އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ވީއްލަން ޔަހޫދީންގެ ކަދުރުކައި މުސްލިމުންގެ ލޭނުބޯން މަސައްކަތްކުރާށެވެ!

ރޯދަ ވީއްލަން ޔަހޫދީންގެ ކަދުރުކައި މުސްލިމުންގެ ލޭނުބޯން މަސައްކަތްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

2010 ވަނަ އަހަރަށް ބަލައިފިނަމަ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފޭރިގެންފައިވާ މުސްލިމުންގެ ބިންތަކުގައި ހައްދާ ކަދުރު ވިއްކަނީ އެންމެ 3 ކުންފުނިންނެވެ. ނަމަވެސް މިއަދު ޔަހޫދީންގެ ކަދުރު ވިއްކައިދޭ 30 އަށްވުރެ ގިނަ ކުންފުނި ދުނިޔޭގެ ކަންކޮޅުތަކުގައި އެބަހުއްޓެވެ. 

ވީމާ މުސްލިމުން ކަދުރު ގަންނައިރު ބަލަންވީ ހަމައެކަނި އެކަދުރު މާކެޓްކުރާ ކުންފުންޏަކަށް ނޫނެވެ. އެކަދުރަކީ ކޮން ޤައުމެއްގައި އުފައްދާފައިވާ ކަދުރުތޯއެވެ. ނޫންނަމަ ރޯދަ ވީއްލަން އެބޮވެނީ މުސްލިމުންގެ ލެޔެވެ. 

ކުރެވިދާނެ ކަމަކީ ގަންނަ ކަދުރު އުފައްދާފައިވާ ޤައުމު ބަޔާންކޮށްފައި ނުވާ ކަދުރު ނުގަތުމެވެ. ފޭރިގެންފައިވާ ބިންތަކުގައި ހައްދާ ކަދުރު ވިއްކައިގެން ކޮންމެ އަހަރަކު 284 މިލިއަން އެމެރިކާ ޑޮލަރު ޔަހޫދީން ހޯދައެވެ. 

އެމެރިކާގެ ބައެއް ކުންފުނިތަކުން ޔަހޫދީންގެ ކަދުރު އެތެރެކޮށް އެއީ އެމީހުންގެ އަމިއްލަ އުފެއްދުން ކަމަށް ހަދައިގެންވެސް މާކެޓްކުރެއެވެ. ވީމާ މިއީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންވެސް ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއްކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް