އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭވެސް މުސްލިމުންނަށް އަނިޔާ! މިއީ އަޤްޞާ މައްސަލައިގަ އަނގަބަންދުކޮށް، އަތްއުރާލައިގެން ތިބި ހުރިހާ މުސްލިމްވެރިން ޢުމުރަށް އެހާލަތުގަ ބޭތިއްބެވުން އެދި ދުޢާކުރަންވީ ވަގުތު!

ރޭވެސް މުސްލިމުންނަށް އަނިޔާ! މިއީ އަޤްޞާ މައްސަލައިގަ އަނގަބަންދުކޮށް، އަތްއުރާލައިގެން ތިބި ހުރިހާ މުސްލިމްވެރިން ޢުމުރަށް އެހާލަތުގަ ބޭތިއްބެވުން އެދި ދުޢާކުރަންވީ ވަގުތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

މިއީ ދުއަށް ހުރިހާ މުސްލިމުން އަތްއުފުލަންވީ ވަގުތެވެ. ދުޢާކުރަންވީ ވަގުތެވެ! މުސްލިމުންގެ 3 ވަނަ ޙަރަމްފުޅަށް ނަމާދަށްދާ މުސްލިމުންނަށް އަނިޔާކޮށް އަދި ހައްޔަރުކުރަމުން ގެންދާއިރުވެސް އެމެރިކާއަށް ވިކި އަޅުވެތިވެ އަނގަބަންދުކޮށްގެން ތިބި މުސްލިމް ޤައުމުގެ ވެރިންނާއި ޒިންމާދާރު މަޤާމުތަކުގައި ތިބި މީހުންގެ އަނގަ އެކުގައި ބަންދުކުރައްވަވައިދެއްވެވުން އެދިއެވެ. 

މުސްލިމުން މަގުފުރައްދައި އެމީހުންނަށް ތާއީދުކުރުވައި ވޯޓުހޯދަން ވާހަކަ ދައްކަންވެސް އަނގަ ނުހުޅުވޭނެ ގޮތް ހައްދަވައި ދެއްވެވުން އެދިއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހުކުރުވިލޭރޭ ފަތިސްނަމާދުގެ ވަގުތު މުސްލިމުންގެ 3 ވަނަ ހަރަމްފުޅު، އަލްއަޤްޞާއަށް ވަދެ ފަލަސްޠީނުގެ އެތައް ސަތޭކަބަކު ހައްޔަރުކޮށް އަދި އެތައް ސަތޭކަ ބައަކަށް އަނިޔާކުރުމަށްފަހު ރޭ ފަތިހުވެސް ވަދެގަނެ އަނިޔާކޮށް ފިއެވެ. ބައަކު ހައްޔަރުވެސް ކުރިއެވެ. 

މުސްލިމް އުންމަތުގެ ވެރިން ވެރިކަމާއި ފައިސާއަށް ދަހިވެތިބެ އެމެރިކާއަށް ވިކިގެން ތިބިނަމަވެސް މަސްޖިދުލްއަޤްޞާއަކީ މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު ނޫންކަމަށް ނިކަން ބުނެބަލާށެވެ! މައްކާގެ ޙަރަމްފުޅަށްފަހު މިބިންމަތީގައި ބިނާކުރެވުނު މިސްކިތަކީ އެއީ ނޫންކަމަށް ނިކަން ބުނެބަލާށެވެ! 

ރާއްޖެ ކުޑައެވެ. އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރާނެ ހަތިޔާރާއި ސިފައިންނެއްވެސް ނެތެވެ. ތަނަވަސްކަމެއް ވެސްނެތެވެ. އދ އެވެ އެކިޔާ ކިއްލާގެ ރިޔާސަތު އޮތީ ރާއްޖެއަށެވެ. ރިޔާސަތުގައި އިނދެ ދައްކާ ކޮންމެ ވާހަކައެއް ނިންމާލަމުން މުސްލިމުންނަށް ޖެއްސުންކޮށް އަނިޔާ ނުކުރަން ނުބުނެވެންވީ ކީއްވެގެން ހެއްޔެވެ؟ 

މިފަދަ ޙާލަތުގައި "އައްރަޙްމާން" ސޫރަތް ވިސްނުމަށް ގެނެސްފިނަމަ "އިންސާނީ ޙައްޤުތަކާއި ދީނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ވާހަކަތައް ދައްކަމުން މުސްލިމުންނަށް ޖެއްސުންކޮށް އަނިޔާ ތިއަކުރަނީ ކީއްވެގެންތޯ؟" ސުވާލުނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް