އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނު އަސާސީ ފުނޑުފުނޑުކޮށްލައި އަވަށްޓެރި އިންޑިއާ އާ ފުލުހުންގެ ނުފޫޒުގަ ރައީސް ސާލިހް ހުރިހާ ބާރެއް މުށުތެރެއަށްލައިފި!: ރައީސް ޔާމީން

ޤާނޫނު އަސާސީ ފުނޑުފުނޑުކޮށްލައި އަވަށްޓެރި އިންޑިއާ އާ ފުލުހުންގެ ނުފޫޒުގަ ރައީސް ސާލިހް ހުރިހާ ބާރެއް މުށުތެރެއަށްލައިފި!: ރައީސް ޔާމީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ޤާނޫނު އަސާސީ ފުނޑުފުނޑުކޮށްލައި އަވަށްޓެރި އިންޑިއާ އާ ފުލުހުންގެ ނުފޫޒުގަ ރައީސް ސާލިހް ހުރިހާ ބާރެއް މުށުތެރެއަށްލައްވައިފިކަމަށް އަދި މިއީ ރައްޔިތުން ހޭއަރަންވީ ވަގުތު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. 

ޚަބަރު ވީނިޔުސް: 

ގާނޫނުއަސާސީ ފުޑުފުޑު ކޮށްލައިފި، މިއީ ދިވެހިން ހޭއަރަންވީ ވަގުތު: ރައީސް ޔާމީން

ދިވެހީންގެ ރިވެތި އުސޫލުތަކާއި ޑިމޮކްރެޓިކް އަސާސްތަކުގެ މައްޗަށް ބިނާވެފައި އޮތް ގާނޫނުއަސާސީ މި ސަރުކާރުން ފުޑުފުޑުކޮށްލާފައިވާ އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރައްވި ޓްވީޓެއްގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހީންގ ެރިވެތި އުސޫލުތަކާއި ހަމަތައް އަދި ގާނޫނުއަސާސީވެސް ފުނޑާލަމުންދަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ހުރިހާ ބާރެއް މުށުތެރެއަށް ލުމުގެ ގޮތުން ކަމަށާއި، އެބާރުތައް ލިބެނީ އަވަށްޓެރި އިންޑިއާ އާއި ފުލުހުންގެ ނުފޫޒުން ކަމަށެވެ.

ބެލެވޭ ގޮތުގައި ރައީސް ޔާމީން އިޝާރާތްކުރައްވާފައި އެވަނީ މިފަހަކަށް އައިސް ގައުމުގައި ހިނގަމުންދާ ކަންތައްތަކާއި، ސަރުކާރުން އެކަންތައްތަކާއި ގުޅިގެން އަމަލުކުރަމުންދާ ގޮތަށެވެ. އެގޮތުން، ދާދިފަހުން މީސްމީޑިއާގައި އާންމުވެފައިވާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ލީކުވި މައްސަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެއިތުރުން، ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހެއްކާ ބެހޭ ބިލު ފާސްކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ނިންމުމާއި ގުޅިގެން، އިދިކޮޅުން ވަނީ އެއީ ގާނޫނޫއަސާސީގެ ބާރު ކަނޑާލުން ކަމަށް ބުނެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، މިއީ ރައްޔިތުން ހޭއަރަންވީ ވަގުތު ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް