އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޤްޞާތެރެއިން އަނިޔާލިބުނު، ހައްޔަރުކުރި ޢަދަދެއް ނޭނގޭ! މުސްލިމް ޤައުމުތަކުގެ ވެރިން އުންމީދުކޮށްތިބީ ޤިޔާމަތް ދުވަހު އެމީހުން ސުވަރުގެވައްދާނީ އެމެރިކާ ކަމަށް!

އަޤްޞާތެރެއިން އަނިޔާލިބުނު، ހައްޔަރުކުރި ޢަދަދެއް ނޭނގޭ! މުސްލިމް ޤައުމުތަކުގެ ވެރިން އުންމީދުކޮށްތިބީ ޤިޔާމަތް ދުވަހު އެމީހުން ސުވަރުގެވައްދާނީ އެމެރިކާ ކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

މަސްޖިދުލްއަޤްޞާގައި ހުކުރުވިލޭރޭ ފަތިސް ވަޤުތު މުސްލިމުން ފަތިސްނަމާދަށް ތިއްބައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވެހިކަލެއްގައި ވަދެގަތީއެވެ. ރަބަރު ވަޒަންތައް ލެއްވި ބަޑިތައް ތަޅައިގަތީއެވެ. މޫނުވަތަށް ޒުވާނުންތައް ވައްޓައި ތަޅައި އަނިޔާކުރަންފެށީއެވެ. 

400 އަށްވުރެ ގިނަ މުސްިމުން ހައްޔަރުކޮށްގެން ގެންދިއަ ކަމަށާއި 160 މުސްލިމުން ޒަޚަމްވިކަމަށް ރިޕޯޓްތައް ބުނެއެވެ. 

ކޮންމެ އަހަރަކުވެސް ރަމަމާންމަހާއި ދިމާކޮށް ހައްދުފަހަނައަޅާފައިވާ ޔަހޫދީންދޭ މިފަދަ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުނ ގެންދާއިރު މުސްލިމް ޤައުމުތަކުގައި ވެރިންނަށް ތިބި މީހުން ދެކެނީ އެހެން ހުވަފެނެކެވެ. އެއީ ޤޢިޔާމަތް ދުވަހު އެމެރިކާ އައިސް އެމީހުން ސުވަރުގެ ވައްދާނެ ތަނެވެ. އެހެންވެ އަޅުވެތިކަމުގައި ތިބެނީއެވެ. 

ފަހުޒަމާނުގައި ކުދިކުދި ދައއްޖާލުންތައް ހާހުން ފައުޅުވާނެކަމަށް އޮތް ބަސްފުޅުގެ ޙަޤީޤަތް މިހާރުވެސް މިދަނީ ފެންނަމުންނެވެ. ދައްޖާލުގެ އިންނާނީ އެއް ލޮލެވެ. މުސްލިމުންގެ ވެިންނަށް ތިބި މީހުންނަށް ﷲ ދެ ލޯ ދެއްވެވި ނަމަވެސް މިމަންޒަރުތައް ނުފެންނަނީ ދެ ލޯ އިންނަމަވެސް އެއްލޮލަށް ނުފެންނާތީއެވެ. 

ރާއްޖޭގައި ކިޔާ ހުކުރު ޚުޠުބާގައި މަކަރަކުން މިފަދަ ވެރިންނަށް ނަޞްރުދެއްވެވުން އެދި ދުޢާކުރުވައެވެ. އެދުޢާއަށް އާމީން ކިޔާނަމަ އެމީހަކު ވާނީ މިފަދަ އަނިޔާވެރި ކަންކަމަށް ތާއީދުކުރާ މީހަކަށެވެ. 

(ދުޢާކުރަން އޮތީ ހިދާޔަތު ދެއްވެވުން އެދިއެވެ. ކުރާހައި ނުބައިކަމެއްކުރަން ނަޞްރުދެއްވެވުން އެދި ދުޢާކުރުމެއް ނެތެވެ. ޝައިޚް އިލްޔާސް ފަދަ ބައެއް ބޭފުޅުން އަމިއްލަފުޅު ޚުޠުބާ ވިދާޅުވާއިރު ންޞްރުދެއްވުމުގެ ބައި ނުގެންނަވާކަން ފާހަގަކުރެވެއެވެ.) 

ގުޅުންހުރި ވީޑިއޯ:

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް