އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޭއެސްސީގައި ރައީސް ނަޝީދު ބަހައްޓައިގެން ނުވާނެކަން ޑރ. އިޔާޟް ޤުރްއާނުން ދަލީލު ދައްކަވައިފި

ޖޭއެސްސީގައި ރައީސް ނަޝީދު ބަހައްޓައިގެން ނުވާނެކަން ޑރ. އިޔާޟް ޤުރްއާނުން ދަލީލު ދައްކަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

"ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށްވިޔަސް، މައިންބަފައިންގެ މައްޗަށްވިޔަސް، ގާތްތިމާގެ މީހުންގެ މައްޗަށްވިޔަސް ބަސްބުނުމުގައި ޢަދުލުވެރިވާންޖެހޭ. އެފަދަ ކުޅަދާނަކަންނެތް މީހަކު ޖޭއެސްސީ ގައި ބަހައްޓައިގެން ނުވާނެ." 

މިބަސްފުޅާއިއެކު ޑރ. އިޔާޟް ޓްވީޓްކުރައްވާފައިވަނީ ކީރިތި ޤުރްއާނުގެ އައްނިސާ ސޫރަތުގެ 135 ވަނަ އާޔަތެވެ.  

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންޞާފު ޤާއިމު ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ، އައުލާކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލް ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 135) 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް