އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލްޖަޒިރާގެ ނޫސްވެރިޔާ ޝީރީންގެ ސަންދޯއް ގެންދިއަ މީހުންގެ ގައަށް ސިންގާތަކެއްފަދައިން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން އަރައިގަންނަ މަންޒަރު ބައްލަވާލައްވާ!

އަލްޖަޒިރާގެ ނޫސްވެރިޔާ ޝީރީންގެ ސަންދޯއް ގެންދިއަ މީހުންގެ ގައަށް ސިންގާތަކެއްފަދައިން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން އަރައިގަންނަ މަންޒަރު ބައްލަވާލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އަލްޖަޒިރާގެ ނޫސްވެރިޔާ ޝީރީންގެ ސަންދޯއް ގެންދިއަ މީހުންގެ ގައަށް ސިންގާތަކެއްފަދައިން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން އަރައިގަންނަ މަންޒަރު ލިޔުމުގައިވާ ވީޑިއޯއިން ބައްލަވާލައްވާށެވެ! 

މިއީ އަލަށް އެސިންގާތައް ކުރާކަމެއް ނޫނެވެ. ކޮންމެ ދުވަހަކުހެން ކަންކަންކުރާ ގޮތެވެ. މިފަދަ އަމަލުތައް ކޮންމެ ދުވަހަކު ތަކުރާރުވާއިރުވެސް އެޅުނު އެއްޗެއް ލޮލަށް އެޅިފައި ތިބި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް މިމަންޒަރުތައް ފެންނަކަމަކަށް ނުވެއެވެ. 

އެމީހުން ތިބީ ޢީސާގެފާނު ފައިބައިވަޑައިގެން ނަޞްރު ހޯއްދަވާނެ ދުވަހަށް ކަންކަން ދޫކޮށްލައިގެން އިބިލީހަށް އުނދޯލިހެއްލައިދޭށެވެ.  

ގުޅުންހުރި ލިޔުން: 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން އަލްޖަޒިރާގެ ނޫސްވެރިޔާ ޝީރީން މަރާލުމުން ދުނިޔޭގެ ގިނަ ޤައުމުތަކާ ޖަމާއަތްތަކުން ކަންބޮޑުވެ،  މިއީ އެމެރިކާއިން ފައިސާ ދީގެން ހިންގުވާ ޖަރީމާތައް ކަމަށްވެސް ބުނަން ފަށައިފިއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކޮންމެ ދުވަހަކުހެން ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަމުންގެންދާއިރު އެކަމަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ކޮންމެ އަހަރަކު 3.8 ބިލިއަން ޑޮލަރު ޔަހޫދީންނަށް ދެއެވެ. މިފައިސާ ހޯދަނީ ޢަރަބިންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފައްދުވައި، ހަނގުރާމަތައް ކުރުވައިގެންނެވެ. ޢަރަބި ޤައުމުތަކަށް ހަތިޔާރު ވިއްކައިގެންނެވެ. 

މިކަމުން އެނގެނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކޮންމެ ދުވަހަކު މުސްލިމުން ޝަހީދުކޮށް، އަދި މުސްލިމުންގެ ގެދޮރު ތަޅާސުންނާފަތިކުރަމުން އެގެންދަނީ ހަމަ މުސްލިމުންގެ ފައިސާއިންކަމެވެ. މުސްލިމް ޤަުމުތަކުގެ ވެރިކަމުގައި ތިބި ޚުދުމުތާރުވެރިން ތިބީ އެމެރިކާއަށް އަޅުވެތިވެ އަނގައާއި އަތް ބަންދުވެފައެވެ. 

ރާއްޖެ އަނގަ ހުޅުވައެވެ. ނަމަވެސް އިޒްރޭލުގެ މުދައު އެތެރެކުރާތީ ރާއްޖޭގެ ސަބަބުންވެސް އިޒްރޭލަށް އެދަނީ އާމްދަނީ އިތުރުވަމުންނެވެ. އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ޗުއްޓީ ހޭދަކޮށްލަން އަންނަ އަމާން މަންޒިލަކަށްވެސް ރާއްޖެވަނީ ވެފައެވެ. 

"އިޒްރޭލް ސިފައިން، އަނިޔާވެރިގޮތެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން ބަޑިޖަހައި މަރާލުމަކީ އިންސާނިއްޔަތުކަމާ ޚިލާފު ޢަމަލެއް. ދުނިޔޭގެ އެންމެހާ ނޫސްވެރިން މިއަނިޔާވެރި ޖަރީމާ ކުށްވެރިކުރަންޖެހޭ." ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ޝީރީންގެ ޖަނާޒާގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް