަނަވަސްކަމުގައި ދިރިއުޅެމުން ވެސް އެހެން އަންހެނުން ބޭނުންވުމަކީވެސް ހަމަ ޢާންމު ކަމެކެވެ. 

މިފަހަރު މިކިޔައިދެނީ އަޅުގަނޑުގެ އެކުވެރި ތަނަވަސް ފިރިއަކަށް ކަންކަން ދިމާވިގޮތުގެ ވާހަކައެވެ. އޭނާގެ އަނބިމީހާ ފިރިމީހާގެ އެކުވެރިޔާ ދެކެ ލޯބިވީ ވަކިވަރަކަށް ނޫނެވެ. އެކުވެރިޔާ އޭނާދެކެ ލޯބި ނުވިނަމަވެސް ބޭނުންވަރަކަށް ފަސޭހައިން ފައިސާލިބޭތީ ދެމީހުންގެ މެދުގައި އައީ ސިއްރުން ގުޅުން ބާއްވަމުންނެވެ. 

ދުވަސްކޮޅެއްފަހުން ދެމީހުން ރޭވީ ފިރިމީހާ ދުނިޔެއިން ދުއްވާލުމަށެވެ. އެންމެ ފަސޭހަ ގޮތެއް ކަމަށް ބަލައި ކާރު ދުއްވާލުމުން ސްޕީޑް މެކުހަށް އަރައި ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވާނެ ގޮތަށް ކަންކަން ކުރިއެވެ. 

އަނެއް ދުވަހު ކާރު އެކްސިޑެންޓްވެ ދުއްވަން އިން މީހާއަކީ ކާކުކަން ނުއެނގޭވަރަށް ޒަޚަމްވެ މަރުވެއްޖެއެވެ. އެކްސިޑެންޓްވުމުގެ ޚަބަރު ލިބުމާއިއެކު އެދެމީހުން ދިއައީ އުފަލުން ފޮޅިގެންނެވެ. ޖަނާޒާގެ ކަންތައްތައް ނުވެސް ނިމެނީސް ދެމީހުންގެ ލޯބީގެ ކުޅިގަނޑު ފަށައިފިއެވެ. 

އެއިގެ 3 މަސްފަހެވެ. ދެމީހުން ކައިވެނިވެސްކޮށްގެން އުފަލުގައި ދިރިއުޅެމުންދަނިކޮށް މަރުވިކަމަށް ނިންމައިގެން ހުރި ފިރިމީހާ ގެއަށް އަތުވެއްޖެއެވެ. އޭނާއާއިއެކު ފުލުހުންވެސް އައެވެ. އަދި ދެމީހުން އެކުގައި ހައްޔަރުކޮށްފިއެވެ. 

ޙަޤީޤަތަކީ އެވަގުތު ކާރުދުއްވަން އިނީ އޭނާ ނޫންކަމެވެ. ޒަޚަމްވެފައި އޮތް ބޮޑުކަމުން ފާހަގަ ނުކުރެވުނީއެވެ. އެއިރު އޭނާ އިނީ އޮފީހުގައެވެ. އެކްސިޑެންޓްގެ ޚަބަރު ލިބުމުން ފިލީއެވެ. ފިލައި ހުރީ އޮފީހުގައެވެ. އެކަން އެނގެނީ އޭނާގެ ވަރަށް ޚާއްޞަ މަދު މުވައްޒިފުން ކޮޅަކަށެވެ. އެގޮތަށް އެކަންތައްކޮށް ފިލައިހުރީ އެކަން ހިނގި ގޮތުގެ ޙަޤީޤަތް އޮޅުންފިލުވުމަށެވެ. 

ހައްޔަރުކުރި ވަގުތު އެކުވެރިޔާއަށް ބުނެވުނެވެ. "ކިތައް ފަހަރު އަހަރެން ކަލޭގެ ފުރާނަ ސަލާމަތްކޮށްދިނިން ހެއްޔެވެ؟ ލިބެން އުޅުނު މާލީ ކިތައް ގެއްލުމުން ސަލާމަތްކޮށްދިނިން ހެއްޔެވެ؟ އެކަމަކުވެސް އެއްވެސް ރަޙުމެއްނެތި އަހަރެން ޖަލަށް ފޮނުވާލަނީހެއްޔެވެ؟" 

ޖަވާބުގައި އޭނާ ބުންޏެވެ. "އަހަރެންނަށް ކަލޭ ވަރަށް ގިނަ ކަންތައްތައް ކޮށްދިނެވެ. ހަމައެއާއިއެކު ފުރަތަ ދުވަހުން ފެށިގެންހެން ކަލޭ އައީ އަހަރެންގެ އަނބިމީހާގެ ބޭނުންކުރަމުންނެވެ. އެކަން އެނގޭއިރުވެސް ކެތްތެރިވީ ކަލޭމެން 2 މީހުންނަށް ވިސްނި  އިޞްލާޙްވޭތޯއެވެ. ނަމަވެސް އިޞްލާޙްވުމުގެ ބަދަލުގައި ކަލޭމެންނަށް އެންމެފަހުން ތިއަ ކުރެވުނީ ކޮންފަދަ ނުބައި ކަމެއްކަމާއިމެދު ވިސްނައިލާށެވެ! އެތައް ނުރައްކަލަކުން އަހަރެން ސަލާމަތްކޮށްދިން އެކުވެރިޔާ އެންމެފަހުން ތިއަ ބަދަލުވީ އަހަރެންގެ ޤާތިލަކަށް ނޫންހެއްޔެވެ؟ އޯކޭ! އެހުރިހާ ކަންކަމަށްވެސް ޝަރީޢަތުގައި މާފުކުރާނަމެވެ. ނަމަވެސް މާފުނުކުރާނެ އެއްކަންތައް އެބައޮތެވެ! އެއީ އަހަރެން ވަރަށް ވަރަށް ލޯބިން ކައިވެނިކުރި އަނބިމީހާ އާއި ކަލޭ ބޭއްވި ގުޅުމެވެ. ޒަޚަމްތަކުގަލާ ފާރު ފިލުވައިލެވިދާނެއެވެ! ނަމަވެސް ހިތުގަލާ ފާރުފިލުވައެއް ނުލެވޭނެއެވެ!" 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާމިކުރަނީ ކިތަންމެ ތަނަވަސް ނަމަވެސް ބައިވެރިޔާގެ ހިތުގެ ލޯތްބަށް ބޭނުންވާ މިންވަރު ހާމަކުރާށެވެ. އަނބިމީހާގެ ގައިގާ، އެއީ ކިތަންމެ ގާތް މީހަކު ނަމަވެސް ހިލޭ ފިރިހެނަކު ބީހެން ބޭނުންނުވާވަރު ހާމަކުރުމަށެވެ. 

މިލިއަނަރުގެ އެކުވެރިޔާ ބޭނުންވިހައި ކަމެއް ކޮށްދެމުން ދަނިކޮށްވެސް އޭނާގެ އަނބިމީހާ އާއިއެކު ގުޅުން އުފައްދައި ކަންކަންކުރީ އެވަރުންވެސް ހިތްނުފުރޭތީ އަންހެން މީހާގެ އަތުންވެސް ބޭނުންވާތީއެވެ. އަނބިމީހާ އޭނާ އާއިއެކު ގުޅުން ހިންގީ ތަނަވަސްކަމާ ލޯތްބާ އަޅާލުން ދިނުމުންވެސް ހިތްނުފުރިގެންނެވެ. 

މިވާހަކަ ކިތަންމެ ކުރު ނަމަވެސް އަންގައި މިދެނީ މިއަދުގެ ޙާލަތެވެ. ކަންކަން ހިނގަމުންދާ ގޮތެވެ. މިހާލަތުގަ ވިސްނުން ހުރީމަ ކަންކަން އިޞްލާޙްވެ އުފާވެރި ދިރިއުޅުމެއް ލިބޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

- ރަމީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް