އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން": އެޑިޔުކޭޝަން މިނިސްޓްރީން ހެދި އެންމެ ބޮޑު ދޮގު!

"އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން": އެޑިޔުކޭޝަން މިނިސްޓްރީން ހެދި އެންމެ ބޮޑު ދޮގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

ޚަބަރުގައިވާ ޓްވީޓަކީ 11 ޖޫން 2019ގައި އެޑިޔުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެކެވެ. އެޓްވީޓްކުރުމާއި ގުޅިގެން މިއަދުނޫހުގައި އެޚަބަރު ވަގުތުން ޝާއިޢުކުރީ އެއީ ރާއްޖޭގެ ތައުލީމީ ޙަޔާތުގައިވެސް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރި އެންމެ އުފާވެރި ޚަބަރުކަމަށްވާތީއެވެ.

ޓްވީޓް މިއަދުނޫހަށް ފެނުނީ އެރޭގެ 10 ޖަހާ އެހާކަންހާއިރުއެވެ. މީޑިއާ އޮފިޝަލް ފޯނު ނުނެންގެވިނަމަވެސް ރަސްމީޓްވިޓަރއިން ޓްވީޓްކޮށްފައި އޮތުމުން ވަގުތުން ޚަބަރުހެދީ ޚަބަރުގެ މުހިންމުކަން ބޮޑުކަމުންނެވެ.

2019 ނިމި، 2020 ނިމި 2021 ނިމި މިހާރު ހިނގަމުން މިދަނީ 2022 ވަނަ އަހަރެވެ. އެނިންމުން ތަންފީޒުކުރަން ފެށުނުތަނެއް އަދިވެސް ނުފެނެއެވެ.

ޓްވީޓަށް ޢަމަލުނުކުރާތީ އެޑިޔުކޭޝަން މިނިސްޓްރީ އާއި އެކިފަހަރުމަތިން އެއިރުވެސް ވަނީ ވާހަކަ ދެކެވިފައެވެ. ސާފުޖަވާބެއް ދެއްވާނެ ކަމަށް އެކިފަހަރުމަތިން ޝަކީބް ވިދާޅުވި ނަމަވެސް ފަހުން ފޯނުވެސް ނުނަންގަވާތީ އެވިދާޅުވި ސާފުޖަވާބު އަދިވެސް ވަނީ ނުލިބިއެވެ.

މިއީ އާދައިގެ ދޮގަކަށްވުރެ މާބޮޑު ދޮގަކަށްވާތީ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައީއެވެ.

ޚަބަރު:

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން ލަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނެފައިވަނީ އެއަށްފަހު ކުދިން ތަފާތު ކުޅިވަރާއި ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ތައްޔާރުވެގެން ސުކޫލަށް އައިސް ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުން ފަތިސް ނަމާދުކުރަން އަހުލުވެރިކުރުވުމަކީ އެކަމުގެ ހެޔޮ ބަދަލު މުޅި މުޖުތަމައުން ފެނިގެންދާނެ ކަމެކެވެ. އެންމެ ހެޔޮ އެއް ބަދަލުގެ ފެނިގެންދާނެ ކަމަށް އުންމީދު ކުރެވޭ ބަދަލަކީ މައިން ބަފައިންވެސް އަވަހަށް ނިދައި ފަތިސް ނަމާދަށް ހޭލަން ފެށުމެވެ.

ދަރިން ސްކޫލަށް ގެންދިއުމަށްފަހު ބެލެނިވެރިން މިސްކިތްތަކަށް އަރާނަމަ ހުރިހާ މިސްކިތްތައް ފުރިގެންދާނެއެވެ. އެފަދަ އުފާވެރި މަންޒަރެއް ފެނިގެން ދިއުމަކީ ގިނަ ބައަކު މިހައިތަނަށް ހުވަފެނުން ވެސް ދެކެފައިވާނެ ކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރުން މިގެންނަ ހެޔޮ ބަދަލު ގެނައުމުގެ ތައުފީޤް ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރަމެވެ. އަދި އެކަމުގެ ފައިދާ މުޅި ދިވެހި މުޖުތަމައުއަށް މިންވަރުފުޅު ކޮށްދެއްވެވުން އެދިވެސް ދުޢާ ކުރަމެވެ. އާމީން!

<blockquote class="twitter-tweet" data-lang="en"><p lang="dv" dir="rtl">އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން. އެއަށްފަހު ކުދިން ތަފާތު ކުޅިވަރު / ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ސުކޫލަށް ތައްޔާރުވެގެން ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި.</p>&mdash; Ministry of Education (@EducationMV) <a href="https://twitter.com/EducationMV/status/1138487321257488387?ref_src=twsrc%5Etfw">June 11, 2019</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް