އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މާލެއިން 3 އަންހެނުންނާ އެކުއެކުގަ ކައިވެނިކޮށް ދަރިން ލިބުނު އިރުވެސް އިތުރު އަންތބަކު އިންނަކަން ސިއްރުކޮށްގެން އުޅުނު މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: މާލެއިން 3 އަންހެނުންނާ އެކުއެކުގަ ކައިވެނިކޮށް ދަރިން ލިބުނު އިރުވެސް އިތުރު އަންތބަކު އިންނަކަން ސިއްރުކޮށްގެން އުޅުނު މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު

މިކިޔައިދެނީ މީގެ އަހަރުތަކެއް ކުރީގެ ވާހަކައެކެވެ. އެއް އަންތބަށްވުރެ ގިނަ އަނބިންނާ ކައިވެނިކުރާއިރު ދޮށީ އަނބިމީހާއަށް އަންގާލަންވެސް ނުޖެހި ފަސޭހަކަމާއިއެކު ކައިވެނިކުރެވެން އޮތް ޒަމާނުގެ ވާހަކައެކެވެ.  

އަޅުގަނޑުގެ ކައިވެންޏަށް އެއިރު 8 އަހަރެވެ. ލިބިފައިވަނީ އެންމެ ދަރިފުޅެކެވެ. އެއިރު މާލޭގައި ވަރަށް ބާރަށް ފެތުރުނު ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ޖެހިގެން ދަރިފުޅު ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. އެޑްމިޓްކުރީ ހެނދުނުގެ ވަގުތެއްގައެވެ. ފިރިމީހާ ހޮސްޕިޓަލަށް އައީ އޮފީސް ނިމިގެން ހަވީރުއެވެ.  

ރޯގާ ޖެހިގެން ތިބި ހުރިހާ ކުދިން ބައިތިއްބާފައި ތިބީ އެއްވޯޑެއްގައެވެ. އެއިރު ސަރުކާރުގެ ހޮސްޕިޓަލް، ސެންޓްރަލް ހޮސްޕިޓަލްގެ ނަމުގައި ހިންގަނީ މިހާރު އޭޑީކޭ ހޮސްޕިޓަލް ހިންގާ އިމާރާތުގައެވެ. ހުރިހާ ކުދިން ބައިތިއްބާފައި ތިބީ މިހާރުގެ ތެލެސީމިޔާ ސެންޓަރު ހުރި ތަނުގައި ހަދާފައިހުރި ވަގުތީ ތަނެއްގައެވެ.  

ފިރިމީހާ ވޯޑަށް ވަންތަނުން ދޮރުކައިރީގައި ހުރި އެނދެއްގައި އޮތް ކުއްޖަކު ބައްޕާއޭ ގޮވާލައިފިއެވެ. އެކުއްޖާގެ ގާތަށް ގޮސް އިރުކޮޅަކު ހުރެފައި ކުރިއަށް ހިނގައިގަތްތަނުން އެހެން ކުއްޖަކު ބައްޕާއެވެ. ގޮވާލައިފިއެވެ. އެކުއްޖާ ގާތަށް ގޮސް ވަގުތުކޮޅެއް ހޭދަކުރިތަނާ އަޅުގަނޑުގެ ދަރިފުޅަށް ބައްޕަފެނިގެން ބައްޕާއޭ ގޮވަންފެށީމާ އަޅުގަނޑުގެދަރިފުޅުގެ ގާތަށް އަތުވެއްޖެއެވެ.  

އެއިރު މީހާގެ ނިތްކުރިން ހުރީ އޮއްދައު ހިއްލައިފައެވެ. ކުޑައިރުކޮޅަކު އަޅުގަނޑުގެ ދަރިފުޅުގެ ގާތުގައި ހުރުމަށްފަހު ބޭރަށް ނުކުމެލާފައި އެބަ އަންނަން ކަމަށް ބުނެފައި ދިއަ ގޮތަށް 3 ދުވަސްވެގެން 3 ކުދިންވެސް ދޫކޮށްލިއިރުވެސް ފިރިމާ އެތަނަކަށް ނާދެއެވެ.  

އެރޭ 3 އަންހެނުން ބައްދަލުކޮށް ދެއްކި ވާހަކައިން އެނގުނީ އޭނާ 3 މީހުންނާއިވެސް ކައިވެނިކޮށްގެން އުޅޭކަމެވެ. ނަމަވެސް އިތުރު އަންތބެއް ހުންނަ ކަމަކަށް އެއްވެސް އަންތބެއްގެ ގާތަކު ބުނެފައެއް ނެތެވެ. ނިދަން ނުދެވޭ ރޭތަކުގައި ބުނަނީ މަންމަ ބަލިކަމުން މަންމަ ޣޭގައި ނިދަންޖެހެނީ ކަމަށެވެ. އަދި އެ ދެ އަނބިން ބައިތިއްބާފައި ތިބެނީ މީސްމީހުންގެ ގޭގޭގައެވެ. އުޅެނީ ނޯކިރީކޮށްދީގެން ކޮށްގެންނެވެ. ފިރިމީހާ ބުނަމުން ދިއައީ އޭނާގެ މަންމަގެ ގޭގައި ކޮޓަރިއެއް ރާނަނީ ކަމަށާއި ނިމުނީމާ ގެއަށް ގެންދާނެ ކަމަށެވެ.  

އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. ޢާއިލީ ގޯއްޗެއް ގެއެއް މާލެއަކު ނުހުންނާނެއެވެ. ދިރިއުޅެނީ އަޅުގަނޑުގެ ގޭގައެވެ. އެދެއަންހެނުންނަކީ ރާއްޖެތެރެއަށް ނިޞްބަތްވާ ބައަކަށްވުމުން މާލޭގައި އެކުވެރިން ނެތުމުން އޭނާގެ ޙަޤީޤަތް ނުއެނގުނީއެވެ. އަދި އެޒަމާނުގައި އެބާވަތުގެ ބޮޑެތި މަކަރުހަދާ މީހޫން މަދުކަމުން ވިސްނަންވެސް ނުއެނގުނީއެވެ.  

ކޮންމެއަކަސް 3 އަންހެނުން ހޮސްޕިޓަލުން ނުކުމެގެންދިއައީ އަޅުގަނޑުގެ ގެއަށެވެ. އަޅުގަނޑުމެން 3 އަންހެނުން ނިންމީ ފިރިމީހާ އާއި ވަކަވެ އެހެން ގޮތެއް ހޯދާށެވެ. ގެއަށް ދިއައިރު ގޭގައި ފިރިމީހާ އުޅެއެވެ.  

އެއް އަންހެނަކީ ހުވަދު އަތޮޅަށް ނިޞްބަތްވާ އަންހެނެކެވެ. އޭނާ އަސް ފިރިމީހާ ފެނުމާއެކު ރުޅިގަދަވެ ކަރުގައި ނުހިފީ ވެސް ހަމަކިރިޔާއެވެ. 3 އަންހެނުންވެސް އެދުނީ ވަރިކުރުމަށެވެ. އަޅުގަނޑުވެސް ބުނީ މިހާރުން މިހާރަށް ވަރިކޮށްފައި ގެއިން ނުކުތުމަށެވެ.

މޮޅު ސްޓޯރީތައް ޖައްސަން ވރަށް މަސައްކަތްކުރިއެވެ. ނަމަވެސް ފުރުޞަތެއް ނުދެމެވެ. ކޮއްޕާ ގެއިން ބޭރުކޮށްލީއެވެ. އެހިސާބުން 3 އަންހެނުން ގުޅިގެން ފެށީ ހެދިކާ ހަދާށެވެ. ދަރިން ބޮޑެތި ކުރަމުން އައީ އެކަމުން ލިބު އެއްޗަކުންނެވެ.  

ﷲ ގެ ރަޙްމަތްފުޅުން 3 އަންހެނުންނަށްވެސް ރަނގަޅު ފިރިން ލިބުނެވެ. އަނެއް ދެއަންހެނުނަނާއި ކައިވެނިކުރީ ހަމަ މާލޭގައި ގެދޮރުހުރި ރަނގަޅު ފިރިހެނުންނެވެ. އެހިސާބުން 3 އަންހެނުން ދިރިއުޅޭގެ ވަކިވިނަމަވެސް ކުރަންފެށި މަސައްކަތުގައި ކުރިއަސް ދިއައިމެވެ.  

އެއިގެ 10 ވަރަކަށް އަހަރުފަހެވެ. 3 އަންހެނުން އެކުގައި އެއްރޭ ތިއްބައި މީހަކު އައިސް ސަލާންގޮވާލުމުން ބަލައިލިއިރު ހުރީ ކުރީގެ ފިރިމީހާއެވެ. ހުރީ ވަރަށް ބަލިކަށިވެ ނިކަމެތިވެފައެވެ. ފެނުމުން ހަމްދަރުދީވެސް އުފެދުނެވެ. ނަމަވެސް ދީފައިވާ އަނިޔާގެ ބޮޑުކަމުން ސަލާން ބަލައިގަތުން ނޫން އިތުރު އެއްވެސް ޖަވާބެއް އެކަކުވެސް ނުދިނީމާ ވަރަށް ދެރަވެ ހުރެ ނުކުމެގެން ދިއައީއެވެ.  

އަޅުގަނޑުމެން މިއަދު މިތިބީ މުނިމާމަ ކިޔައިފައެވެ. ނަމަވެސް މުޅި ޙަޔާތުންވެސް އެންމެ ބޮޑަށް ހަނދާންވާ ދުވަހަކީ ނުވަތަ ކަމަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފިނަމަ ބުނެވެން އޮތީ އެދުވަހު ހޮސްޕިޓަލުގައި ދިމާވި ކަންތައް ކަމަށެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަސް އުންމީދުކުރަމެވެ. މާމަމެން ދެރަވަނީ އެފަދަ ޖާހިލު، ހޭލުންތެރިކަމެއް ނެތް ޒަމާނުގައި އަނބިންނަސް ދީއުޅުނު ފަދަ ލަނޑުތައް މިފަދަ ހޭލުންތެރި ޒަމާނުގައިވެސް ދެމުން ގެންދާތީއެވެ. އެފުރުޞަތު ފިރިހެނުންނަށް މިއަދުވެސް އޮތީތީއެވެ.

 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް