އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިބޯޅަ މުބާރާތް ބާއްވާއިރު ދީނުގަ ފައިން ޖެހިއަނުދޭނެކަމަށް ބުނެ ޤަތަރުން އިބިލީހުގެ އެޖެންޓުންގެ އެދުމުގަ ކޮޅުފައިން ޖެހުމުން މުސްލިމުންގެ ހިތްތައް އުފަލުން ދިއްލިއްޖެ!

ފައިބޯޅަ މުބާރާތް ބާއްވާއިރު ދީނުގަ ފައިން ޖެހިއަނުދޭނެކަމަށް ބުނެ ޤަތަރުން އިބިލީހުގެ އެޖެންޓުންގެ އެދުމުގަ ކޮޅުފައިން ޖެހުމުން މުސްލިމުންގެ ހިތްތައް އުފަލުން ދިއްލިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 31 ސިކުންތު

ހުކުރު ޚުޠުބާގަ ނަޞްރު ދެއްވެވުން އެދި ދުޢާކުރަންވީ ޤަތަރު އަމީރު ފަދަ އަމީރުންނަށް ނޫންތޯއެވެ! އިބިލީސް ބޭނުންވާހައި ގޮތަކަށް ޤަުމުގެ ކަންކަން ބަދަލުކޮށް ރައްޔިތުން ކާފަރުކުރަމުން ގެންދާ، އިބިލީހަށް ކުރާކައްކައިދޭ ޖާހިލުން ޖައްބާރު ވެރިންނަކަށް ނޫނެއް ނޫންތޯއެވެ! 

ތިރީގައި އެވާ ރިޕޯޓް ކިޔާލާފައި ހިތްފުރުނެވެ. އެއްކޮޅުން ސައުދިއަރަބިޔާގައި އިސްލާމް ދީނާއި ޚިލާފް ކަންކަން ކުރުން ތަފާތު ނަންނަމުގައި އިތުރުކުރަމުންދަނީއެވެ. ﷲ ޤުރްއާނުގައި ޙަރަމާކުރައްވަވާފައިވާ ކަންކަން ޔޫއޭއީގައި 21 އަހަރުވުމުން ހުއްދަކޮށްފިއެވެ. 

ސައުދުޢަރަބިޔާ އާއި ޔޫއޭއީވެސް އެންމެ ރުޅި އަންނަ ޤަތަރުން އިވިގެން މިދިއައީ ﷲ  ތަޢާލާގެ ދީން ހިމާޔަތްކުރުމުގައި އެ ޤައުމުން ފަހަތަށް ނުޖެހޭނެ ވާހައެވެ! މިއީ ފަހުގެ ތަރީޚުގައި މުސްލިމް ޤައުމަކުން ހާމމަކުރި މިފަދަ އެންމެ ހިތްވަރުގަދަ ބަހެވެ. 

ވޯލްޑް ކަޕަށްޓަކައި އިސްލާމް ދީން ގުރުބާނެއް ނުކުރާނަން:

ގަތަރުމިއަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވި ނަމަވެސް، އެމުބާރާތަށްޓަކައި އިސްލާމް ދީން ކޮންޕްރޮމައިސް (ގުރުބާން) ނުކުރާނެކަމަށް އެގައުމުގެ ކައުންޓަރ ޓެރެރިޒަމް ކޮމިޓީގެ ޗެއަރމަން އަދި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ޑިރެކްޓަރ އަބްދުލްޢަޒީޒް ޢަބްދުﷲ އަލްއަންސާރީ ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕް 2022 ގެ ހެޑް އޮފް ސެކިއުރިޓީ އަލް އަންސާރީ މިފަދައިން ވިދާޅުވީ، އެއް ޖިންސުން ގުޅުންހިންގާ މީހުންގެ (އެލްޖީބީޓީކިއު) ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުންނާއި، މިފަހަރުގެ ވޯލްޑް ކަޕުގައިވެސް އެމީހުންނަށް އެމީހުންގެ ވިސްނުމާއި ޕްރޮޕަގެންޑާ ފެތުރޭނެ ފުރުސަތު ދިނުމާއި ގުޅޭގޮތުން ފީފާގެ ރައީސް ޖިއަާންލުއިޖީ އިންފަންޓީނޯ ދެއްކި ވާހަކަތަކަސް ރައްދުދެއްވަމުންނެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އިންފަންޓީނޯ ބުނީ، ވޯލްޑް ކަޕަށް ގަތަރަށް އަންނަ ހުރިހާ އެންމެނަށްވެސް ގަތަރުން ފުރިހަމަ މަރުހަބާއެއް ކިޔާތަން މުޅި ދުނިޔެއަށްވެސް މިފަހަރު ފެންނާނެ ކަމަށާއި، މިކަމުގައި ވަކި ވިސްނުމެއްގެ ނުވަތަ ވަކި ފިކުރެއްގެ ބަޔަކު އިސްތިސްނާ ނުވާނެ ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން އަލްއަންސާރީ ވިދާޅުވީ، އެލްޖީބީޓީ ފިކުރު ތަމްސީލުކޮށް އެފިކުރު ފަތުރާނީ އެކަންކަން ބަލައިގަންނަ މުޖުތަމައުއެއްގައި ކަމަށާއި، ގަތަރަށް އައިސް ގަތަރުގެ ރައްޔިތުންނަށް ގޮންޖަހާލާ، ގަތަރު ރައްޔިތުންގެ ގަބޫލުކުރުންތަކާއި އުސޫލުތަކާއި ދެކޮޅަށް ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި 28 ދުވަހަށް ދިގު ދެމިގެންދާ މުބާރާތަކަށްޓަކައި ގަތަރުގެ ރައްޔިތުންނާއި އެގައުމުގެ ސަރުކާރުން ދީން ބަދަލު ނުކުރާނެ ކަމަށާއި ގަތަރުގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ދެކޮޅަށް ނޫޅެވޭނެކަމަށްބުނެ އަލްއަންސާރީ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

އަދި ކޮންމެ މީހަކަށްވެސް ގަތަރަށް އައިސް ވޯލްޑް ކަޕުގެ މެޗު ބެލޭނެ ކަމަށާއި، ޓިކެޓު ގަނެގެން މެޗު ބަލަން އަންނަ ކޮންމެ މީހަކަށްވެސް ގަތަރުން މަރުހަބާކިޔާނެ ކަމަށާއި، އެހެންނަމަވެސް، ގައުމުގެ ގާނޫނުތަކާއި ގަވައިދުތަކަށް ގޮންޖަހާލާ، އެ އުސޫލުތަކާއި ހިލާފު އަމިއްލަ ވިސްނުމެއް ނުވަތަ ފިކުރެއް ގަތަރުގައި ޕްރޮމޯޓުކުރުން ހުށްޓުވާނެ ކަމަށްބުނެ އަލްއަންސާރީ ވަނީ އިންޒާރު ދެއްވާފައެވެ.

އަދި އެލްޖީބީޓީކިއު ޕްލަސް ގުރޫޕުތަކުން ރެއިންބޯ ފްލެގްތައް ބޭނުންކޮށްގެން ވޯލްޑް ކަޕުގެ ތެރޭގައި އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމުގައިވެސް ބުނެފައިވެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ، އެ ދިދަތައް ގަތަރުގެ ސަލާމަތީ ބާރުތަކުން ނައްތާލާނެ ކަމަށާއި، އެކަމެއް ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

އަދި މި ފިޔަވަޅުތަކަކީ އެކަމެއް ކުރާ ފަރާތަކާއި ޒާތީގޮތުން މައްސަލައެއް އޮވެގެން އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށާއި، މި ފިޔަވަޅުތަކަކީ ގަތަރުގެ ގާނޫނުތަކާއި ގަވާއިދުތައް ނަގަހަށްޓާ، އެގައުމުގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ އިތުރުން، ވޯލްޑް ކަޕަށް ގަތަރަށް އަންނަ ހުރިހާ ފަރާތެއްގެވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމަށް ގަތަރުގެ ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.

ދުނިޔޭގައި ބާއްޥާ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް، ފީފާ ވޯލްޑް ކަޕުގެ 22 ވަނަ މުބާރާތް ގަތަރުގައި މިފަހަރު ބާއްވާއިރު، މި މުބާރާތް ވާނީ އެއް ގޮތައްވުރެ ގިނަ ގޮތްގޮތުން ތަފާތު މުބާރާތަކަށެވެ.

މިއީ އަރަބި ގައުމެއްގައި ބާއްވާނެ ފުރަތަމަ އަދި އޭޝިއާ ބައްރުގައި ބާއްވާނެ ދެވަނަ ވޯލްޑް ކަޕެވެ. އަދި މިއީ 32 ޓީމާއެކު ވޯލްޑް ކަޕް ކުޅޭނެ ފަހު ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ފީފާ އިންވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން މި މުބާރާތުގައި 48 ޓީމު ކުޅޭގޮތަށް ނިންމާފައެވެ.

މީގެއިތުރުން މިއީ އަހަރުގެ މެދުތެރޭގައި ނޫން ގޮތަކަށް މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރެވެ. މީގެކުރިން މެއި، ޖޫން، ޖުލައި މި ތިންމަހުގެ ތެރޭގައި ވޯލްޑް ކަޕް ކުޅޭއިރު މިފަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ 21 ނޮވެމްބަރުން ފެށިގެން 18 ޑިސެމްބަރުގެ ނިޔަލަށެވެ.

ރިޕޯޓް: ޢައްފާން މުޙައްމަދު /ވީނިޔުސް

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު