އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރަށް ޒިޔާރަތްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ބެއިޖިންގގައި ހުންނަ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރު (އެން.އެސް.އެމް.ސީ) އަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެން.އެސް.އެމް.ސީ އަށް ޒިޔާރަތްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އެތަނުގެ ފަރާތުން ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި އެ ސެންޓަރުގެ މުހިންމު މަސައްކަތްތަކާއި، ޚާއްޞަ ކާމިޔާބީތައް ހިމެނޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެސެންޓަރުގެ އިސްވެރިން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު