އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ވިއްކާލެވިފަވާކަމުގެ ހެކި- ސަރުކާރުގެ ޢަމަލުން-!

ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ވިއްކާލެވިފަވާކަމުގެ ހެކި- ސަރުކާރުގެ ޢަމަލުން-!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވިތަނާ ދާދި ގާތުގައި އެއިރު ޖަޕާށނު ސަރުކާރުގެ އެހީގައި ހިންގަމުން އައި މަޝްރޫޢެއް ހިންގަން މަސައްކަތކުރާ މީހުން ތިބެންދިން ބިން، ކައިސެއިކޮށީގައި ބުދެއް ބަހައްޓައިގެން އަޅުކަން ކުރަން ފެށުމުން ފުލުހުން ނޫސްވެރިން ގޮވައިގެން ގޮސް ވަދެ އެބުދު ނަގައި އެތަން ސާފުކުރިއެވެ. 

މިއަދު ނަންބޯޑު ޖަހައިގެން ހުޅުމާލޭގައި ޝިރުކުރުކުގެ ޢަމަލުތައް ހިންގަމުން ގެންދަނީ އެތަނުގައި މަސައްކަތްކުރާ މީހުންގެ އިތުރުން މާލެއިންދާ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތުދީގެންނެވެ. ފައްޅިއެއްގެ ސިފައިގައި ތަނެއް ނުހެދިނަމަވެސް ފައްޅިއެއްގެ ނަންބޯޑުވެސް ޖަހައިގެންނެވެ. ހުއްޓުވަން ސަރުކާރަށް ކުރެވުނު ކަމެއް ނުފެނެއެވެ. 

ވީމާ މިދެ ކަންތަކަށް ބެލުމުން އެކަނިވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިއަދުވަނީ އިންޑިއާއަށް ވިއްކާލެވިފައިކަން އެބައެނގެއެވެ. އެބުދު ނެގި ދުވަސްވަރު ރާއްޖެއަކީ އިންދިއާއިން ބޮޑެތި ލޯނުތައް ނަގައި ވިކިގެން އޮތް ޤައުމެއް ނޫނެވެ. މިއަދު ލޯނުތައްނަގައި ދަރާވިކުމުން ދިވެހިންގެ އެއްދީންވަންތަކަންވެސް މިދަނީ ނައްތައިލެވެމުންނެވެ. 

ކޮންމެ ޤައުމެއްގައިވެސް ފުރަތަމަ ފައްޅިފަދަ ތަންތަން އަޅަނީ މިފަދަ ޙީލަތްތެރިގޮތަކަށެވެ. 

ދެން ބަލައިލަންވީ ހަރުކަށިފިކުރަށެވެ. މިބާވަތުގެ ޝިރުކުގެ ޢަމަލުތައް ކުރަން ފެށުމުން އެކަން ހުއްޓުވަން އެކަމާއި ދެކޮޅަށް މުސްލިމް ލޭ ހިނގާ ޒުވާނުން ނުކުތުމުން އެމީހުން މިހަދަނީ ހަރުކަށިފިކުރުގެ މީހުންނަށެވެ. ހަރުކަށިވެގެންދިއަދިއައިނުން އެހެން ދީންތަކަށް އިޙްތިރާމް ނުކުރާ ބައަކަށެވެ. އެކަން ބަހަނާއަކަށް ދައްކައިގެން މިފަށަނީ ޒުވާނުން އިސްލާމް ދީނާއި ދުރުކުރުމުގެ ކެމްޕޭނުތަކެވެ. 

ސަލްޓަން ޕާކުހުރިތަނުގައާއި ހުޅުމީދީގައި ފައްޅި އަޅަން އުޅޭކަމަށް ތުންތުން މަތިން ދެކެވޭ ވާހަކަތަކާއިމެދު ވިސްނަން ޖެހެނީ މިފަދަ ކަންކަން ލޮލަށް ފެންނަމުންދާތީކަމަށް ގިނަ ބައަކު ދެކެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް